ޔޮހާނީ މިއަދު ހއ. ދިއްދޫ އަށް، ފޮޓޯ ނަގަން ފުރުސަތު ލިބޭ!
“މަނިކޭ މަގޭ ހިތޭ” ލަވައިން މަޝްހޫރުކަން ހޯދައިވާ އަވަށްޓެރި ސްރީލަންކާގެ މަޝްހޫރު ކަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ، ހއ. ދިއްދޫ އަށް މިއަދު ދިއުމަށް ހަމަޖެހިއްޖެ އެވެ. އެެރަށު ކައުންސިލުން ވިދާޅުވީ ޔޮހާނީ އަށް މަރުހަބާ ކިޔުން މިއަދު ހަވީރު 3 ޖަހާއިރު، އެރަށު ދެކުނު ސިޑި ސަރަހައްދުގައި އޮންނާނެ ކަމަށާއި ޔޮހާނީ އާއެކު ފޮޓޯ ނެގުން އޮންނާނީ ހަވީރު 5 ޖަހާއިރު ކަމަށެވެ. ފޮޓޯ ނެގުން އޮންނާނީ ސްވިމިންގ ޓްރެކް ސަރަހައްދުގައި ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ. […]