ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއިއަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅަކީ މިމަހުގެ 13 އިން 15 އަށް ޔޫއޭއީގެ ޑުބާއީ ގައި ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މިއަހަރުގެ...
ޔުމްނާ ޢަލީ
ވ. އަތޮޅު ކަނޑުގެ ސަރަހައްދުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ވ. އަތޮޅުން ފެނުނު ހަށިގަނޑު ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މި ހަށިގަނޑަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން ފެނުނު ހަށިގަނޑެކެވެ. ފުލުހުން ވިދާޅުވެފައުވަނީ މި ހަށިގަނޑު ފެނިފައިވަނީ ވ. އަތޮޅު ވެމްޕަރު ފަޅު […]
މުޙައްމަދު އަފްރާޙް
މާލޭ އަމީނީ މަގު ހެދުމުގެ މަސައްކަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައިފައިވާ ކަމަށެވެ. ނަމަވެސް ”މިހާލެއްގައި އުޅޭ ބަޔަކު ނުދެކޭ” ކަމަށް ވިދާޅުވެފަވެއެވެ. “އަޅެ މި މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައި ނިންމާފައިވޭވިއްޔާ؛ އެކަމަކު މިހާލެއްގައި އުޅޭ ބަޔަކު ނުދެކ...
މުޙައްމަދު އަފްރާޙް
ކިޔަވާކުދިންނަށް ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. ޣާޒީ ސްކޫލުގައި އޮތް 97 ވަނަ ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅޭނެ ޒުވާނެއްކަމުގައިވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި ތިމާއަށް ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި އެކި ދާއިރާތަކުން ފެންނަ ކުރިއެރުމުގެ އަސްލަކީ ސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތުކަމަށް ނައިބު ރައީސް ފައިޞަލް ނަޞީމް، ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްޠިތާޙުކޮށްދެއްވުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވިވާހަކަފުޅުގައެވެ. ހުޅުމާލެ ހޮސްޕި...
ޔުމްނާ ޢަލީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ސާމްޕަލް އެޕާރޓްމަންޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނަށް ދައްކާލައިފިއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ސާމްޕަލް އެޕާޓްމަންޓް މިއަދު ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނަށް ދައްކާލާފައިވާއިރު، ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަން...
ޔުމްނާ ޢަލީ
ދިވެހި ޚިދުމަތްތެރި އަދީބު، އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ. މި މުބާރާތަކީ ދިވެހިބަހުގެ އެކަޑަމީގެ 2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ހިމަނައިގެން އެ އެކަޑަމީން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ މަރްޔަމް މިދްފާ ނަޢީމް އެވެ. ދިވެހިބަހުގެ އެކަޑަމީން ވިދާޅުވިގޮތުގައި، މި މުބާރާތުގައި މުޅި ރާއްޖެއިން 32 އިސްކޫލަކުންނާއި އަމިއްލަ ފަރާތްތަކު...
ޙުސައިން ޝަހުދީ
ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަ ދިނުމަށް ޕްލެޓްފޯމެއް ގާއިމު ކުރުމުގެ މަސައްކަތް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ. އެ މިނިސްޓްރީން ބުނީ މިއީ ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަދީ، ވިޔަފާރީގެ މުޢާމަލާތު ކުރެވޭނެ ޕްލެޓްފޯމެއް ކަމަށެވެ. އަދި މިއީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް ދަށުން ގާއިމުކުރާ ޕްލެޓްފޯމެއް ކަމަ...
މުޙައްމަދު އަފްރާޙް
އެހީ ޖަމިއްޔާގެ “އެދިހަ” ވެބްސައިޓް އާންމުންނަށް ހުޅުވާލައިފިއެވެ. އެހީ ޖަމިއްޔާ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއީ ޖަވާބު ޑޮޓްއެމްވީ އާއި ގުޅިގެން ވަރަށް ގިނަދުވަހުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. “އެދިހަ” އާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ޓްވީޓުގައިވާ ވީޑިއޯގައި ބުނެފައިވަނީ ކޮންމެމީހަކީވެސް އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންޖެހިދާނެ މީހެއް ކަމަށާއި ބޮޑު ބައްޔެއް ޖެހި ބޭސްފަރުވާ ވެސް ކުރަންޖެހިދާނެ ކަމަށެވެ. މީގެ އިތުރުން ބިލުތައް ބޮޑުވެ، ދަރަނިވެރި ވެދާނެ ކަމަށާއި ނޫނޫ ތައުލީމު ފ...
މުޙައްމަދު އަފްރާޙް
ކުޑަގިރިއަށް ދާ ފަރާތްތަކުން އެކަކު އަނެކަކަށް އިހްތިރާމްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ މި ރަށަކީ އެންމެންނަށް ހިތްފަސޭހަކަމާ އެކީގައި، ހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި ބެލެހެއްޓުމަށް ވެސް އެދިވަޑައިގެންފައެވެ. “މި ރަށުގެ ސެކ...
މުޙައްމަދު އަފްރާޙް
މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ރަށް ރަސްމީކޮށް ހުޅުވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ. މިއީ ރައީސް ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ވައުދަކަށްވާއިރު، މާލެ ސަރަޙައްދުން ވަކި ތަނެއް ހިއްކާ ދަތުރުދިޔުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެ...
މުޙައްމަދު އަފްރާޙް
މާލޭ ސިޓީގެ އަމީނީ މަގުގައި އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އެ މަސައްކަތުގެ ކޮންޓެކްޓަރު، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން އެގޮތައް ކުރިއަށްދާކަން ހާމަކުރައްވާފައެވެ. އަކްރަމް ވިދާޅުވީ، އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރި...
ޔުމްނާ ޢަލީ
ކަނޑަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ހަރަކާތްތަކެއްް ފަށައިގެން ކުރިއަށް އެބަދެއެވެ. މިއީ ދޮންފަނު ކައުންސިލާއި، ސޮނެވާ ނަމޫނާ އާއި އަދި މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސްކިލް ސްކޫލް ގުޅިގެން “ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް” ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އިއްޔެ ފެށި މިހަރަކާތްތަކުގެ ތެރެއިން އިއްޔެ އާއި މިއަދު ވަނީ ދޮންފަނުގެ ބަނދަރު އިރުމަތީ ކޮޅުގައި މޫދުކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ރައީސުލްޖު...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގައި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހިންގާ މަޝްރޫޢުތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ގެންދިޔުމަށް ކުރައްވަންޖެހޭކަންކަން ކުރުމަށް ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވެ ވަޑައިގަންނަވަން ނިންމަވާފައިވާކަމަށް އެ ވުޒާރައިގެ ވަޒީރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ. ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވަނީ އްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު އެ ސިޓ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު މިއަދު ހަމަޖައްސައިފިއެވެ. ޖޭޕީން ކުރި ޓްވީޓެއްގައި ވަނީ ނިހާން އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް އޭނާއަށް މަރުޙަބާ ކިޔާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން އެ މަގާމަށް ހަމަޖައްސައި އޭނާއަށް މަޤާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޖޭޕީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމެވެ. ނިހާނުގެ އިތުރުން ޖޭޕީ ލީޑަރުގެ ދެ އެޑްވައިޒަކު ތިއްބަވައެވެ. އެ ދެ […]
ޔުމްނާ ޢަލީ