މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 511 ވަނަ ޞަފްޙާ

ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުގެ ލީޑަރަކަށް އަލީ އާޒިމް!

ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުގެ ލީޑަރަކަށް އަލީ އާޒިމް!

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ ގްރޫޕު) ގެ ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް އައްޔަން ކުރައްވައިފިއެވެ. އޭނާ މި މަގާމަށް އައްޔަން ކުރެެއްވީ މިއަދު ހެނދުނު 10 ން 11 އަށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ވޯޓުލުމުގައެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ މި ޕާޓީގެ، ޕީޖީ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލީ މި ސެޕްޓެމްބަރު މަހުގެ […]

މުޙައްމަދު އަފްރާޙް
ގާނޫނީ ވެރިކަން ދަމަހައްޓާނެކަމަށް ވިދާޅުވެ، މުހުތާޒްގެ ތާއީދު މުއިއްޒަށް

ގާނޫނީ ވެރިކަން ދަމަހައްޓާނެކަމަށް ވިދާޅުވެ، މުހުތާޒްގެ ތާއީދު މުއިއްޒަށް

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ތާއީދު އޮތީ ޕިއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަކުރައްވައިފިއެވެ. އޭނާ ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުއަށާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަށް ތާއީދުކުރަން ނިންމެވީ ގާނޫނީ ވެރިކަން ނަގަހައްޓާނެތީ ކަމަށެވެ އަދި ޒުވާނުންނާއި ދިވެހި ރައްޔިތުންނަށް ފަހި ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެތީ ކަމަށެވެ. މީގެ އިތުރުން އިގްތިސާދީ، އިޖްތިމާއީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށ...

މުޙައްމަދު އަފްރާޙް
އެންމެން އެކަތިގަނޑަކަށްވެ މި ރާއްޖެ ސަލާމަތްކުރަންޖެހޭ: ނާޒިމް

އެންމެން އެކަތިގަނޑަކަށްވެ މި ރާއްޖެ ސަލާމަތްކުރަންޖެހޭ: ނާޒިމް

އެންމެން އެކަތިގަނޑަކަށްވެ މި ރާއްޖެ ސަލާމަތްކުރަންޖެހޭ ކަމަށާއި މިއަދު ރާއްޖޭގައި ކަންކަން ހިނގަމުން މިދަނީ ދިވެހިންގެ ބަސް ހިނގާ ގޮތަށް ނޫން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ކުރީގެ ދިފާއީ ވަޒީރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއެކު ކޯލިޝަން ހެދުމަށްފަހު، މުއިއްޒުގެ ކެމްޕެއިންގައި އއ. ފެރިދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. […]

މުޙައްމަދު އަފްރާޙް
އައިމް ޕޮސިބްލް ޓީޗާސް ޓްރެއިނިން ޕްރޮގްރާމެއް މާފުށީގައި ފަށައިފި

އައިމް ޕޮސިބްލް ޓީޗާސް ޓްރެއިނިން ޕްރޮގްރާމެއް މާފުށީގައި ފަށައިފި

އައިމް ޕޮސިބްލް ޓީޗާސް ޓްރެއިނިން ޕްރޮގްރާމެއް މާލެއަތޮޅު މާފުށީގައި ފަށައިފިއެވެ. މިއީ ޔޫތް މިނިސްޓްރީގެ އެހީތެރިކަމާއިއެކު އެޑިޔުކޭޝަން މިނިސްޓްރީ އާއި ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާ ގުޅިގެން ހިންގާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. މިޕްރޮގްރާމަކީ ސްކޫލް އާބާދީގައި ކިޔަވަމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ކުޅިވަރުތަކުގައި ޝާމިލްކޮށް އެއްވެސް ކުއްޖަކު ބާކީނުކޮށް ޝާމިލް ކުޅިވަރު ދަސްކޮށްދިނުމަށް ސްކޫލްތަކުގެ ޓީޗަރުން ތަމްރީނުކުުރުމަށް ހި...

މުޙައްމަދު އަފްރާޙް
މުޢިއްޒު ދެއްވީ ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން

މުޢިއްޒު ދެއްވީ ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން

ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ، އއ. ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް މާލެއިން ބޭރަށް ފުރަތަމަ ވަޑައިގެންނެވި ރަށަކަށް ބޮޑުފޮޅަދޫ ވާއިރު، އެ ރަށުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެރަށުގައި ޕީޕީއެމް ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު، ވާހަކަ ދައްކަ...

މުޙައްމަދު އަފްރާޙް
ރައްޔިތުންގެ އެއްޗެއް ނުގެއްލޭނެ، އުންމީދުތައް ހަގީގަތަކަށް ހަދައިދޭނަން: މުއިއްޒު

ރައްޔިތުންގެ އެއްޗެއް ނުގެއްލޭނެ، އުންމީދުތައް ހަގީގަތަކަށް ހަދައިދޭނަން: މުއިއްޒު

ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް ނުގެއްލޭނެ ކަމަށާއި، އޭގެ ބަދަލިގައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ދޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ. ޕީޕީއެމުން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރު ބަދަލުވިޔަސް ރައްޔިތަކަށް ލިބިފައިވާ އެއްޗެއް، އަދި ލިބެން އޮތް އެއްޗެއް ވެސް ނުގެއްލޭނެކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ހަދައިދޭނެކަމަށެވެ. މާލޭގައި ދޮރުނ...

އިސްމާއިލް މޫސާ
ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް ފުރަތަމަ ފަހަރަށް އިފްތިތާޙް ކޮށްފި

ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް ފުރަތަމަ ފަހަރަށް އިފްތިތާޙް ކޮށްފި

ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް ފުރަތަމަ ފަހަރަށް އިފްތިތާޙް ކޮށްފިއެވެ. މި ރަސްމިއްޔާތު އިފްތިތާހުކޮށްފައިވަނީ ވެސްޓިން ހޮޓެލް އެންޑް ރިސޯރޓްސް ގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ. ވޯޓަރ އެޖް (ހުޅުމާލެ) ގެ ކޮންފަރެންސް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމެރިކާގެ ޕެރަ އެތުލީޓެއްކަމުގައިވާ މރ. ގްރެގަރީ ބާންސް އެވެ. ގްރެގަރީ ބާންސްވަނީ ޕެރަލިމްޕިކް ގައި ވާދަކޮށް 2 ގޯލްޑާއި 2 ބްރޯންޒް މެޑަލް ހޯދާފައެވެ....

މުޙައްމަދު އަފްރާޙް
ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުންތަކަށް ހައްލެއް

ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުންތަކަށް ހައްލެއް

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސަވާފައިވަނީ ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ބޮޑުކުރި މުސާރައާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އެގޮތުން މީގެކުރިން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބުނު ނަމަވެސް އެކަމަށް ބަދަލު ގެނެސް، އެ އެލަވަންސް ލިބޭގޮތަށް...

މުޙައްމަދު އަފްރާޙް
ސްޓޭޓް މިނިސްޓަރު އަނަސްގެ ކޮއްކޮ ނިހާދު ޕީޕީއެމަށް ސޮއިކޮށްފި

ސްޓޭޓް މިނިސްޓަރު އަނަސްގެ ކޮއްކޮ ނިހާދު ޕީޕީއެމަށް ސޮއިކޮށްފި

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުލްސައްތާރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ނިހާދު އަބްދުލް ސައްތާރު ޕީޕީއެމަށް ސޮއިކޮށްފިއެވެ. ނިހާދު ޕީޕީއެމަށް ސޮއިކުރި ފޯމް ހަވާލުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށެވެ. ނިހާދު ޕީޕީއެމާ ގުޅި، އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި އިރު، އަނަސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައެވެ. އެމްޑީޕީގެ ކުރީގެ ސެކްރެޓަ...

މުޙައްމަދު
ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ އިންޑޮނޭޝިއާ އިން ރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއް ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ ގައުމުން ރާއްޖެ އަށް ދަތުރުކުރަމުން އައި ޓަގު ބޯޓު (މުތާ ކޮރަލް) ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެކަން ޓަގުބޯޓުގެ ފަރާތުން ރިޕޯޓްކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވ...

މުޙައްމަދު އަފްރާޙް
މުއިއްޒުގެ ވެރިކަމެއްގައި ޔާމީނަށް ތާއީދުކުރާ އެންމެން ބާކީވާނެ: ބޮންޑެ

މުއިއްޒުގެ ވެރިކަމެއްގައި ޔާމީނަށް ތާއީދުކުރާ އެންމެން ބާކީވާނެ: ބޮންޑެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އެންމެން ބާކީވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބޮންޑެ ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަގުގައި ވެރިކަން ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި ޑިމޮކްރެޓްސް އިން ބޭނުން ވަނީ ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ނ...

މުޙައްމަދު
ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިޔަ ހަރަދު ދޭނަން: މުއިއްޒު

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިޔަ ހަރަދު ދޭނަން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނިންމަން ރައްޔިތުން ކުރި ހަރަދު އޭނާގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އެ އަވަށުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނުނިންމާ މި ސަރުކާރުން ހަވާލު ކުރުމުން އާއްމުން ދަރަނިވެރިވެ، ވަރަށް ބޮޑު ތަކުލީފެއް ޖެހުނު ކަމަށާއި އޭނާގެ ވެރި...

މުޙައްމަދު
ބޭބެ މަރާލި މީހާ 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބޭބެ މަރާލި މީހާ 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އައްޑޫގައި ބޭބެއަށް ވަޅިން ހަމަލާދީ މަރާލި ހުސައިން މަވާޒުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ. މިދިޔަ ޖޫން މަހު އެއްބަނޑު އެއްބަފާ ބޭބެއަށް ޝުއައިބުއަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރުމުން މަވާޒު ކުރިން ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެ ތައުބާވާން ބޭނުންވާ ކަމަށް ބުނެފަ އެވެ.  މަވާޒާއި ދައުލަތާ ދެމެދު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަންނާނެ ކަަމަށް ކަނޑައަޅާފައިވަނީ […]

ހުސައިން ހަބީބް
ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން ފަސްކޮށްފި

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން ފަސްކޮށްފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މަޝްވަރާ ކުރަން މިއަދަށް ތާވަލް ކުރި ކައުންސިލް ބައްދަލުވުން ފަސްކޮށްފިއެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި ކައުންސިލް ބައްދަލުވުން ފަސް ކުރީ ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް އަދިވެސް ނިމިފައި ނުވާތީއެވެ. ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގާސިމްގެ އަރިހަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި […...

މުޙައްމަދު
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ވިލާ ޕާކަށް ވަޑައިގަންނަވަނީ

ގާސިމްއާ ބައްދަލުކުރައްވަން ރައީސް ވިލާ ޕާކަށް ވަޑައިގަންނަވަނީ

މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލާ ޕާކު (ސަން އައިލެންޑް) ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ […]

މުޙައްމަދު