ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދަނީ
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކޯޓަށް ދެ ޤާޟީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ކްރިމިނަލް ކޯޓުގެ ޤާޟީއެއްގެ މުސާރައަކީ 30،000 ރުފިޔާއެވެ. […]