ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ހުރިހާ ދިވެހީން އަތުގުޅާލުމަށް މެޑަމް ސާޖިދާގެ އިލްތިމާސެއް
ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ހުރިހާ ދިވެހީން އަތުގުޅާލުމަށާއި، މި ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ވިޔަފާރިތަކުން އިސް ދައުރެއް އަދާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އިއްޔެ ގޮވާލައްވައިފިއެވެ. އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅ...