ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް އެދިވަޑައިގެންފި
ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ. އެކަމަނާ މިހެން މިގޮތަށް އެދިވަޑައިގަތީ ދެވަނަ ގްލޯބަލް ޔޫތު މޮބިލައިޒޭޝަން (ޖީ.ވައި.އެމް) އަދި ބިގް ސިކްސް މޫވްމަންޓް ހުޅުވުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވި ޒުވާނުން، އެއްވެސް މަޖުބޫރުކަމ...