މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 715 ވަނަ ޞަފްޙާ

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުގެނައުމަށް، މަސްދަރު ހާމަކުރަން ނުޖެހޭގޮތަށް އިސްލާހު ގެންނަނީ

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުގެނައުމަށް، މަސްދަރު ހާމަކުރަން ނުޖެހޭގޮތަށް އިސްލާހު ގެންނަނީ

ހެއްކާއިބެހޭ ގާނޫނުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަބޫރުވާގޮތަށް އޮތުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ގާނޫނު އިސްލާހުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ބްރޮޑްކާސްޓް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ހަފްލާގައި ވާހަކަފުޅު ދައްކަވަމުން 2008 ވަނަ އަހަރު ރިޔާސީ ނިޒާމެއް އައުމުގެ ކުރީގައި ނޫސްވެރިކަމަށް އެތައް...

ޝިއުނާ އާދަމް
ބްރޯޑްކާސްޓިންގ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސަމަރު ބްލޫ އިބްރާހިމް މަނިކާއި ޒާހިދާ އަށް

ބްރޯޑްކާސްޓިންގ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސަމަރު ބްލޫ އިބްރާހިމް މަނިކާއި ޒާހިދާ އަށް

ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހީމް މަނިކާއި ކުރީގެ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު މަރުހޫމާ ޒާހިދާ އިބްރާހިމް (ޒާހިދައްތަ) އަށް ބްރޯޑްކާސްޓިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދީފި އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑްގައި، މި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޒާހިދާ މީގެެ ދުވަސްތަކެއް ކުރިން ނިޔާވުމާ ގުޅިގެން ޒާހިދާގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ ދަރިކަނބަލެކެވެ. ސަމަރު ބުލޫ...

ޝިއުނާ އާދަމް
އުދައްޔުގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

އުދައްޔުގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

މިދިޔަ އަހަރު ގއ. މާމެންދޫގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. މި މައްސަލާގައި ޖުމްލަ ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިހާތަނަށް ކުށް ސާބިތުވެފައި ވަނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށެވެ. އެ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި […]

ޝިއުނާ އާދަމް
ކުޑަކުދިން މަސްތުވާތަކެތިން ސަލާމަތް ކުރުމަކީ އޮތް އެންމެ ބޮޑު އެއް ޒިންމާ: ރައީސް

ކުޑަކުދިން މަސްތުވާތަކެތިން ސަލާމަތް ކުރުމަކީ އޮތް އެންމެ ބޮޑު އެއް ޒިންމާ: ރައީސް

ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިސިމްޕޯޒިއަމް ކުރިއަށްދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިސިމްޕޯޒިއަމް މިބޭއްވީ އެކަމަށ...

ޔުމްނާ ޢަލީ
މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން ޢިއުލާންކޮށްފި

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން ޢިއުލާންކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ހުސްވެފައިވާ ސާޖެންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސްގެ ސާޖެންޓް އެޓް އާމްސްގެ މަޤާމް ހުސްވީ، އެ މަޤާމްގައި ކުރިން ހުންނެވި މުހައްމަދު ހަލީމް، 24 އޯގަސްޓް 2022 ގައި މަޤާމުން ވަކިކުރުމުންނެވެ. އޭނާ އެ މަޤާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ މަޤާމުން ވަކިކުރީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ. މަޖިލިސް އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް […]

ޔުމްނާ ޢަލީ
މިންތީގެ ހަމަހަމަކަމުގައި ވެސް ދިވެހި އަސްކަރިއްޔާ އަކީ ނަމޫނާ މުއައްސަސާއެއް: ރައީސް

މިންތީގެ ހަމަހަމަކަމުގައި ވެސް ދިވެހި އަސްކަރިއްޔާ އަކީ ނަމޫނާ މުއައްސަސާއެއް: ރައީސް

މިންތީ ހަމަހަމަކަމުގައިވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ތެރެއަށް ފުރަތަމަ ފަހަރަށް އަންހެނުން ވެއްދީ 198...

މުޙައްމަދު ވަސީމް
ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީ ކޮށި ވިސްނުމެއް: މާރިޔާ

ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީ ކޮށި ވިސްނުމެއް: މާރިޔާ

ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީކޮށި ވިސްނުމެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މިއަދު ދިވެހި ސިފައިންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ، ރައްޔިތުންގެ އިޙުތިރާމް ލިބިފައިވާ، ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންނަށް ޖަވާބުދާރީ...

ޔުމްނާ ޢަލީ
އާސަންދަ ކުންފުނިން، ފަސް ހޮސްޕިޓަލަކަށް ޓީވީ ހަދިޔާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

އާސަންދަ ކުންފުނިން، ފަސް ހޮސްޕިޓަލަކަށް ޓީވީ ހަދިޔާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

އާސަންދަ ކުންފުނީގެ ފަރާތުން ރީޖަނަލް އަދި އަތޮޅު ހޮސްޕިޓާތަކަށް ޓީވީ ހަދިޔާކުރުމުގެ ފުރަތަމަ ބުރުގެ ދަށުން ޓީވީ ހަދިޔާކުރަން ނިންމާފައިވާ ހޮސްޕިޓާ ތަކާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއީ، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދަން، ހޮސްޕިޓާ/ކްލިނިކްތަކަށް ދާ ރައްޔިތުންނަށް ޚާއްސަކޮށްގެން، ފާއިތުވީ އަހަރުގެ ޑިސެމްބަރު މަހު އާސަންދަ ކުންފުނިން ފެއްޓި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމް، ‘ވިލުން’ ގެ ދަށުން ކުރިއަށް ގެންދާ ކަމެއްކަމުގައި އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އޮންލައިންކޮށް ކުރިއ...

ޔުމްނާ ޢަލީ
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކާށިދޫގައި، މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކާށިދޫގައި، މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމުގައި އަދި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ދުވަސްތައް މިއަހަރު ރަސްމީކޮށް ފާހަގަ ކުރާނެ ރަށްތައް ހަމަޖެއްސެވީ  ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި...

ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާ: ރައީސް

ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާ: ރައީސް

ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމުގައި ވިދާޅުވެ، އެ މިނިވަންކ...

އަލީ އާދިލް
ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުމުން 17،000 ގެ ޖޫރިމަނާއެއް

ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުމުން 17،000 ގެ ޖޫރިމަނާއެއް

ރެޑްވޭވް ފިހާރައިން ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުނު މީހަކު 17،000ރ. އިން ޖޫރިމަނާކުރަން ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގަލޮޅު ދަނޑު ކައިރީގައި ހުންނަ ރެޑްވޭވުން ދެ ސެންޓު ފުޅި ވަގަށް ނަގައިގެން ޖިންސާއި އުނަގަނޑާ ދޭތެރެއަށް ޖަހައިގެން ދާން އުޅެނިކޮށް އަތުލައިގަތީ ސ. ހުޅުދޫ ދަނބުގަސްދޮށުގޭ އަބްދުﷲ ސަފީރެވެ. އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގަން އުޅުމުގެ ދައުވާއަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް […]

ހުސައިން ހަބީބް
ޒަކަތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނީ ތަސައްވުރުގެ ފޮތެއް ނެރެފި

ޒަކަތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނީ ތަސައްވުރުގެ ފޮތެއް ނެރެފި

ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރުތަކުގެ މައްޗަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ފޮތް ނެރެފި އެވެ. އިލްމު އިންސްޓިޓިއުޝަންގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓަ ޖެެނެރަލް ހަސަން ޒިޔަތެވެ. ޑރ. ޝަހީމްގެ މި ފޮތުގައި، މުދަލު ޒަކާތުގެ ބެހެނިވެރިންނާ ގުޅޭ ގޮތުން ފިޤުހީ މަޝްހޫރު ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔުތަކާއި، ދިވެހި ރާއްޖޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި […]

އަލީ އާދިލް
ބޯހިމެނުމަށް އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންފި

ބޯހިމެނުމަށް އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންފި

މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމަށް މާލޭގައި ގާއިމުކޮށްފައިވާ މައި މަރުކަޒު، ދަރުބާރުގެއަށް މިއަދު ހެނދުނު ރައީސްވަނީ ވަޑައިގެންފައެވެ. އެތަނަށް ވަޑައިގެން އެކަމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވަނީ، ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަ...

ޔުމްނާ ޢަލީ
''އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބުމަކީ އެންމެ ބުއްދިވެރި ގޮތް''

''އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބުމަކީ އެންމެ ބުއްދިވެރި ގޮތް''

އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އަތޮޅުފިހާރަތައް ތަރައްޤީ ކުރުމުގެ ވާހަކަ އެ ކޮންފަރެންސްގައި ދެކެވިފައިވާ ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގެ ނޯތު ހާބަރ، ގުޅީފަޅަށް ބަދަލުކުރާއ...

އަލީ އާދިލް
ދަފްތަރު އެކުލަވާލެވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނަން: ރައީސް

ދަފްތަރު އެކުލަވާލެވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނަން: ރައީސް

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާއެކަމަށާއި، އެ މަސައްކަތް ނިމުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމާއި، އާސަންދައާއި، އެންސްޕާއާއި، ނުކުޅެދުންތެރިކަން ހުރި ފަރާތ...

ޔުމްނާ ޢަލީ