މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,875 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 541 ވަނަ ޞަފްޙާ

"ދަ ޑިމޮކްރެޓްސް" ގެ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިއަދު 4 ޖަހަންދެން

"ދަ ޑިމޮކްރެޓްސް" ގެ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިއަދު 4 ޖަހަންދެން

ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 4045 މީހުންނަށް ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން ބުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ސުންގަޑި މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން  ލިންކް މެދުވެރިކޮށް، ޝަކުވާ ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު […]

މުޙައްމަދު އަފްރާޙް
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފި

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ނިންމައި، އިއުލާނު ކުރުމާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެމުންނެވެ. އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު (ހީނާ) ވިދާޅުވީ އެ މަސައްކަތް ދަނީ [...

މުޙައްމަދު އަފްރާޙް
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ

ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެއެވެ. އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ. އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑުވޭ ޕާޓީ (އެމްޓީޑީ) އިން ބުނެފައިވަނީ އަދީބު އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ […]

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

މި އަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައި، އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކޮށްފިއެވެ. އީސީ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން ހުޅުވައިލުމަށް ވަނީ ނިންމާފައެވެ. އަދި އެ ފުރުސަތު އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު […]

މުޙައްމަދު އަފްރާޙް
ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ ސިޔާމް ދޮގުކުރައްވައިފި

ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ ސިޔާމް ދޮގުކުރައްވައިފި

ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓި ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނެވުމަށްފަހު، ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ސިޔާމް ވިދާޅުވީ އެގައުމުގައި އުޅުއްވިއިރު، ޕާސްޕޯޓު ހިފެހެއްޓިކަމެއް ނުވަތަ އެ ގައުމުން އޭނާ ފުރުން ހުއްޓުވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ޚަބަރު ލިބުނީ ރާއްޖ...

މުޙައްމަދު އަފްރާޙް

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް ވިއްސާރަ ކުރާނެ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނދު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް […]

މުޙައްމަދު އަފްރާޙް
ސްޕާއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ސްޕާއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ހަށި ވިއްކަމުން ދިޔަ ސްޕާއަކުން ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ “އަލޯރާ ސްޕާ އެންޑް ސެލޫން” ހަށި ވިއްކަމުންދިޔަ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގީ ޖުލައި 20 ވަނަ ދުވަހުގެ ރޭ ކަމަށާއި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ...

މުޙައްމަދު އަފްރާޙް
ފައިސަލްގެ ބަޔޮގްރަފީ ނެރެފި

ފައިސަލްގެ ބަޔޮގްރަފީ ނެރެފި

ނައިބު ރައީސް ފައިސަލް ނަސީމްގެ ބަޔޮގްރަފީ ރޭ ނެރެފި އެވެ. މިފޮތް ނެރެފައި ވަނީ ފައިސަލް އަށް 50 އަހަރުފުރުން ފާހަގަ ކުރުމަށް ރޭ މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ހާއްސަ ހަފްލާގައެވެ. މި ފޮތް ނެރެދެއްވީ ހަފްލާގެ ޝަރަފްވެރި މެޚްމާން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޒާހިރު ޙުސައިނެވެ. ފައިސަލްގެ ހަޔާތުގެ މައްޗަށް މި ބްޔޮގްރަފީ ލިޔުއްވީ، މަޝްހޫރު ނޫސްވެރިޔާ، ސަން އޮންލައިންގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރު އަޙްމަދު ސާއިލު ޢަލީއެވެ. 317 ސޮފްހާގެ މި […]

ޔުމްނާ ޢަލީ
ޕީޕީއެމުން މިއަދު ކުރިއަށް ގެންދަން އުޅުނު ހިނގާލުން ކެންސަލް

ޕީޕީއެމުން މިއަދު ކުރިއަށް ގެންދަން އުޅުނު ހިނގާލުން ކެންސަލް

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވުމަށް ނިންމާފައިވާ “ދިވެހީންގެ ސުލްހަވެރި ހިނގާލުން” ކެންސަލްކޮށްފިއެވެ. އެ ކޯލިޝަނުން ބުނީ މި ހިނގާލުން ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި މޫސުން ކުރިއަށް ލަފާކުރާގޮތުން ވެސް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުން އެކަށީގެންވާތީ ކަމަށެވެ. މި ހިނގާލުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4 ޖަހާއިރު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.  ޕީޕީއެމުން އަންނަނީ މި ފަދަ ހިނގާލުމާއި އިހުތިޖާޖުތައް މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބ...

މުޙައްމަދު އަފްރާޙް
ޖޭޕީގެ ވެރިކަމެއްގައި އެއްވެސް ޒުވާނަކަށް ވަޒީފާ ނުލިބިފައި ހުންނާކަށް ނުޖެހޭނެ: ޤާސިމް

ޖޭޕީގެ ވެރިކަމެއްގައި އެއްވެސް ޒުވާނަކަށް ވަޒީފާ ނުލިބިފައި ހުންނާކަށް ނުޖެހޭނެ: ޤާސިމް

އަންނަ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކާމިޔާބު ކުރެވިއްޖެނަމަ އެއްވެސް ޒުވާނަކަށް ވަޒީފާ ނުލިބި ހުންނަން ނުޖެހޭނެ  ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، ޖޭޕީގެ އުތުރު ކެމްޕޭންގެ ފަރާތުން ރޭ މާލޭގައި ބޭއްވި ޒުވާނުންގެ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. ’’18-35’’ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންނާ މުޚާތަބު ކުރައްވަމުން ޤާސިމް ވިދާޅުވީ، ޖޭޕީ އަށް ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެއްވިއްޖެނަމަ، އުފުދޭ ޖޭޕީގެ […...

ޔުމްނާ ޢަލީ
"ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

"ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

ރާއްޖޭގައި އެންމެފަހުން ވުޖޫދު ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ ބޭއްވުމަށް ނިންމާމާފައިވަނީ މި ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހުއެވެ. އެ ޕްރައިމަރީގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. ދަ […]

މުޙައްމަދު އަފްރާޙް
މިއަހަރުގެ ޖީއެމް ފޯރަމް އޮކްޓޯބަރު މަހު ބާއްވަނީ

މިއަހަރުގެ ޖީއެމް ފޯރަމް އޮކްޓޯބަރު މަހު ބާއްވަނީ

މިއަހަރުގެ ޖެނެރަލް މެނޭޖާސް ފޯރަމް (ޖީއެމް ފޯރަމް) އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ. މި ފޯރަމް އިންތިޒާމު ކުރާ ހޮޓެލިއަރ މޯލްޑިވްސް އިން ބުނީ މި ފޯރަމް ބޭއްވުމަށް ނިންމާފައިވަނީ 19 އޮކްޓޯބަރުގައި ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ކަމަށެވެ. މިއަހަރުގެ ފޯރަމްގެ ޝިއާރެއްގެ ގޮތުގައި “އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޯރ ސަސްޓެއިނެބިލިޓީ” ހަމަޖައްސާފައިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ މަޝްވަރާތައް ކުރާނެކަމަށް އިންތިޒާމުކުރާ ފަރާތ...

މުޙައްމަދު އަފްރާޙް
ސަން ކުންފުނީގެ އެކައުންޓުން ޔާމީނަށް ޑޮލަރު ޖަމާކޮށްދިން: ހެއްކެއް

ސަން ކުންފުނީގެ އެކައުންޓުން ޔާމީނަށް ޑޮލަރު ޖަމާކޮށްދިން: ހެއްކެއް

ސަން ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑޮލަރު ޖަމާކޮށްދިން ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކުރާއިރު ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.  އެ ދައުވާ ކުރަނީ ބޭރުގެ ކުންފުންޏަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ […]

ހުސައިން ހަބީބް
ސިންގަޕޫރުގައި ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައިފިކަމުގެ އަޑުތަކެއް

ސިންގަޕޫރުގައި ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައިފިކަމުގެ އަޑުތަކެއް

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓާފައިވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ އޭނާގެ ސަން ޓްރެވަލްސް ކުންފުންޏާ ހިލްޓަންނާ ދެމެދު ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގާ މައްސަލައާއި ގުޅިގެންނެވެ. އެ ގައުމުން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓިކަމަށް އަޑުތައް ފެތުރިފައިވާތީ އެކަމާއި ގުޅިގެން އެމްޑީއޭގެ ބަހެއް ހޯދުމަށް އެމްޑީއ...

ޔުމްނާ ޢަލީ
ޤާސިމްގެ ތަޖުރިބާ އަކީ އެންމެ ބޮޑު ޔަގީންކަން، ހާސްކަން ފިލުވާލަދޭނެ: އަމީން

ޤާސިމްގެ ތަޖުރިބާ އަކީ އެންމެ ބޮޑު ޔަގީންކަން، ހާސްކަން ފިލުވާލަދޭނެ: އަމީން

ދިވެހިންނަށް ހާސްކަމެއް ނެތް ދިރިއުޅުމެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާހީމްގެ ތަޖުރިބާއިން ކަށަވަރުކޮށްދޭކަމަށް އެމަނިކުފާނުގެ ތަރުޖަމާނު، ކުރީގެ ވަޒީރު ޢަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ، ރޭ ވީޓީވީން “ޤާސިމް ކީއްވެ؟” މައުލޫއަށް ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ. މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފް މޮޑަރޭޓް ކުރެއްވި މި ޕެނަލް ޑިސްކަޝަންގައި އަމީން މިހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނި...

ޔުމްނާ ޢަލީ