މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް އެހެން ޕާޓީތަކަށް ދާތީ އެހެން ނުހެދުމަށް އެދިއްޖެ އެވެ. އެމްއާރްއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ބައިވެރިވުމަށް އެ ޕާޓީގެ ބައެއް މެމްބަރުން ކެނޑުމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އެ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އެ ޕާޓީން ބުނީ އިތުރު މެންބަރުން އެ ޕާޓީއަށް ގުޅުމަށް އަބަދު ވެސް މަރުހަބާ […]
މުޙައްމަދު އަފްރާޙް
ގދ. ގައްދޫ ގައި ޓާރޯ ލީފް ބްލައިޓަށް ރެސިޓެންޓް އަލައިގެ މުޑުވައް ކުރަން ފަށައިފިއެވެ. އެރަށުގެ ދަނޑުވެރިންނާއި އެކު އެ މަސައްކަތް ފައްޓަވައި ދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އެވެ. މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ތިލަދުން އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، އަލަ ހައްދާ ރަށްރަށުގެ އަލަ ދަނޑުތަކަށް ޓާރޯ ލީފް ބްލައިޓް ނަމަކަށް ކިޔާ ބައްޔެއް ޖެހެމުން އަންނާތީ އެކަމުގެ ޝަކުވާ […]
މުޙައްމަދު އަފްރާޙް
އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް އުނގަންނަވައި ދެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) އަވަހާރަ ވެއްޖެ އެވެ. އެންމެ ފުރަތަމަ އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެއްވި ދިވެހިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ނަސީމް އަވަހާރަވީ މިއަދު ހެނދުނު އެވެ. މަދީނާ ޔުނިވާސިޓީ ތައުލީމު ހާސިލުކުރެއްވި ނަސީމް އަވަހާރަވީ އައިޖީއެމްއެޗުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ސައިޚްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދ...
ޔުމްނާ ޢަލީ
މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ދަނގަޑެއް ވެއްޓި މީހެއްގެ މޫނަށް ހެރި ޒަޚަމް ވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ހާދިސާ ހިނގީ މާލޭގެ ހެންވޭރުގައި ހަދަމުންދާ އިމާރާތެއްގެ މައްޗަށް ދަނގަޑުތަކެއް އަރުވަނިކޮށް އޭގެ ތެރެއިން ދަނގަޑެއް ވެއްޓިގެން ކަމަށެވެ. އެ އިމާރާތުން ވެއްޓުނު ދަގަނޑު ހެރިފައި ވަނީ ބިދޭސީ ފިރިހެނެއްގެ މޫނަށެވެ. އެމީހާއަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ކުރިންވެސް މާލޭގައި މިފަދަ ހާދިސާތައް ހިނގައި ހިތާމަވެރި ހާދިސާތައ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުޙަމައްދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ. ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން މަޢުލޫމާތު...
އަލީ އާދިލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލި ޢިނާޔަތް އިތުރަށް ބޮޑުކުރުމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވާތީ، ބްލައިންޑް އެންޑް ވިސުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޖަމިއްޔާއިން މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިހާރު ނުކުޅެދޭ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެމުން އަންނަ 2،000 ރުފިޔާގެ އެލެވެންސަކީ ހިދުމަތްތަކާއި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު އެކަށީ...
އިބްރާހިމް އަސްވާޤް
މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހއ. އުތީމުގައިކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ހއ. އުތީމުގައި ކަމަށެވެ. އެހެން ނަމަވެސް، ގައުމީ އިނާމު ދިނުމަށް އޮކްޓޯބަރުމަހު މާލޭގައި ޖަލްސާއެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ. ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައ...
ޝިއުނާ އާދަމް
މާލެ ސަރަހައްދުން ގޯތި ދޫކުރާއިރު އެމީހަކީ މާލެ މީހެއް ކަމުގައި ބަލާ އުސޫލަށް ލުޔެއް ދީފިއެވެ. މިހާރު އޮތް އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނީ ސީދާ މާލޭގެ ރައްޔިތުންނާއި، މާލެއަށް ހިޖުރަކުރި މީހުންގެ ދަރިންގެ ތެރެއިން މާލެއަށް އުފަން މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށާއި މައިމުޅަ ވުމުގެ ސަބަބުން ދަފްތަރުގައި ޖެހެން މަޖުބޫރުވެފައިވާ މާލޭގެ ރައްޔިތުންނަށެވެ. މި އުސޫލަށް މިއަދު ގެނައި ބަދަލާއި އެކު ސަރުކާރުން ތަންފީޒުކުރަމުން އައި އުސޫލެއްގެ ސަބަބުން، އެހެން ތަނެއްގައި ރަޖިސްޓްރީ ވާން […]
ޝިއުނާ އާދަމް
ވިލިމާލެއާއި ދިމާ ބޭރުގައި އޮތް ސަބްމެރިން އެއްގައި ހުރި ތިން ގޭސް ސިލިންޑަރު ގޮވައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވިލިމާލެއާއި ދިމާލުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހުންނާއި އައިޖީއެމްއެޗްގައި ތިއްބަވާ ފުލުހުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިރޭ 21:10 ހާއިރު ލިބުނު މި ރިޕޯޓާއި ގުޅިގެން ފުލުހުން ވަނީ އެކަން އިތުރަށް ބައްލަވާފައެވެ. ’’ފުލުހުން އިތުރަށް ބެލިބެލުމުން އެނގުނީ ވިލިމާލެއާއި ދިމާ ބޭރުގައި އޮތް ސަބްމެރިންއެއްގައި ހުރި ހަތަރު ގޭސް ސިލިންޑަރު ގޮވާފައިވާކަން’’ ފުލުހުން […]
ޔުމްނާ ޢަލީ
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އަލަމްގިރިއާ އެކު އެއް ޖިންސުން ނާޒިމް ގުޅުން ހިންގާ ވީޑިއޯއެއް ކުރިން އާންމުވެފައި ވަނިކޮށް އޭނާގެ މައްޗަށް ކުރި ދައުވާއަށް އޭނާ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ. ނާޒިމް ތިން މަހާއި 26 ދުވަހަށް […]
ހުސައިން ހަބީބް
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ކުއްލި ގޮތަަކަށް ނިޔާވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވަނީ ނިޔާވެފައިވަނީ، މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު (43 އަހަރު) ކަމަށެވެ. އެ ސަރވިސް އިން ބުނީ، މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އަންގާފައިވާކަމަށެވެ. އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިކަމަށާއި، ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު […]
އަލީ އާދިލް
ސިފައިންގެ ވަޒީފާއަށް އެދި ހުށައެޅުމުގެ މުއްދަތު މިނިސްޓްރީ އޮފް ޑިފެންސް އިން އިތުރުކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިމުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ ނިޔަލަށް ކަމަށެވެ. ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓު www.defence.gov.mv އަދި އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ...
އަލީ އާދިލް
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ.އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފި އެވެ. ޢަބްދުލްޣަފޫރު މުޙައްމަދަށް މަޤާމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ. އެންމެފަހުން ޢަބްދުލްޣަފޫރު މުޙައްމަދު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ. އޭގެ ކުރ...
ޔުމްނާ ޢަލީ
ޕީޕީއެމްގެ ކުރީގެ މަޖިލިސް އަހުމަދު ނިހާންގެ މައްޗަށް ދައުވާކުރާ މައްސަލާގައި ދިފާއީ ހެއްކެއްގެ ގޮތުން ޕީޖީ ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް މިއަދު ނިންމައިފި އެވެ. ރިޝްވަތު ހިފި ކަމަށް ބުނެ ނިހާންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ނިހާންގެ ފަރާތުން ދިފާއުގައި ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޕީޖީ ޝަމީމާއި މަހްލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީޕީއެމްގެ […]
ހުސައިން ހަބީބް
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވަނީ ތަފާތުކުރުމެއްނެތް ސިޔާސަތެއް ކަމަށް ވިދާޅުވެ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދު ﷲ (މޮސްޓާ) ރައީސް ޞާލިޙަށް ތައުރީފް ކުރަށްވާފައެވެ. މޮސްޓާ އެ ރަށަކަށް ނިސްބަތްވާ އަދި ރައްޔިތުންގެ މަޖިލިސްގައި ތަމްސީލްކުރާ ނޮޅިވަރަމް ދާއިރާގައި ހިމެނޭ ނޮޅިވަރަމްފަރުގެ ފެނުގެ ޚިދުމަތް އިއްޔެ ވަނީ އިފްތިތާޙް ކޮށް، އެ ޚިދުމަތް އެރަށުގައި ފަށާފައެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން ދައުވަތުދެއްވައިގެން މޮސްޓާ ވެސް ބައިވ...
އަލީ އާދިލް