ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބުކޮށްފި އެވެ. މިއަދު ބޭއްވި ބައި-އިލެކްޝަން ގައި އެ ދެރަށުގެ ތެރެއިން ނ. މަގޫދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި- އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ 9 ވޯޓުގެ ތަފާތަކުން ނެވެ. އެގޮތުން ޕީޕީއެމް އިން ވާދަކުރެއްވި އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް 124 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ އިން ވާދަކުރެއްވި ފަރީދާ އަދްނާނަށް ލިބިވަޑައިގެންނެވީ 115 […]
މުޙައްމަދު އަފްރާޙް
ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަލް އުސްތާޖު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް ނިސްބަތްކުރައްވަ އެވެ. އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބަކާއި މިއަދުކުރިއަށްދާ ޕީޕީއެމްގެ އިންތިހާބުގެ ފޮޓޯތަކަކާއެކު ކުރެއްވި ޓްވީޓެއްގައި ފައްޔާޟު ވަނީ ޕީޕީއެމްގެ ދާއިރާތަކުގެ އި...
މުޙައްމަދު އަފްރާޙް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި، ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދުގެ ޖަނާޒާ މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު، އޭނާގެ ހަށިގަނޑު މިހާރުވަނީ މާލެ ގެނެސްފަ އެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތު) ގަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ނިޔާވިި އަބްދުﷲ ރަޝީދަކީ ފުލުހުން […]
މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ ކަމަށް ޑިފެންސް މިނިސްޓަރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި އޮތް ހަވީރެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެ ހަވީރުގައި މާރިޔާ ވިދާޅުވީ 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ އުދުވާނުން ދިވެހީންނަށް ލިބުނު ނަސްރުގައި ހުސައިން އާދަމް އަދާކުރެއްވީ މުހިންމު ދައުރެއް ކަމަށެވެ. “އެ ދުވަހުގެ ވާހ...
މުޙައްމަދު އަފްރާޙް
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެ އެވެ. ސްޓެލްކޯއިން ވިދާޅުވީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު ހެނދުނު 9:00 އިން 12:00އަށް ހުޅުމާލެ ބައެއް ސަރަހައްދުތަކުގައި ކުރާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކުން، އެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ކަރަންޓު ކެނޑޭނެ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާ ވަގުގުތަކުގައި ހުޅުމާލެ ރެޑްބުލްޕާކް ސަރަހައްދުން ޗަނބޭލީމަގު ގޯޅި، ނިރޮޅުމަގު، ކެލާމަގުގެ އިތުރުން، ކާނިމަގުން މ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ. އެ އިދާރާ އިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ. މިއަދު ހެނދުނު 08:45 އިން ފެށިގެން 13:30 އާއި ހަމައަށް ނެރެފައިވާ އެލާޓުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި، ދެކުނުގެ ސަރަޙައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ […]
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ދާއިރާތަކުގެ ވޯޓުލުން ފަށައިފި އެވެ. އެ ޕާޓީން ވިދާޅުވީ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ. އަދި ވޯޓުލުން ކުރިއަށްދަނީ ހެންވޭރު ދަނޑުގައި ކަމަށެވެ. މީގެ އިތުރުން މާލެ އާއި އިންތިހާބު ބާއްވާ ދާއިރާތަކުގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް ވެސް އެ ޕާޓީން ވިދާޅުވި އެވެ. އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާއިރު، އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ވަނީ […]
މުޙައްމަދު އަފްރާޙް
މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހދ. ކުޅުދުއްފުށީގައި ޕެރޭޑް ބާއްވާ ހަވާއަރުވައިފި އެވެ. ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް، ހދ.ކުޅުދުއްފުށީގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު އެރަށުގެ ބޮޑު މަގުގަ އެވެ. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފްގެ [...
އިބްރާހިމް އަސްވާޤް
ވިޔަފާރިއާއި އެ ނޫން މުޢާމަލާތްތަކުގައި ވެސް މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދުމަކޮށްދެއްވައިފި އެވެ. ހުތުބާގައި ވަނީ މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ކޮންމެ މީހަކު ވެސް ދުންޔަވީ ހަޔާތުގައި މަސައްކަތް ކުރަމުން ދަނީ އުހުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ވިދާޅުވެފަ އެވެ. “މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެން މީސްތަކުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލިން...
މުޙައްމަދު އަފްރާޙް
އެކުވެރި ދައުލަތްތައް (އ.ދ)ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް މިޞްރަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް، ފައިޞަލް ނަސީމް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. މިޞްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ މި ކޮންފަރެންސްގައި ޤައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ނައިބު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ރައީސް އޮފީހުން ވިދާޅުވާގޮތުގައި، ކޮޕް27 އަކީ ރާއްޖޭގެ...
ޔުމްނާ ޢަލީ
64 ފުޅި ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއީ، އާންމު ފަރާތަކުން ފުލުހުންނަށްދިން މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. ‘’އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު 6...
ޔުމްނާ ޢަލީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު ހަމަޖައްސަވައިފިއެވެ. އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް ހަމަޖައްސާފައިވާކަން އެމްޑީޕީން މިއަދު ވަނީ ހާމަކޮށްފައެވެ. އަނަސް ވަނީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައެވެ. އަނަސް އެންމެފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގައެވެ. އަނަސް އަކީ މިވަގުތު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވަމ...
ޔުމްނާ ޢަލީ
ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް މިއަދު ތަސްދީގުކުރައްވައިފި އެވެ. މި ޤާނޫނަށް ގެނެވުނު އިޞްލާޙާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންވާނެކަމުގައި ކަނޑައަޅުއްވާފައި ވެއެވެ. މީގެ އިތުރުން ތަހުގީގު ރިޕޯޓު ލިބޭތާ، [...
މުޙައްމަދު އަފްރާޙް
ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަޞްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެ ގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. މިއަދު، ރާއްޖޭގައި ފާހަގަކުރާ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާން...
މުޙައްމަދު އަފްރާޙް
އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ. ރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުން ތަމްރީނު ކުރާނޭ ފެސިލިޓޭޓަރުން ތައްޔާރުކުރުމަށް ހިންގުނު މި ޕްރޮގްރާމް ހިންގާފައިވަނީ މި ނޮވެމްބަރ މަހުގެ 1 އަދި 2 ވަނަ ދުވަހު މާލެ އަތޮޅު ތުލުސްދޫގަ އެވެ. 30 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖެންޑަރ މިނިސްޓްރީގެ އިސް...
މުޙައްމަދު އަފްރާޙް