ދިވެހި ރާއްޖެއިން ތުރުކީއަށާއި ސީރިއާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރުމަށް ނިންމައިފި އެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ތުރުކީއަށާއި ސީރިއާ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމެކެވެ. އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވަނީ ކޮންމެ ޤައުމަކަށްވެސް ފަސް ލައްކަ މަސްދަޅު ހަދިޔާކުރެއްވުމަށެވެ. މި...
އިބްރާހިމް އަސްވާޤް
އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، ރާއްޖޭގެ ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ ހުސެއިން އަފީފްގެ އިވެންޓުގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފި އެވެ. ރެޒޫމޯ މޯލްޑިވްސް އިން އިންތިޒާމުކުރާ މި އިވެންޓް އޮންނާނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި މާދަމާ ހެނދުނު 9 އިން ހަވީރު 5 އަށެވެ. “ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިންޑްސެޓް” ގެ ނަމުގައި...
އިބްރާހިމް އަސްވާޤް
މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ. ދޮގު ބަޔާން ދިނުމުގެ ދައުވާ މުއިއްޒުގެ މައްޗަށް ދައުލަތުން ކުރަނީ ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް އޭނާ ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އޮތީ ޝަރީއަތުގެ […]
ހުސައިން ހަބީބް
ސިނަމާލޭ ބްރިޖު ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައިފިއެވެ. ދިވެހި ފުލުހުން ހިދުމަތުން ވިދާޅުވީ، ހައިވޭގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންކަމަށްވެސް ފުލުހުން ވިދާޅުވި އެވެ. މިނޫހަށް ލިބިފައިވާ ބައެއް ފޮޓޯތަކުން އެންގޭ ގޮތުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި ފިރިހެނަކަށެވެ. ސައިކަލާއި ކާރަށް ވަނީ ވަ...
މުޙައްމަދު އަފްރާޙް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމަށް ސައިޓު ސާފުކުރުމާއި، ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށް ގެންދެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މަޝްރޫއުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި ސައިޓު ސާފުކޮށް ވަގުތީ...
މުޙައްމަދު އަފްރާޙް
އުކާލާ ކުނި ބޭނުންކޮށްގެން މާލޭ ސިޓީ ކައުންސިލުން ގަސްކާނާ ތައްޔާރުކުރަން ނިންމައިފިއެވެ. އެ ކައުންސިލްގެ 88 ވަނަ ރަސްމީ އާންމު ޖަލްސާގައި މިގޮތަށް ނިންމީ އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާތީއެވެ. އަދި ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް ބޭނުންވާތީއެވެ. އެ ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާހ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަމާޒަކީ އުފާލާ އަރާމާ އެކީ އާއިލާއާއެކު ހޭދަކުރެވޭ ބަޔަކަށް ދިވެހިން ހެދުން ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ މާލެ އަތޮޅު ގުރައިދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އެ ޕާޓީން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަކީ އެ މީހުން މުހުދާތުތައް ފުއްދުމަށް […]
މުޙައްމަދު އަފްރާޙް
ވަކި ގައުމެއް ނުވަތަ ވަކި ނަސްލަކަށް ވީތީ ތަފާތު ކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަަތަށް އޮތް ހުރަހެއް ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ. އެމްޓީޑީސީއަށް 15 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެ ވާންޖެހޭނީ ބޭރުގެ ފަތުރުވެރިންނަށް އަބަދު ވެސް މަރުބާ ކިޔާ، އެމީހުންނާއި ދޭތެރޭގައި އޯގާތެރިކަމާއިއެކު ހިތްތައް ހުޅުވާލައިގެން ތިބޭ ބަޔަކަށް ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތަކީ ފަތުރުވެރިކަން ކަ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި ޖިމެއް މިއަދު ހުޅުވައިފިއެވެ. މަޖިލީހުން ވިދާޅުވެފައިވާ ގޮތުގައި މި ޖިމަކީ މަޖިލީހުގެ މެންބަރުންނާއި، މުވައްޒަފުން ބޭނުން ކުރުމަށް ހާއްސަކުރެވިފައިވާ ޖިމެކެވެ. މި ޖިމް މިއަދު ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ މެންބަރުންނާއި، އިދާރީ އިސްވެރިންނާއި އަދި މުވައްޒަފުން ވެސް ބައިވެރިވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ބޭނުންކުރުމަށް ހާއްޞަކުރެވިގެން، ރައްޔިތުންގެ މަޖިލީހުގެ އިދ...
ޔުމްނާ ޢަލީ
ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަށް ސައިކަލުގެ ވެރިމީހާ ޒިންމާވާން ޖެހި، އޭނާ އުމުރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖެނުއަރީ 2018 ގައި ހުޅުމާލެ އިން މާލެ އައި ފެރީއަކުން ގެނައި ސައިކަލެއް ފުލުހުން ހުއްޓުވައި ފާސް ކުރިއިރު ސައިކަލުގެ މަޑިދަށުން 248 ގްރާމްގެ ޑްރަގް ފެނުނެވެ. އެ ވަގުތު ސައިކަލު ދުއްވަން އިން ވެރިމީހާގެ މައްޗަށް ދައުވާ ކުރިޔަސް، ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ކުށް ސާބިތުނުވާ ކަމަށެވެ. ހައި ކޯޓުން ކުރި […]
ހުސައިން ހަބީބް
ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލަން ނިންމިނަމަވެސް ލޯނަށް ހުޅުވާލަނީ ކިހާ ފުރުޞަތެއް ކަމަށް މިނިސްޓަރ ވިދާޅެއް ނުވެއެވެ. މި...
މުޙައްމަދު އަފްރާޙް
ވެރިރަށް މާލޭގެ އަމީނީ މަގު ޕްރޮޖެކްޓް ނިންމަން އަނެއްކާވެސް ތާރީޚެއް ދީފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ އެ ޕްރޮޖެކްޓް މިއަހަރުގެ ސެޕްޓެމްބަރ 27 ގައި ނިމޭނެ ކަމަށެވެ. އެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމޭނެކަމަށް ކުރިން ވިސްނާފައި އޮތްނަމަވެސް ލަސްވުމެއް އައީ އެމްޑަބްލިއުއެސްސީގެ ސަޕްލައިން ޗެއިނަށް އައި ދަތިކަމެއްގެ ސަބަބުން ލަސްތަކެއްގެ ސަބަބުން ކަމަށ...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް މިމަހުގެ 24-25 ގައި ބާއްވަން އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. ޖޭޕީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީޚް ކަނޑައެޅީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ރިޔާސަތު ބަލަހައްޓަވަމުން ދާ މި ޖަލްސާގައި ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީޚް ކަނޑައެޅީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ. މީގެ އިތުރުން މި ކޮންފަރެންސް ބާއްވާނެ ތަނެއްކަމުގައި ދަރުބާރުގެ ވަނީ ކަނޑައަޅާފައެވެ. ޖޭޕީގެ ގައު...
ޔުމްނާ ޢަލީ
ކުޅިވަރުގެ ރޫޙާ ޚިލާފަށް ހިންގި އަމަލުތައް ތަކުރާރު ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެ މިނިސްޓްރީން މިގޮތަށް އިލްތިމާސް ކުރައްވާފައި މިވަނީ އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުންތަކެއްގެ ސަބަބުން ހިންގާފައިވާ ހަމަނުޖެހުމެއްގެ ސަބަބުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުން ކިބައިގައި އިޖުތިމާއީ އަދި އަޚުލާގީ ރިވެތި ސިފަ އަށަގެންނެވުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ހ...
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް، ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އިތުރު ޗޮއިސްއަކަށް މަޝްވަރާއެއް ނުކުރާ ކަމަށް އެ ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިފަދައިން ވިދާޅުވެފައި މިވަނީ “ޔާމީން ނޫން ޗޮއިސްއަކަށް ޕީޕީއެމްގެ ލީޑަރޝިޕްގެ ތެރޭ ހިމޭން މަޝްވަރާތަކެއް!؟” މި މައުޟޫއަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކަށް ރައްދު ދެއްވައެވެ. އެ އާޓިކަލް އަށް ރައްދު ދެއްވައި ހީނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޚަބަރު ދޮގު ކުރައްވާފައެވެ. […]
މުޙައްމަދު އަފްރާޙް