މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 64 ވަނަ ޞަފްޙާ

ބޮޑުތަކުރުފާނު މަގުގައި އަޅަން ފަށަނީ، ވެހިކަލްތައް ނަގަން އަންގައިފި

ބޮޑުތަކުރުފާނު މަގުގައި އަޅަން ފަށަނީ، ވެހިކަލްތައް ނަގަން އަންގައިފި

ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ތާރު އަޅަން ތައްޔާރުވުމުގެ ގޮތުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މިރޭ 11:50 އިން ފެށިގެން ކާނިވާ ސަރަހައްދުން ތާރު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަންދުކުރެވޭނެއެވެ. އެހެންކަމުން އެ ސަރަހައްދުގައި ޕާކު ނުކުރުމަށާއި، މިހާރު ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ އު...

އިބްރާހިމް އަސްވާޤް
ގަތަރު ސަފީރުކަމަށް އާދަމް ޝަރީފް، ޔޫއޭއީގެ ސަފީރުކަމަށް ތޯބެ ޢައްޔަނުކުރަށްވައިފި

ގަތަރު ސަފީރުކަމަށް އާދަމް ޝަރީފް، ޔޫއޭއީގެ ސަފީރުކަމަށް ތޯބެ ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް (ޔޫއޭއީ) ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އާދަމް ޝަރީފު ޢުމަރެވެ. މީގެ އިތުރުން، އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކ...

ޔުމްނާ ޢަލީ
ދަތިވާތީ ކަނޑިތީމު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯނި ނެގުމަށް އަންގައިފި

ދަތިވާތީ ކަނޑިތީމު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯނި ނެގުމަށް އަންގައިފި

ށ. ކަނޑިތީމު ފަޅު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ސަބަބުން ފަޅު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެ އުޅަނދު ނެގުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކަނޑިތީމު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށު ފަޅުތެރޭގައި އަޑިއަށް ގޮސްފައިވަނީ ރަޖިސްޓްރީ ނަންބަރު P6673A-04 ދޯނި ކަމަށެވެ. މި އުޅަނދު ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގައި އޮތުމުގެ ސަބަބުން އޭގެ ބައިތައް ހަލާކުވެ، ފަޅުތެރެއަށް ފެތުރެމުންދާކަން ކައު...

ޔުމްނާ ޢަލީ
ތަކަންދޫ ހިރިގަލު ގަބުރުސްތާނުގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ތަކަންދޫ ހިރިގަލު ގަބުރުސްތާނުގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ މަސައްމަކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާން ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން ހއ.ތަކަންދޫގައި ހިރިގަލު މަހާނައިގެ ގަބުރުސްތާނު ހިމާޔަތްކ...

ޔުމްނާ ޢަލީ
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސް ބައްދަލުކުރައްވައިފި

ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައެވެ. ފުލުހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. ބައްދަލުވުމުގެ މައިގަނޑ...

ޔުމްނާ ޢަލީ
ޝަކީލް އީސީގެ މެމްބަރުކަމަށް އައްޔަން ކުރަށްވައިފި

ޝަކީލް އީސީގެ މެމްބަރުކަމަށް އައްޔަން ކުރަށްވައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރަށްވައިފިއެވެ. މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޝަކީލު ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަ...

ޔުމްނާ ޢަލީ
''މޯލްޑިވްސް ފަސްޓް'' ސިޔާސަތުގެ ދަށުން ޤައުމަށް ފައިދާހުރި ކަންކަމަށް ރާއްޖެ އޮތީ ހުޅުވާލާފައި''

''މޯލްޑިވްސް ފަސްޓް'' ސިޔާސަތުގެ ދަށުން ޤައުމަށް ފައިދާހުރި ކަންކަމަށް ރާއްޖެ އޮތީ ހުޅުވާލާފައި''

ސަރުކާރުގެ “މޯލްޑިވްސް ފަސްޓް” ސިޔާސަތުގެ ދަށުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި އިޤްތިޞާދު ސިންދަފާތުކުރުމަށް ޤައުމަށް ފައިދާހުރި ކަންކަމުގައި ދިވެހިރާއްޖެ އޮތީ ހުޅުވާލެވިފައިކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެމެރިކާ އަށް ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، އެސް. ޕޯލް ކަޕޫރު މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ކުރިއަށް ގެންދެވި ބައްދަލުވުމުގައެވ...

އަލީ އާދިލް
އިސްލާމީ ދާއިރާގެ 79 މަޝްރޫއެއް ކުރިއަށް، 45 މިސްކިތާއި 12 އިސްލާމީ މަރުކަޒު ހިމެނޭ

އިސްލާމީ ދާއިރާގެ 79 މަޝްރޫއެއް ކުރިއަށް، 45 މިސްކިތާއި 12 އިސްލާމީ މަރުކަޒު ހިމެނޭ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފި ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ދީނީ އުމްރާނީ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 45 މިސްކިތެއްގެ މަޝްރޫޢު އާއި، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން 16 ޤުރުއ...

ޔުމްނާ ޢަލީ
ރައީސްގެ ޝުކުރު ދައުލަތުގެ ޚިދުމަތްތެރިންނަށް، އެއްބާލުން ދިނުމުގަައި ސަރުކާރު ދެމިއޮންނާނެ

ރައީސްގެ ޝުކުރު ދައުލަތުގެ ޚިދުމަތްތެރިންނަށް، އެއްބާލުން ދިނުމުގަައި ސަރުކާރު ދެމިއޮންނާނެ

ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށާއި، ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރައްވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ އދ. ގެ ޕަބްލިކް ސަރވިސް ޑޭ ނުވަތަ ދައުލަތުގެ ޚިދުމަތްތެރިންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، މުޖުތަމައުތަކުގެ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި...

ޔުމްނާ ޢަލީ
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އިސްތިއުފާދެއްވައިފި

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އިސްތިއުފާދެއްވައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ޝަކީލް އިސްތިއުފާދެއްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ ޝަކީލް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމުންނާއި، ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ. ހައްޖު ކޯޕަރޭޝަނުން ޝަކީލް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ރުހުން ދީފައެވެ. ޝަކީލް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް ޢައްޔަނު ކުރީ 202...

ޔުމްނާ ޢަލީ
10 ރަށެއްގައި ނާސަރީ ގާއިމުކުރަނީ، ކޮންމެ ނާސަރީއަކުން އަހަރަކު 50،000 ގަސް އުފެއްދޭނެ

10 ރަށެއްގައި ނާސަރީ ގާއިމުކުރަނީ، ކޮންމެ ނާސަރީއަކުން އަހަރަކު 50،000 ގަސް އުފެއްދޭނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހިމެނެނީ ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ އަދި ގދ. ތިނަދޫ ސިޓީ އެވެ. […]

ޔުމްނާ ޢަލީ
ޑައިމޯފިން ޓްރެފިކްކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ.ގެ ޖޫރިމަނާއެއް

ޑައިމޯފިން ޓްރެފިކްކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ.ގެ ޖޫރިމަނާއެއް

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ށ. މިލަންދޫ، ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ) 25 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. ޢަލީ އިބްރާހީމްގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލައަކީ 2023 ޖަނަވަރީ 12 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަ...

ޔުމްނާ ޢަލީ
ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާތީ، އޭނާ ހޯދައި ހައްޔަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ. މި މައްސަލައާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިނ...

ޝިއުނާ އާދަމް
އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ

އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެގެން ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިންނެވެ. މި ހާދިސާގައި ވެއްޓިފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 23:14 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން […]

ޔުމްނާ ޢަލީ
ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން ތަކެތި 11 ރަށަކަށް، ބޮޑު ތިލަދުންމަތީގެ ނުވަ ރަށެއް

ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން ތަކެތި 11 ރަށަކަށް، ބޮޑު ތިލަދުންމަތީގެ ނުވަ ރަށެއް

ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ބޮޑު ތިލަދުންމަތީގެ 9 ރަށަކާއެކު ޖުމްލަ 11 ރަށަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފިއެވެ. މި ޕްރޮގްރާމަކީ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނިގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ދަށުން ތަކެތި ފޯރުކޮށްދީފައިވަނީ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރ...

ޔުމްނާ ޢަލީ