ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި ޖިމެއް މިއަދު ހުޅުވައިފިއެވެ.
މަޖިލީހުން ވިދާޅުވެފައިވާ ގޮތުގައި މި ޖިމަކީ މަޖިލީހުގެ މެންބަރުންނާއި، މުވައްޒަފުން ބޭނުން ކުރުމަށް ހާއްސަކުރެވިފައިވާ ޖިމެކެވެ.
މި ޖިމް މިއަދު ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ މެންބަރުންނާއި، އިދާރީ އިސްވެރިންނާއި އަދި މުވައްޒަފުން ވެސް ބައިވެރިވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ބޭނުންކުރުމަށް ހާއްޞަކުރެވިގެން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 12 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ޖިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުޅުއްވައިދެއްވުން pic.twitter.com/RYfNE4I0ji
— People's Majlis (@mvpeoplesmajlis) February 8, 2023
މި ޖިމް ގާއިމުކޮށްފައި ވަނީ މަޖިލީހުގެ އައު އިމާރާތުގެ 12 ވަނަ ފަންގިފިލާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!