މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,872 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 689 ވަނަ ޞަފްޙާ

ތައުލީމީ ދާއިރާއިން ރިޓަޔަރ ވުމުގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން، 500 ސޮޔާއިއެކުު ރައީސަށް ޕެޓިޝަނެއް!

ތައުލީމީ ދާއިރާއިން ރިޓަޔަރ ވުމުގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން، 500 ސޮޔާއިއެކުު ރައީސަށް ޕެޓިޝަނެއް!

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ދާދިފަހުން ހެޔޮބަދަލު ގެނައި ނަމަވެސް އެ ދާއިރާއިން ރިޓަޔާވާ މީހުންގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙުއަށް ފެޓިޝަނެއް ހުށަހަޅައިފި އެވެ. 560 މީހުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނުގައި އާންމުގޮތެއްގައި ސޮއިކޮށްފައިވަނީ މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ޓީޗަރުން ނެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގެ ޓީޗަރުން ވެސް މި ޕެޓިޝަނުގައި ސޮއިކޮށްފައި ވެއެވެ. އެ ޕެޓިޝަންގައި ފާހަގަކުރައްވާފައިވ...

މުޙައްމަދު އަފްރާޙް
އަރުޝަދު ހައްޔަރުކުރަން ނެރުނު އަމުރު ގޯސް: ސުޕްރީމް ކޯޓް

އަރުޝަދު ހައްޔަރުކުރަން ނެރުނު އަމުރު ގޯސް: ސުޕްރީމް ކޯޓް

ޑްރަގް މައްސަލައެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައި ކޯޓުން ނެރުނު އަމުރު ގޯސް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ނުވަ ކިލޯގެ ޑްރަގް މައްސަލައެއްގެ އިސް މީހާ ކަމަށް ތުހުމަތުކުރާ އަރުޝަދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު މިމަހު ކުރީކޮޅު ރާއްޖެ އައުމުން އޭނާ ހައްޔަރުކުރީ ނުވަ ކިލޯ ޑްރަގް މައްސަލާގައި ކުށް ސާބިތުނުވި މައްސަލާގައި ހައި ކޯޓަށް ހާޒިރުކުރަން އޭނާ ހައްޔަރު ކުރަން އެ […]

ހުސައިން ހަބީބް
2023 ގެ "ބޮޑު ބަޖެޓު" މަޖިލީހަށް ހުށަހެޅުން މާދަމާ

2023 ގެ "ބޮޑު ބަޖެޓު" މަޖިލީހަށް ހުށަހެޅުން މާދަމާ

އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓު މާދަމާ މަޖިލިހަށް ހުށަހަޅަން ނިންމައިފި އެވެ. ދައުލަތުން އަންނަ އަހަރަށް ލަފާކުރައްވާފައިވާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވާނީ މިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މިިނިސްޓަރ މަޖިލީހަށް ވަޑައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، ހަރަދު ވާނެ ގޮތާއި، މަޝްރޫއުތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލު، ދެއްވާނެ އެވެ. ދައުލަތުގެ ފަރާތުން މާދަމާ ބަޖެޓް ހުށަހެޅުމުން، އެއަށް ބަހުސްކޮށް ދިރާސާކުރާނެ ތާރީހެއް...

މުޙައްމަދު އަފްރާޙް
ފައިނޭންޝިއަލް ޖާނަލިޒަމް ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ފައިނޭންޝިއަލް ޖާނަލިޒަމް ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ފައިނޭންޝިއަލް ޖާނަލިޒަމް ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. އެމްއެމްސީން ވިދާޅުވީި މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި ވޯކްޝޮޕް އޮންނާނީ މެންހަޓަން ބިޒްނަސް ސްކޫލުގައި އެދުވަހުގެ 09:00 އިން ފެށިގެން 05:00 އަށް ކަމަށެވެ. މާލީ ދާއިރާގެ ފަންނީ ތަޖުރިބާކާރުން މި ވޯކްޝޮޕްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ ކ...

މުޙައްމަދު އަފްރާޙް
އަހަރަކު އެއްފަހަރު ބައި-އިލެކްޝަން ބާއްވަން ހުށަހެޅި އިސްލާހު ފާސްނުކުރަން ކޮމެޓީން ނިންމައިފި

އަހަރަކު އެއްފަހަރު ބައި-އިލެކްޝަން ބާއްވަން ހުށަހެޅި އިސްލާހު ފާސްނުކުރަން ކޮމެޓީން ނިންމައިފި

ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ޖެހޭގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ފާސް ނުކުރަން އެ ބިލު ދިރާސާ ކުރުމަށް ފޮނުވި ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ. މިއީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ބިލެކެވެ. އޭނާ މި ބިލު ހުށަހެޅުއްވީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވެ، ދައުލަތުގެ ހަރަދު ބޮޑުވަމުންދާތީ […]

މުޙައްމަދު އަފްރާޙް
އަގުނުކުރެވޭ ސާމާނުތަކާއެކު ކުޑަހުސައިންގެ ފޮއްޓެއް ވަގައްނަގައިފި

އަގުނުކުރެވޭ ސާމާނުތަކާއެކު ކުޑަހުސައިންގެ ފޮއްޓެއް ވަގައްނަގައިފި

ރާއްޖޭގެ ކުޅިވަރު މަޝްހޫރު ޝަހްސިއްޔަތު، ޑރ. ހުސެން ހަލީމް (ކުޑަ ހުސެއިން) ގެ ފޮއްޓެއް ވަގަށް ނަގާފައިވާތީ، އެ ފޮށި ހޯދައިދިނުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އޭނާ އެކަމަށް އެދިވަޑައިގެންނެވީ ފޮށި ޓްރޮލީއަކަށް ލައިގެން މީހަކު ދާ މަންޒަރު ފެންނަ ދެ ފޮޓޯއަކާއެކު ކުރައްވާފައިވާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އެ ފޮޓޯއިން ފެންނަ މީހާއާއިގުޅޭ މައުލޫމާތެއް އެނގޭނަމަ އޭނާއަށް އެކަން އަންގާލަދިނުމަށް އެދޭ ކަމަށް ވަނީި ވިދާޅުވެފަ އެވެ. ރާއްޖޭގެ އޮންލައިން […]

މުޙައްމަދު އަފްރާޙް
''ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ޤަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް ނޯންނާނެ''

''ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ޤަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް ނޯންނާނެ''

”ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ޤަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި “އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022” ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުނ...

އަލީ އާދިލް
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް: ނަޝީދު

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް: ނަޝީދު

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށާއި އެތަނުގައި ބަނޑަހަ ޖަހައިގެން ފުވައްމުލައް މީހުން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ “ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް” މި މައުޟޫއަށް އާންމު ކުރެއްވި ލިޔުއްވުމެއްގަ އެވެ. އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރަށްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިޔާ އާއި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް، ފޯއްޅަވަހީގެ ސިޔާދަތީ...

މުޙައްމަދު އަފްރާޙް
އަނިޔާވެރިވާ މީހުންނާމެދު އިހާނެތިކޮށް ހިތުމަކީ ދެދުނިޔޭގައި ވެސް ނަގާ ދަރަންޏެއް: މުފްތީ މެންކް

އަނިޔާވެރިވާ މީހުންނާމެދު އިހާނެތިކޮށް ހިތުމަކީ ދެދުނިޔޭގައި ވެސް ނަގާ ދަރަންޏެއް: މުފްތީ މެންކް

މީހުންގެ މައްޗަށް އަނިޔާވެރިވާ މީހުންނާއި އިހާނެތިކޮށް ހިތުމަކީ ތިމާގެ އަމިއްލަ ނަމުގައި ދެދުނިޔޭގައިވެސް ނަގާ ދަރަންޏެއް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރޫގެ ދައުވަތަކަށް މިހާރުރާއްޖެއަށް އުޅުއްވާ ދީނީ އިލްމުވެރިޔާ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ގައި ދެއްވި ދަރުހުގަ އެވެ. “އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަމުގެ މައްޗަށް” ދެއްވި ދަރުހުގައި މުފްތީ ވަނީ އަނެކުންނަށް އޯގާތެރިކޮށް ހިތުމަށް އިސްލާމްދީން ބާރު އަޅުއްވާމިންވަރުން މިސާލުޖައްސަވާފަ އެވެ. އަދި ނަރަކަވެރިއ...

މުޙައްމަދު އަފްރާޙް
މުޖުތަމައުން އިސްނަގައިގެން ކުނި މެނޭޖްކުރުމުގެ ކާމިޔާބު ޕްރޮގްރާމެއްގެ މިސާލު ދައްކާ ރަށެއް!

މުޖުތަމައުން އިސްނަގައިގެން ކުނި މެނޭޖްކުރުމުގެ ކާމިޔާބު ޕްރޮގްރާމެއްގެ މިސާލު ދައްކާ ރަށެއް!

ދ. ކުޑަހުވަދޫއަކީ ކުނި މެނޭޖްކުރުމުގެ “ބޭނުންކޮށްފައި އުކާލާ” ވިސްނުމުން ވަށާޖެހޭ އިގްތިސާދީ ތަސައްވަރަކަށް ބަދަލުވުމަށް މުޖުތަމަޢުގެ ބައިވެރިވުމާއި ބައިވެރިންގެ ވަސީލަތްތައް ބޭނުންކޮށްގެން ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ. ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސަރަޙައްދީ އިޤްތިޞާދީ މަރުކަޒެއް ކަމުގައިވާ ދ. އަތޮޅު ކުޑަހުވަދޫ އަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ފެށި މޮޑެލް އައިލެންޑް ޕްރޮޖެކްޓްގެ ފުރަތަމަ ރަށެވެ. ކޮކާކޯލާ އާއި ރާއްޖޭގައި އެ ކުންފުނީގެ ބޮޓްލިން ޕާޓްނަ...

އިބްރާހިމް އަސްވާޤް
ފައިނޭންސް ހޯދުމަށް މުޅި ދުނިޔޭގައި ވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައި: ޑރ. މައުސޫމް

ފައިނޭންސް ހޯދުމަށް މުޅި ދުނިޔޭގައި ވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައި: ޑރ. މައުސޫމް

މުޅި ދުނިޔޭގައި ވެސް މިހާރު އިންވެސްޓްމަންޓަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާއި ވަކިން ހާއްސަކޮށް ފައިނޭންސް ހޯދުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީގެ %46 ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށާއި 1980 ވަނަ އަހަރު ޖީޑީޕީ ޕަރ ކެޕިޓަރއަކީ 275 ޑޮލަރު ކަމަށެވެ. އެހެންނަމަވެސް 2019 ވ...

މުޙައްމަދު އަފްރާޙް
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރްއެމް އިން ހާއްސަ ޖަލްސާއެއް ބާއްވަނީ

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރްއެމް އިން ހާއްސަ ޖަލްސާއެއް ބާއްވަނީ

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރްއެމް އިން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޖަލްސާ ބާއްވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެރޭ 20:45 ގައި ޝީ ބިލްޑީންގެ ހޯލުގައި ކަމަށެވެ. ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއި އެކު ރާއްޖެ […]

މުޙައްމަދު އަފްރާޙް
މުފްތީ މެންކް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި

މުފްތީ މެންކް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި

ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދަރުސް ދެއްވުމަށް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ. ”އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން“ މި މައުޟޫއަށް ދެއްވާ ދަރުސް އޮންނާނީ ފުވައްމުލައް ސިޓީ ހާފިޒު އަހުމަދު ސްކޫލް ހޯލް ގައި މިރޭ 20:45 ގަ އެވެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ. […]

މުޙައްމަދު އަފްރާޙް
ޝާހިދު، ޔޫކޭ އާއި ނެދަލޭންޑްސްއަށް!

ޝާހިދު، ޔޫކޭ އާއި ނެދަލޭންޑްސްއަށް!

ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށާއި ނެދަރލޭންޑަށް ފުރާވަޑައިގެންފި އެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. މި އޮކްޓޯބަރ މަހުގެ 19 އިން އަންނަ ނޮވެމްބަރު މަހުގެ 4 އަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި އާސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ. އޭގެ ތެރޭގައި، އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް ޖޭމްސް ކް...

މުޙައްމަދު އަފްރާޙް
އެކައުންޓިން ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: ނިޔާޒީ

އެކައުންޓިން ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: ނިޔާޒީ

އެކައުންޓިންގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން މި ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި އެކައުންޓެންޓުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މަހާސިންތާ، މިއަހަރުގެ “މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވަނީ އެކައުންޓިންގ އަކީ މުޖްތަމައުއާއި ވަރަށްބޮ...

މުޙައްމަދު އަފްރާޙް