މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 644 ވަނަ ޞަފްޙާ

''އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތަރުބިއްޔަތުގައި ޤުރްއާނުގެ މަންހަޖަށް ރުޖޫއަވެގެން''

''އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތަރުބިއްޔަތުގައި ޤުރްއާނުގެ މަންހަޖަށް ރުޖޫއަވެގެން''

އިލްމާއި އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތުގައި ޤުރްއާނުގެ މަންހަޖަށް ރުޖޫއަވެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ހުތުބާގައި ބުނީ އެ މަންހަޖަކީ ވިސްނައި، ފިކުރުކުރުމުގެ މަންހަޖު ކަމަށާއި ކީރިތި ގުރްއާނަށް ފުންކޮށް ނަޒަރު ހިންގުމުން ދޭހަވަނީ، ﷲ ތައާލާ މަޢުރިފާކޮށް ދަނެގަތުމުގައި އޮތް އެންމެފުރިހަމަ މަންހަޖަކީ ވިސްނައި، ފިކުރުކުރުމުގެ މަންހަޖު ކަމަށެވެ. މީގެ އިތުރުން ހުތުބާގައި ބުނީ އިންސާނާއަށް ﷲ ތައާލާ ދެއްވި އިލްމުގެ ކުޑަކުޑަ މިންވަރުގެ ބޭނުން ހިފައި...

މުޙައްމަދު އަފްރާޙް
ރައީސްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ރައީސްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސް ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ކުރަށްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ...

ޔުމްނާ ޢަލީ
ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފައިފި

ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފައިފި

ކ. ބޮލިދުއްފަރު ކައިރިން އިއްޔެ ފެނުނު ކިނބޫ ސިފައިން ހިފައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފާފައިވާ ކަމަށެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮލިދުއްފަރު ކައިރިން ފެނުނު މި ކިނބޫ ހޯދުމަށް ސިފައިން މަސައްކަތް ކުރަމުން ދަނިކޮށް މި ކިނބޫ ފެނިފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ބޮލިދިއްފަރުގެ ދެކުނުފަރާތު ފަރުމަތިން މޫދުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ކުރިމަސައްކަތުން ކިނބޫ ހިފާފައި ވަ...

ޔުމްނާ ޢަލީ
ޗައިނާގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރުމާގުޅޭގޮތުން މަޝްވަރާ ކޮށްފި

ޗައިނާގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރުމާގުޅޭގޮތުން މަޝްވަރާ ކޮށްފި

ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން، ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް އާއެކު ބޭއްވވި ބައްދަލު ކުރެއްވުމުގަ އެވެ. މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެމްއެމްސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލު ކުރެއްވުމެކެވެ. ރާއްޖ...

މުޙައްމަދު އަފްރާޙް
ވޯލްޑް ބޭންކުގެ އަންދާޒާ، ސަރުކާރުގެ ލަފާކުރުންތަކަށް ވުރެ މާމަތި: އަމީރު

ވޯލްޑް ބޭންކުގެ އަންދާޒާ، ސަރުކާރުގެ ލަފާކުރުންތަކަށް ވުރެ މާމަތި: އަމީރު

މިއަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ އަދަދަކީ ފިނޭންސް މިނިސްޓްރީއާއި، މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށްވުރެ މަތީ އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ވޯލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ހަލުވިކޮށް ކުރިއަރައިގެން ދާނީ ރާއްޖޭގެ އިގްތިސޯދު ކަމަށް ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ވާލްޑް ބޭންކުން އެ ރި...

ޔުމްނާ ޢަލީ
ރަށްތަކާއި ފަޅުތަކަށް ނަންކިޔާނެ އުސޫލެއް

ރަށްތަކާއި ފަޅުތަކަށް ނަންކިޔާނެ އުސޫލެއް

ޖިއޮގްރަފިކް ތަންތަނަށް ނަންކިޔާނެ އުސޫލެއް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެކުލަވާލައިފި އެވެ. މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަށްވާފައިވާ މި އުސޫލުގައި ބުނެފައިވަނީ އެ އުސޫލަކީ އޮގްރަފިކް ތަންތަނުގެ ތެރެއިން، ވަކި ނަމެއް ކިޔުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި، އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި، ވަކިތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާންމުކޮށް ބޭނުން ކުރަމުންދާ ނަމެއް ރަސްމީކޮށް އެތަނަކަށް ކިޔުމަށް ނުވަތަ ބޭނުންކުރަމުންދާ...

ޔުމްނާ ޢަލީ
މޮނިޓަރިން ރިޕޯޓް ހުށަނާޅާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

މޮނިޓަރިން ރިޕޯޓް ހުށަނާޅާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު (މޮނިޓަރިން ރިޕޯޓް) ހުށަނާޅާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެ އެވެ. އީޕީއޭ އިން ވިދާޅުވީ މި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން އެ އެޖެންސީން ދޫކުރާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މޮނިޓަރިން ރިޕޯޓްތައް ހުށަހަޅުއްވަމުން ނުގެންދަވާ ފަރާތްތަކުގެ ޑިއުޑިލިޖަންސް ރިޕޯޓްތަކަށް ބޭނުނ...

މުޙައްމަދު އަފްރާޙް
މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން މީހަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓް ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 34 އަހަރުގެ، ދ. މާއެނބޫދޫ / ފަރިމާވިލާ، ޙަސަން ރަމީޒެވެ. މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހަސަން ރަމީޒުގެ ޚަބަރެއް ނުވެގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް […]

ޔުމްނާ ޢަލީ
ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުމެއް ނުކުރައްވާނެ: މިޢުވާން

ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުމެއް ނުކުރައްވާނެ: މިޢުވާން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ކުރައްވާނީ ހަމައެކަނި ރަސްމީ ދަތުރުފުޅުތަކުގައި ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ސަރުކާރާ ގުޅުންހުރ...

މުޙައްމަދު އަފްރާޙް
ރީތި ތާރީހާއެކު މިދިޔަ މަހު ކައިވެނި އިތުރުވެ, ވަރި މަދުވެއްޖެ

ރީތި ތާރީހާއެކު މިދިޔަ މަހު ކައިވެނި އިތުރުވެ, ވަރި މަދުވެއްޖެ

މިދިޔަ މަހު މާލޭގައި ވަރީގެ މައްސަލަތައް މަދުވެ އަދި ރީތި ތާރިޚުގައި ކުރި ކައިވެނިތަކާ އެކު ކައިވެނީގެ އަދަދު އިތުރުވެއްޖެ އެވެ. އާންމު އުސޫލުން ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔާ ގާތަށް ކޮންމެ މަހަކު ވެސް މާލޭގައި ވަރިކުރެ އެވެ. އެހެން ނަމަވެސް މިދިޔަ މަހު ވަނީ އެ އަދަދު ދަށްވެފަ އެވެ. ސަބަބަކީ ރީތި ތާރީޚުގައި ކުރި ކައިވެނިތައް އިތުރުވުމެވެ. މިދިޔަ މަހު 309 ކައިވެންޏެއް ކުރިއިރު, ވަރިކުރީ 94 މީހެކެވެ. […]

ހުސައިން ހަބީބް
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. މި މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު، އިސްތިއުފާ ދެއްވުމުން ނެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ގައިސް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، އޭރު […]

މުޙައްމަދު އަފްރާޙް
އިވްނިންގް ކެފޭ އަލިފާނުގެ ހާދިސާ: ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

އިވްނިންގް ކެފޭ އަލިފާނުގެ ހާދިސާ: ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

މާލޭ އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޯހިޔާވަހިކަމުގެ އެހީތެރިކަން ބޭނުންވާ ހަތް މީހަކަށް ވަގުތީ ބޯހިޔާ ވަހިކަން ހަމަޖައްސައިދީފިއެވެ. އިވްނިންގް ކެފޭގެ ބަދިގޭގައި އަލިފާން ރޯވީ 18:12 ހާއިރުއެވެ. އެ އަލިފާން ރޭ 19:22 ހާއިރު ނިއްވާލެވިފައިވާކަން އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެފައިވާގޮތުގައި އިވްނިންގް ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މ. ގުލޭނޫރަންމާގޭގެ 4 އަދި...

ޔުމްނާ ޢަލީ
އާރުސީސީން ގާނޫނާއި ޚިލާފު ކަމެއް ނުކުރާނަން: ނާޒިމް

އާރުސީސީން ގާނޫނާއި ޚިލާފު ކަމެއް ނުކުރާނަން: ނާޒިމް

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން ރާއްޖޭގެ ގާނޫނުތަކާއި ޚިލާފު އެއްވެސް ކަމެއްް ނުކުރާނެ ކަމަށާއި އަދި އެފަދަކަމެއް ކުރަން ހިތްވަރުވެސް ނުދޭކަމަށް އެ ކުންފުނީގެ ޗެއާމަން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އާރުސީސީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފެނުނީ އެ ވޭން ދުއްވާފައި ދަނިކޮށް ފުލުހުންނަށް ޝައްކުވެގެން އެ ވޭން ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރޭގައެވެ. އެ ވޭނުގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި […]

ޔުމްނާ ޢަލީ
އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދިނުން: ރައީސް

އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދިނުން: ރައީސް

މި ސަރުކާރުން އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދީ، މާލޭގެ ރަށްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް މިހާރަށްވުރެ ފަސޭހައިން އުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާ...

ޔުމްނާ ޢަލީ
މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ، އެކަން ދެމެހެއްޓުމަށް ވޯޓު ދޭއިރު ސަމާލުވާންޖެހޭ: ރައީސް

މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ، އެކަން ދެމެހެއްޓުމަށް ވޯޓު ދޭއިރު ސަމާލުވާންޖެހޭ: ރައީސް

މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ ކަމަށާއި، މި ސަރުކާރުން ކުރި އެފަދަ ކަންކަން ދެމެހެއްޓުމަށް ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭއިރު ސަމާލުވާންޖެހޭކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރަށްވާފައެވެ. އެ ބައްދަލުކޮށްލެވު...

ޔުމްނާ ޢަލީ