އައްޑޫ ސިޓީ ހުޅުދޫގައި މޫދަށް ގޮސް އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއަދު މޫދަށް ދިޔަ މީހަކު ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނުނީ މިއަދު ހެނދުނު 11:48 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ އެރަށު ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން އެ އިދާރާ އަށް އަންގާފައިވާ ކަމަށާއި ނިޔާވެފައިވަނީ 78 އަހަރުގެ އަންހެނެއް ކަމަށް […]
މުޙައްމަދު އަފްރާޙް
ޑިޖިޓަލް ސަރުކާރެއްގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި އެއީ ރަސްމީ ގަޑި ނިމުމުން އޮފީސް ތަޅުލާފައި ހިދުމަތް ހުއްޓާލުން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުންދޭ ހިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކޮށްފައިވާ ޕްލެޓްފޯމު ކަމަށްވާ “ވަންގަވް” ތައާރަފް ކުރުމަށް މިހާރުކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ހިދުމަތް ފަށައިގަންނައިރު، ރާއްޖޭގ...
މުޙައްމަދު އަފްރާޙް
އަނބިމީހާއަށް އަނިޔާކުރި މީހަކު ދެ މަހަށް ޖަލަށްލައި އަދި 7,500ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރ. މަޑުއްވަރީ މީހެއް ކަމަށްވާ އަހްމަދު އިސާމްގެ މައްޗަށް މި ހުކުމްތައް އައީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފްވުމުގެ ދެ ދައުވާއަކާއި އަނިޔާއެއް ދިނުމުގެ ދެ ދައުވާއެއް ސާބިތުވެގެންނެވެ. އޭނާ ވަނީ އެ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފަ އެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ސާބިތުވި ދެ ދައުވާގައި ކޯޓުން އިއްވީ 7,500 ރުފިޔާގެ […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު އަވަށްޓެރި އިންޑިއާ އަށް މިއަދު ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. ހާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މިއަދުގެ ވަގުތެއްގައި ޝާހިދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ޝާހިދުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށާއި ނިއުދިއްލީ އަށް ކުރައްވާ މި ދަތުރުގެ ބައްދަލުވުންތައް ބޭ...
މުޙައްމަދު އަފްރާޙް
“ވަންގަވް” ޕްލެޓްފޯމް މިއަދު ތައާރަފް ތައާރަފް ކުރަން ނިންމައިފިއެވެ. މިއީ ސަރުކާރުންދޭ ހިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކޮށްފައިވާ ޕްލެޓްފޯމެކެވެ. މިއަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ސަރުކާރުން ހޯދާ ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް ތަކުލީފަކީ ކިޔުގައި ޖެހިގެން ގިނަވަގުތު ހޭދަކުރަން ޖެހުމާއި ފޯނު ނުނެގުމާއި ޖަވާބެއް ނުލިބުމުގެ މައްސަލަ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ވަންގަވް ލޯންޗުވުމުން އިކޮނޮމިކް މިނިސ...
މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީން، ބޮޑުތަނުން ރިޔާސީ އިންތިޚާބުގައި ވާދަވެރިން ބަލިކޮށްލައްވާނެކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރިޔާސީ ދެވަނަ ދައުރަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވައި، މިހާރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ރޭ ވަނީ ށ. ފޯކައިދޫގައި ލޯންޗް ކޮށްފައެވެ. ރައީސް ޞާލިޙްގެ ކެމްޕޭން ލޯންޗް ކުރި ޖަލްސާގައި ވާހަކަ ދައްކަވަމުން...
ޔުމްނާ ޢަލީ
ދިވެހިންގެ ވެންޓިލޭޓަރުން ވައްކަން ކުރާ ސަރުކާރެއްގައި ބައިވެރިއެއް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” ގެ ރަސްމީ ހަރުގެ “ހައުސް އޮފް ޑިމޮކްރެޓްސް” ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ލޯ ލާރިއެއް ވެސް ނަގާފައި ނޯންނާނެ ކަމަށާއި ފައިސާ ފޮއްޗެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށެވެ. އެމަނިކުފާނު ބައިވެރިވާ ސަރުކާރަކުން ދިވެހިންގެ ނޭވާ...
މުޙައްމަދު އަފްރާޙް
މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ ރިޔާސީ އިންތިހާބުގައި 604 ވޯޓުފޮށި ބަހައްޓަން އިލެކްސަން ކޮމިޝަނުން ނިންމާފައިވާ ކަމުގައި އެ ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް ހަބީބް މިރޭ ކުރެއްވި ޓްވީޓްގައި ވަނީ ފޮށިތައް ބަހައްޓަން ނިންމާފައިވާ ގޮތުގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ވެސް ހިއްސާ ކުރައްވާފައެވެ. މިގޮތުން މާލޭ ރައްޔިތުން ވޯޓުލުމަށް މާލޭގައި 61 ވޯޓް ފޮށި ، އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ […]
އިބްރާހިމް ޚަލީލް
ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މި އަހަރު އެވެ. މި ކޮންފަރެންސް އަކީ ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވ،ާ އަދި ކޮންމެ އަހަރަކު ވެސް ތަފާތު މެމްބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ. މޯލްްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަހަރުގެ ހަރަކާތް ރާވައި، އިންތިޒާމުކޮށްފައިވ...
މުޙައްމަދު އަފްރާޙް
“ދަ ޑިމޮކްރެޓްސް” ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ވީހާވެސް އަވަހަށް ޕާޓީ ރެޖިސްޓްރީވުން ކަމަށެވެ. މީގެ އިތުރުން އެޕާޓީގެ ހަރުގެ “ހައުސް އޮފް ޑިމޮކްރެޓްސް” ގެ ނަމުގައި ރަސްމީކޮށް މިރޭ ހުޅުވާނެ ކަމަށާއި މި ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައި ހ....
މުޙައްމަދު އަފްރާޙް
ށ. އަތޮޅުގެ 3 ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފޯކައިދޫ، ފީވަށް އަދި ފޭދޫގެ ސްވިމިން އޭރިއާ ހެދުމަށެވެ. މިއީ ޑިޒައިން އެންޑް ބިޑު އުސޫލުން ހަވާުކުރި މަސައްކަތެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާ އެވެ. މި އެއްބަސްވުމުގެ […]
މުޙައްމަދު އަފްރާޙް
ދެވަނަ ދައުރުގައި ދެ ކޮމަންޑޫ ގުޅާލާއި، މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ކޮމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސާލިހުގެ ދެވަނަ ދައުރެއްގައި ކޮމަންޑުއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާ، އެރަށުގެ ރައްޔިތުން އެދޭގޮތަށް ކޮމަންޑޫ ކައިރީ އޮންނަ ކުޑަފަރުގައި އެއަރޕޯޓެއް ތަ...
މުޙައްމަދު އަފްރާޙް
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ކެންސަލްކުރަން ޖެހިއްޖެ އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް, އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ އިތުރުން ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. ކްރިމިނަލް ކޯޓުގައި ހިންގަމުން އަންނަ އެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުލަތުން […]
ހުސައިން ހަބީބް
ހދ. މަކުނުދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދީ، އެ ރަށްޔިތުންގެ އެކަނިވެރިކަން ފިލުވާލަދެއްވާނީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ މަކުނުދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވުމަށްފަހު ދެއްކި ވާހަކާގައެވެ. ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު މިހާތަނަށް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަ...
ޔުމްނާ ޢަލީ
ށ. ކޮމަންޑޫ ރައްޔިތުން އެދިފައިވާ ގޮތަށް އެރަށް ކައިރީ އޮންނަ ކުޑަފަރުގައި އެއާޕޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭން ފެއްޓެވުމަށް މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުގައި އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން ކޮމަންޑޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން...
ޔުމްނާ ޢަލީ