މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 73 ވަނަ ޞަފްޙާ

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު ރާއްޖެ އަންނާނެ

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު ރާއްޖެ އަންނާނެ

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް އަންނަ ހުކުރު ދުވަހު މާލެ އަންނާނެކަމަށް ދިވެހި ހައްޖު މިޝަންއިން މިއަދު ބުނެފިއެވެ. ދިވެހި ޙައްޖުވެރިން ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަންފަށާއިރު، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ހައްޖު މިޝަނުން ހާމަކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، ފުރަތަމަ ފްލައިޓު މި މަހުގެ 5 […]

ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން ޓީމް ނައިވާދޫއަށް ދޭން ބުނި ފައިސާ ނުލިބޭތީ ކަންބޮޑުވުން

ހދ.އަތޮޅު ކައުންސިލުން ޓީމް ނައިވާދޫއަށް ދޭން ބުނި ފައިސާ ނުލިބޭތީ ކަންބޮޑުވުން

ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ޓީމް ނައިވާދޫ ދަތުރުކުރުމާ ގުޅިގެން، އަތޮޅު ކައުންސިލުން އެ ޓީމަށް ދޭނެ ކަމަށް ބުނި 50،000 (ފަންސާސް ހާސް) ރުފިޔާ މިހާތަނަށް ވެސް ނުލިބޭ މައްސަލައިގައި ޓީމުގެ މެނޭޖްމަންޓުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ. ޓީމް ނައިވާދޫގެ އޮފިޝަލަކު ބުނީ މި ފައިސާ ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަޙީދު (ވައްޑޭ) އާއި ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވަނީ ކުރިން ދެއްވާފައެވެ. […]

އަލީ އާދިލް
ކޮމާންޑް ލެވެލްގެ 14 ދާއިރާއެއް، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި

ކޮމާންޑް ލެވެލްގެ 14 ދާއިރާއެއް، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުއައްސަސާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ބަދަލަކީ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލެކެވެ. އައު އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތ...

ޔުމްނާ ޢަލީ
ރައީސް އާއި ޢާއިލާގެ ދަތުރުފުޅުތަކާއި ގުޅުވައި ފަތުރަނީ ދޮގެއް: އިގްބާލް

ރައީސް އާއި ޢާއިލާގެ ދަތުރުފުޅުތަކާއި ގުޅުވައި ފަތުރަނީ ދޮގެއް: އިގްބާލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ޢާއިލާއިން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އިޤްބާލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅު...

ޔުމްނާ ޢަލީ
އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތައް ދަފްތަރުކުރުން ''ވަންގަވް''އަށް ބަދަލުކުރަނީ

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތައް ދަފްތަރުކުރުން ''ވަންގަވް''އަށް ބަދަލުކުރަނީ

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ ޚިދުމަތް، ސަރުކާރުގެ އެކި ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ “ވަންގަވް” ޕޯޓަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ. އެމްއެފްޑީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު “ދިރިތި” ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާ މި ޚިދުމަތް ވަންގަވް ޕޯޓަލްއަށް ބަދަލުކުރާނީ 7 ޖޫން 2026 އިން ފެށިގެންނެވެ. މި ބަދަލު ގެނައުމަށްޓަކައި، 3 ޖޫން 2026 ވާ...

ޔުމްނާ ޢަލީ
''މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެކަމުގެ އުންމީދެއް''

''މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެކަމުގެ އުންމީދެއް''

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކުން އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ދޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ”ބޭންކް އޮފް […]

ޔުމްނާ ޢަލީ
މަގާމާ ހަވާލުވެވަޑައިގަތީއްސުރެ އަމިއްލަ ކަމެއްގައި ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނުވާނެ: ރައީސް

މަގާމާ ހަވާލުވެވަޑައިގަތީއްސުރެ އަމިއްލަ ކަމެއްގައި ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނުވާނެ: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ މިހާތަނަށް ކުރެއްވި އެއްވެސް އަމިއްލަފުޅު ދަތުރުފުޅަކަށް ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ހަރަދު ކުރައްވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނަމަވެސް، އެމަނިކުފާނު އެ ހުއްދައިގެ ބޭނުން ނުކުރައްވާ ކަމަށެވެ. ރައީސް އިތުރަށް ފާހ...

ޔުމްނާ ޢަލީ
ކުޅިވަރުގެ މައިދާންތަކުގައި ނަމާދު ކުރެވޭނެ ގޮތް ހަދައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަނީ

ކުޅިވަރުގެ މައިދާންތަކުގައި ނަމާދު ކުރެވޭނެ ގޮތް ހަދައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަނީ

ކުޅިވަރު ކުޅޭ މައިދާންތަކާއި މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން އިޢުލާން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި މުޖުތަމަޢެއް ކަމަށެވެ. އެހެންކަމުން، ހުރިހާ މާނައެއްގައި އިސްލާމީ އަސާސްތަކުގ...

ޔުމްނާ ޢަލީ
ރާއްޖޭގައި 16 އަހަރުންދަށުގެ ކުދިންނަށް މީސް މީޑިއާގެ އެޕްތަކެއް މަނާކުރަނީ

ރާއްޖޭގައި 16 އަހަރުންދަށުގެ ކުދިންނަށް މީސް މީޑިއާގެ އެޕްތަކެއް މަނާކުރަނީ

ދިވެހިރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާގެ ބައެއް އެޕްތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއީ ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށްޓަކައި އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ނިންމެވުމަކީ އެންމެ ގިނަވެ...

ޔުމްނާ ޢަލީ
ރާއްޖޭގައި 'ނެނޯ ނީޑަލް' ބޭނުންކޮށްގެން ހުޅުތަކުގެ ސާޖަރީތައް ފަށައިފި

ރާއްޖޭގައި 'ނެނޯ ނީޑަލް' ބޭނުންކޮށްގެން ހުޅުތަކުގެ ސާޖަރީތައް ފަށައިފި

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އައި އައު އިންގިލާބީ ބަދަލަކާއެކު، މުޅިން އަލަށް “ނެނޯ ނީޑަލް” ބޭނުންކޮށްގެން ހުޅުތަކުގެ އާތްރޮސްކޮޕިކް ސާޖަރީތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފިއެވެ. މި އައު ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ އޮޕަރޭޝަންތަކުގައި ބޭނުންކުރަނީ އާދައިގެ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި ބޭނުން ގޮތަކަށް ލަނބާލެވޭ ކެމެރާއެކެވެ. މީގެ ސަބަބުން ހުޅުގެ އެތެރެ ބަލާލުމަށްޓަކައި ހަށިގަނޑުން ފަޅާލަންޖެހެނީ ވަރަށް ކުޑަ މިންވަރެކެވެ....

ޔުމްނާ ޢަލީ
ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއްވެ، ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އެ ލޯންޗަކީ ދެ ފަޅުވެރިންނާއެކު ދަތުރުކުރި ލޯންޗެއް ކަމަށެވެ. ”ޓުއަރ ގާޑް” ނަމަކަށް މި ލޯންޗް އެކްސިޑެންޓްވެގެން ސިފައިން އެހީތެރިވަމުން އަންނައިރު ލޯންޗްގައި ތިބި ދެ ފަޅުވެރިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެމީހުން އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުންދާކަމަށް ވެސް ބުންޏެވެ. މި އެކްސިޑެންޓާއިގުޅޭ އިތުރު މައުލޫމާތު އެމްއެމްއެންޑީއެފުން އަދި ނު...

ޔުމްނާ ޢަލީ
އެންސްޕާގެ ''މެޑިކަލް ވެލްފެއަރ ސްކީމް'' އާސަންދައިގެ ދަށަށް

އެންސްޕާގެ ''މެޑިކަލް ވެލްފެއަރ ސްކީމް'' އާސަންދައިގެ ދަށަށް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަށުން މިހާރު ހިންގަމުންދާ “މެޑިކަލް ވެލްފެއަރ ސްކީމް” އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބަދަލަށް އަމަލުކުރަން ފަށާނީ 1 ޖޫން 2026 އިން ފެށިގެންނެވެ. މި ބަދަލާއެކު، މީގެ ކުރިން އެންސްޕާ މެދުވެރިކޮށް ދެމުން އައި ގިނަ ހިދުމަތްތަކެއް ދެން ބަލަހައްޓާނީ އާސަންދަ ކުންފުނިންނެވެ. އޭގެ ތެރޭގައި ގޯޝަން ބަލި ތަހައްމަލުކުރާ ފަރާތްތަކަށާއި [...

ޔުމްނާ ޢަލީ
ސިނގިރޭޓު ޑިއުޓީ %50 ކުޑަކުރަން މަޝްވަރާތައް ފަށަނީ

ސިނގިރޭޓު ޑިއުޓީ %50 ކުޑަކުރަން މަޝްވަރާތައް ފަށަނީ

ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗުއޯ) އިން ދީފައިވާ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް، ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރަން ނިންމާފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސ...

ޔުމްނާ ޢަލީ
އަލުން ވިސްނުމަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށް 

އަލުން ވިސްނުމަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށް 

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ. މި ބިލަކީ 14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެ...

ޔުމްނާ ޢަލީ
ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ގައުމީ ކެމްޕެއިނެއް އިއުލާންކޮށްފި

ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ގައުމީ ކެމްޕެއިނެއް އިއުލާންކޮށްފި

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ފަސް އަހަރު ދުވަހުގެ ޚާއްޞަ ޤައުމީ ކެމްޕެއިނެއް މިއަދު ޢިއުލާންކޮށްފިއެވެ. މި ކެމްޕޭން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސިއްހަތާ ބެހޭ ވަޒީރު ގީލާ ޢަލީއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ގީލާ ވިދާޅުވީ، މި ކެމްޕޭނަކީ ވަކި އުމުރަކުން ދަށުގެ މީހުންނަށް ދުންފަތުގެ އިސްތިޢުމާލުކުރު...

ޔުމްނާ ޢަލީ