ސެޕްޓެެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ. ޔާމީންގެ އިންތިހާބީ އެޖެންޓެއް މިއަދު އިއުލާން ކޮށްފައިވީ ނަމަވެސް، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވޭނެކަމާއިމެދު ވަނީ ޝައްކު އުފ...
މުޙައްމަދު އަފްރާޙް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށްޓަކައި ބޭއްވި ޖަލްސާގައި އެ ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން ވަނީ ފުވާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވައިލުމުން މިހައިތަނަށް 2000 އަށްވުރެ ގިނަ މީހުން (ފޯމު) ރީރެޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް ހުޅުވައިލުމުން ފުރަތަމަ ހަތް ދުވަހު 3،400 އަށްވުރެ ގިނަ ފަރާތުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށެވެ. ރީ-ރަޖިސްޓްރީވުމަށް ފުރުސަތު މި ޖުލައި މަހުގެ 16 [...
މުޙައްމަދު އަފްރާޙް
ށ. ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑާއެވެ. 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 135,877,224.39ރ (ސަތޭކަ ތިރީސްފަސް މިލިއަން އަށްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި) އަށެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކު...
މުޙައްމަދު އަފްރާޙް
މިއހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ޖުލައި މަހުގެ 26 ވާ ބުދަ ދުވަހުގެ ހެނދުނު ބޭއްވުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ޖަލްސާ އޮންނާނީ އެދުވަހުގެ ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައި ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ސާލިހު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ […]
މުޙައްމަދު އަފްރާޙް
ޤައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، ކޮންމެ ޙާލަތެއްގައި ވެސް ޤައުމުގެ އަގު ހިފެހެއްޓުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ، މިއަދު ކުރިއަށްދިޔަ ޑް ސްކައު25 ވަނަ ވޯލްޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ، ގައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނު...
ޔުމްނާ ޢަލީ
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. މި މައްސަލައާއި ގުޅިގެން ޖޭއެސްސީން މިއަދު ފުރަތަމަ ނެރުނު ބަޔާނުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ. ހދ. އިސްމެޖިސްޓްރޭޓް ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް...
ޔުމްނާ ޢަލީ
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތޢި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި ޖުލައި މަހުގެ 25 ގައ ބޭއްވުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުން އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ. މި ބައްދަލުކުރެއްވުމަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތްއަރުވާފައިވާ ބޭފުޅުންނުންނަށް ގެންދަވަނީ ދައުވަތު އަރުވަމުންނ...
މުޙައްމަދު އަފްރާޙް
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަން އިއުލާންކޮށްފިއެވެ. މިކަން އިއުލާންކޮށްފައިވަނީ އެމެރެކާގެ ސެންފްރެންސިސްކޯ ގައި 17 ޖުލައި އިން 19 ޖުލައި އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ. މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށާއި ދިވެހި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވާލެ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނާއި ބައްދަލުކުރުމަށް މާފުށީ ޖަލަށް ދިޔަ އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ޔާމީނާ ބައްދަލުކުރެވޭގޮތް ނުވުމުން، އެ ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޔާމީނާ ބައްދަލުކުރެވޭގޮތް ނުވީ ޔާމީންގެ ވަކީލުންގެ ޓީމުން ޔާމީނާއި ބައްދަލު ކުރުމަށް ދިޔައިރު، ގެންދިޔަ ފައިލް ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ. އެ ކޯލިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޔާމީންގެ ވަކީލުންގެ ޓީމާއި ބައްދަލު ކުރުމަށް ވަގުތު ދިނުމަ...
މުޙައްމަދު އަފްރާޙް
ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިތަކެތި އެތެރެކުރަން އުޅުނީި ކުރިއަރ މެދުވެރިކޮށް ކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައިވަނީ ޖުލައި 7 ވަނަ ދުވަހު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މި ތަކެތި ފެނުނީ ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބަލާ ފާސްކުރެވު...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި ލަސްވަމުންދާތީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން މިއަދު ނިންމީ ގާނޫނުގައި ބުނާފަދަ […]
ހުސައިން ހަބީބް
މާލޭގެ ގެއެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވައި، އަންހެނަކަށް އަނިޔާވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މ. ދިލީވިލާގައި ކަމަށެވެ. ގޭސް ފުޅިއެއް ގޮވައިގެން، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އެ އިދާރާ އަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯކޮށްގެން ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އެމްއެންޑީއެފް […]
މުޙައްމަދު އަފްރާޙް
ސެޕްޓެމްބަރު 9 ގައި ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކެމްޕެއިންގެ ތެރެއިން މާލޭގައި “ދޮރުން ދޮރަށް” ހަރަކާތް މިއަދު ފަށައިފިއެވެ. ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި އެކަމަށްޓަކައި ބޭއްވި ހަފުލާގައި ޖޭޕީއަށް ނިސްބަވެވަޑައިގަންނަވާ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ޖޭޕީގެ ރިޔާސީ...
މުޙައްމަދު އަފްރާޙް
އިލެކްޝަންސް ކޮމިޝަނުން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ އެ ބިއުރޯ ގާއިމުކޮށްފައިވަނީ އިންތިހާބާއި ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާއި ބެހޭ މަރުކަޒުންނާއި އެ ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީތަކުގައި ގާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ވެސަް ލިބެންހުންނާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން...
މުޙައްމަދު އަފްރާޙް