ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް ފަރާތް ކުރިޔަސް, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އަދި އެ މައްސަލާގައި ރައްޔިތުންގެ […]
ހުސައިން ހަބީބް
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ރާވާ ހިންގާ އިމްތިޙާނުތަކާއި ގުޅިގެން ފޮނުވަންޖެހޭ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ ފަހުމުނާމާއެއްގައި ދެ ފަރާތުން ވަނީ ސޮއި ކޮށްފައެވެ. ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓްތައް ފޮނުވަން ފެށުމާއެކު، ޕަބްލިކް އެގްޒާމިނޭޝަން އަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން...
އަޙްމަދު ވަހީދު
މާލެއިން ފުރައިގެން ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ފުރައިގެން އދ. މަހިބަދޫ އަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން މަހިބަދޫގައި ތިއްބަވާ ޕޮލިހުން އެ ދޯނި އޮތް ސަރަހައްދަށް ދިޔަ ކަމަށެވެ. އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އޭގައި ތިބި 8 މީހުން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ‘’ރިކާޑޯ’’ ނަމަކަށް މި ދޯނި އަޑިއަށް […]
ޔުމްނާ ޢަލީ
ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ރ. އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި “ކްރިސްޓަލް ސްޕީޑް” ކިޔާ ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ”ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން އަނިޔާ ލިބުނު 6 މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަނީ” އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ހިނގި ފެރީ ލޯންޗަކީ 39 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. މިހާދިސާ ހިނގިއި...
ޔުމްނާ ޢަލީ
ހދ. ކުމުންދޫއަށް ހިލަ ހިފައިގެން ދިޔަ ބާޖެއް އެ ރަށު ނެރުމައްޗަށް އުރިއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ)ގެ އެ ބާޖު ކުމުންދޫ ބަނދަރު ކަނޑިންމަ މައްޗައް އުރުނީ އިއްޔެ ހަވީރު އެވެ. ކުމުންދޫގައި އަލަށް ހަދާ ނެރަށް ބޭނުންވާ ހިލަ ހިފައިގެން ދިޔަ އެބާޖު އުރިފައިވަނީ، ނެރުގެ އެއްފަޅިއެއްގައެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މި ހާދިސާ ހިނގީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން […]
އަލީ އާދިލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެރިކަމެއްގައި ގެންގުޅޭނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހުރިހާ ސަރަހައްދަކުން ގޯތި ދެވޭނެ ފަދަ ސިޔާސަތެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ “ސަންގު ޓީވީ” އިން ގެނެސްދިން ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، މާލޭ މީހުންނަށް ބޯހިޔާވަހިކަން ދިނުމަކީ އަސާސީ ހައްގެއް […...
ޔުމްނާ ޢަލީ
ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާފައިވާ ކޭ ޕާކު ފްލެޓުތައް ވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދާ ޙަސަން މަމްދޫހް (މަންޑޭ) ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި އެވެ. މި މައްސަލާގައި ހިފައްޓާފައި އޮތް މަންޑޭގެ ޕާސްޕޯޓު 45 ދުވަހުގެ މުއްދަތަށް ދޫކޮށްލަން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިކަމަށް މައުލޫމާތު ލިބެއެވެ. މަންޑޭ ހައްޔަރުކުރަން...
ޔުމްނާ ޢަލީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ހޯމް މިނިސްޓްރީން މިކަމަށް ހުޅުވައިލީ، އެ ކައުންސިލުގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝާފިއުގެ މެމްބަރުކަމުގެ ދައުރު މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހަށް ހަމާވާތީއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ މީޑިއާގެ މެމްބަރެއްގެ މަގާމު 10 ސެޕްޓެމ...
މުޙައްމަދު އަފްރާޙް
ހުޅުމާލެ ބްރިޖު ހައިވޭ އިން ވިއްސައިގެން ދިޔައީ ހަރުނުކުރާ ޕެނަލްތަކެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާ އިން މިހެން ވިދާޅުވީ ސިނަމާލެ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާޕެނަލްތައް ވަޔާ ދާ ކަމަށާއި މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވިދާޅުވެ، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓްވީޓު ކުރެއްވުމާއި ގުޅިގެންނެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ބްރިޖް ހައިވޭގައި […]
މުޙައްމަދު އަފްރާޙް
ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީގެ ދަފްތަރުގައި އެންމެ ގިނަ މީހުން ތިބީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން ހާމަކުރި ތަފާސް ހޮސާބަށް ބަލާއިރު، އެމްޑީޕީގައި 58،035 މެންބަރުން އެބަތިއްބެވެ. ދެވަނަ އަށް މެންބަރުން އެންމެގިނަ ޕާޓީގެ ގޮތުގައި ޕޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އޮތީ 38،831 މެންބަރުންނާއެކުގައެވެ. އަދި ތިންވަނަ އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ 22،705 މެންބަރުންނާއެކުގައެވެ. […]
މުޙައްމަދު އަފްރާޙް
ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތަށް އެދުމުގައި އެ އިދާރާގެ އަމާޒަކީ އަބަދުވެސް އާއްމުންނަށް ލުއިފަސޭހަކަމާއެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އެގޮތުން، މައިގަނޑު ހަތަރު ބަދަލެއް ގެނެސް، ޕާސްޕޯޓުގެ ހިދުމަތް ދިނުން ރޭގަނޑު 9:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މ...
އަޙްމަދު ވަހީދު
ބޮޑު ޢީދު ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފި އެވެ. ބޮޑު ޢީދު ވިލޭރޭ ފަތިސް ނަމާދަށްފަހު، މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ، ހަފީޒަށް ފަރުވާދެމުން އައީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ. އޭނާގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭ...
ޔުމްނާ ޢަލީ
“ބިންވެރިޔާ” ސްކީމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން މިހައިތަނަށް 600 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އެކުލަވާލައްވާފައިވާ ކޮމިޓީ އިން ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި މައުލޫމާތު ހިއްސާކުރައްވަމުން އެ ކޮމެޓީގެ ފަރާތުން ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ މިހައިތަނަށް ހުށައަޅާފައިވާ ޝަކުވާތަކުގައި ވަގުތީ ލިސްޓަށް ބަދަލު އަންނަށް ފަދަ...
މުޙައްމަދު އަފްރާޙް
”ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިތުބާރު ހުރި މަސްދަރަކުން ‘ތިލަދުން’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގެ މަޝްވަރާތައް މިހާރުއަންނަނީ ކުރަމުންނެވެ. އަދި މިވަގުތާއި ހަމައަށް އޮތީ މާދަމާރޭގެ ޖަލްސާގައި ނަޝީދު، ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެ ޕާޓީން އެކަން ރަސްމީކޮށް އަދިހާމަނުކުރާއިރު، އެ ޕާ...
މުޙައްމަދު އަފްރާޙް
ރާއްޖެއަށް އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ތަހުގީގުގައި ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރުކުރި މައްސަލާގައި ދެ މީހަކު ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. 2020 ވަނަ އަހަރުގެ މާޗް މަހު މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރި 61 ކިލޯ ޑްރަގް މައްސަލާގެ ތަހުގީގުގައި ފޯނު ހުޅުވަން ދެކޮޅު ހެދީ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރި މ. ބޮއިލިންފިޝް އަހުމަދު ވިސާމާއި މ. ވިރާހް މުހައްމަދު ޝާމިންގެ […]
ހުސައިން ހަބީބް