ޕްރޮގްސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް ގޮތުގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެ ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީ އަށް މިއަދު ސޮއި ކުރައްވައިފިއެވެ. ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. އެ ނިންމުމާއެކު މުޢިއްޒު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. މުޢިއްޒު ޕީއެންސީއަށް ސޮއިކުރި ފޯމާއި ހަވާލުވެފައި […]
ޔުމްނާ ޢަލީ
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީން މިއަދު ނިންމައިފި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 47 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އެ ނިންމުމަށް ތާއީދުކޮށްފައެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައި...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިންމޭޓެއް ނެގުމުގެ އިހްތިޔާރު އެ ޕާޓީގެ ކައުންސިލުން މިއަދު ޤާސިމަށް ދީފިއެވެ. މި އިޚްތިޔާރު ޖޭޕީގެ ކައުންސިލުން ޤާސިމަށް ދީފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނިންމުނުކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާނު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޢަލީ ޞާލިޙް ”ތިލަދުން” އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރުމަށް އިއްތިހާ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު 17:31 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށް...
ޔުމްނާ ޢަލީ
ކޭ ޕާކް ފްލެޓްތަކުގެ މައްސަލާަގައި މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ތަރަައްގީ ކުރަމުންދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ އެ ކުންފުންޏަށް ނޭނގި އޭނާ ގިނަ އަދަދެއްގެ ފްލެޓް ވިއްކި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މައި ހިއްސާދާރު ފުލުހުންނަށް […]
ހުސައިން ހަބީބް
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު އިއްޔެ ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިކަން ޔާމީންގެ ޤާނޫނީ...
ޔުމްނާ ޢަލީ
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ބޭރުގެ ހަތަރު ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓަރީ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކުރައްވައިފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައި ވަނީ ބޭރުގެ ހަތަރު ޤައުމެއްގައި ކަމަށެވެ. އެ ޤައުމުތަކަކީ. އިންޑިއާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތް އަދި ސްރީލަންކާ އެވެ. އެ ޤައުމުތަކުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓާވެފައިވާ ކަމަށް އޭނާ ވިދާޅ...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްދު މުޢިއްޒު އަށް މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ ކާކުކަން ނޭނގޭ މީހަކު ރާއްޖޭނެ ބޭރުގެ ނަންބަރަކުން ކުރި މެސެޖެއްގައެވެ. މި މެސެޖު ކޮށްފައި ވަނީ މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާގެ ފޯނަށް ކަމަށް މައުލޫމާތު ލިބެއެވެ. މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައި މިވަ...
ޔުމްނާ ޢަލީ
މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 7 ފަރާތަކަށް ދީފިއެވެ. މަތީ ތައުލިމާއި ބެހޭ ވުޒާރާއިން މިހާރުވަނީ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓަވާގޮތަށް ޑޮކްޓަރުން ސްޕެޝަލައިލްވުމަށް ހުޅުވާލެއްވި ސްކޮލާޝިޕް ލިބިވަޑައިގަންނަވާ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް ނެރުއްވާފައެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހު އެ ވުޒާރާ އިން ހުޅުވާލެއްވި ފުރުސަތެކެވެ. މި ސްކޮލާޝިޕް ލިބުނު ޑޮކްޓަރުންގެ ދާއިމީ ލިސްޓު އިއުލާންކުރައްވާނީ މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅު...
މުޙައްމަދު އަފްރާޙް
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު ނިންމި ނިންމުން ސައްހަ ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމި ސަބަބަކީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު […]
ޔުމްނާ ޢަލީ
މިއަހަރުގެ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް ނިންމީ އެމަނިކުފާނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިފައެވެ. ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު ހެނދުނު ހަވާލު ކުރެއްވީ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތ...
މުޙައްމަދު އަފްރާޙް
އިދިކޮޅު ޕްރޮގްރސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. މިއަދު ހެނދުނު އެ ފޯމު އީސީގެ ރައީސް ފުވާދު ތައުފީގަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓް މުހައްމަދު ތޮލާލެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމު ބަލައިގަނެފައިވާ ކަމަށާއި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައިތައް ފޯމުގައި ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ހަބީބު ވިދާޅުވީ […]
މުޙައްމަދު އަފްރާޙް
މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި މުޖްތަމައު ދެކޭގޮތް ބަދަލުވާތަން ފެންނަމުންދާ ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ނަސީމް ވިދާޅުވީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މިކަން ކުރިއަށް ގެންދެވިއްޖެނަމަ، އަތޮޅުތެރެ ބާކީ ނުވެ، މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެން ފަރުވާއަށް ފުރުސަތު ލިބިގެންދާނެ ކ...
މުޙައްމަދު އަފްރާޙް
ސަރުކާރުގައި އުޅުއްވިއިރު، ނަހަމަގޮތުގައި އެއްވެސް މީހަކަށް މަންފާއެއް ހޯދައިދީފައި ނުވާނެ ކަމަށާއި، ދައުލަތުގެ ‘’ކަރުދާސް އަރިއެއްހާ’’ މިންވަރުގައި ވެސް ޖެހިފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ޤާސިމްގެ ތަސައްވަރު 2023” ގެ ނަމުގައި މީޑިއާތަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމާއި އެމްއެމްއޭގެ ގަވަރުނަރު...
މުޙައްމަދު އަފްރާޙް
ށ. ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް އެއަތޮގައި އޮންނަ ފަރުކޮޅުފުށި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީއަށް ކުރެއްވެވި ކެމްޕެއިން ދަތުރުފުޅަށް ފަހު، ށ. އަތޮޅަށް ވަޑައިގެން ފުނަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުނަދޫގެ މަގުތައް ހަދައިދެއް...
މުޙައްމަދު އަފްރާޙް