މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 509 ވަނަ ޞަފްޙާ

ޖޭޕީގެ އެސްޖީ އަކަށް އަޒްލީން ހަމަޖައްސައިފި

ޖޭޕީގެ އެސްޖީ އަކަށް އަޒްލީން ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ)ގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަޒްލީން އަހްމަދު މިއަދު ހަމަޖައްސައިފިއެވެ. އަޒްލީން އެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓަރުގެ މަގާމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އަޒްލީން ޖޭޕީގެ އެސްޖީގެ މަގާމަށް އައްޔަނުކުރެއ...

ޔުމްނާ ޢަލީ
ރީ-ރަޖިސްޓްރޭޝަނަށް 25،000 ފޯމު ލިބިއްޖެކަމަށް ބުނުމުން ސުވާލު އުފައްދައިފި

ރީ-ރަޖިސްޓްރޭޝަނަށް 25،000 ފޯމު ލިބިއްޖެކަމަށް ބުނުމުން ސުވާލު އުފައްދައިފި

ރީ-ރަޖިސްޓްރޭޝަނަށް 25،000 ފޯމު ލިބިއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނުމުން އިދިކޮޅުން ސުވާލު އުފައްދައިފިއެވެ. މިކަމާއި ގުޅިގެން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 25،000 ދިވެހިން ރީ-ރެޖިސްޓްރީ ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ވަށްކަމެއް ކަމަށެވެ. މީގެ އިތުރުން އެ އަދަދަށް ރީ-ރެޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އީސީގެ...

މުޙައްމަދު އަފްރާޙް
އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ޕީޕީއެމް އިން އިލްތިމާސް ކޮށްފި

އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ޕީޕީއެމް އިން އިލްތިމާސް ކޮށްފި

އެމީހަކު ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅު ތަނަށްކަން ކަށަވަރުކުރުމަށާއި އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ޕްރޮގްރެސިވް ކޯލިޝަނުން އިލްތިމާސްކޮށްފިއެވެ. އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އާދަޔާއި ޚިލާފަށް ގިނަ ޢަދަދެއްގެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށްވެ. އެގޮތ...

މުޙައްމަދު އަފްރާޙް
ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު މިއަދު ހަމަވާނެ

ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު މިއަދު ހަމަވާނެ

މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ކުރިން ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ-ރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދާކޮށްދެއްވައިފިއެވެ. އެ ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވީ ހުކުރު ދުވަހުއެވެ. އަދި އެ ފުރުސަތު ބަންދުވާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ރީ-ރެޖިސްޓްރީ ކުރުމަށް ދެ ދުވަހުގެ މުއްދަތެއް […]

މުޙައްމަދު އަފްރާޙް
ރައީސް ވިދާޅުވަނީ ފައިނަލް މެޗުން މޮޅުވާނީ 5-3 ގެ ނަތީޖާއަކުން ކަމަށް!

ރައީސް ވިދާޅުވަނީ ފައިނަލް މެޗުން މޮޅުވާނީ 5-3 ގެ ނަތީޖާއަކުން ކަމަށް!

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ފައިނަލް މެޗެއްގެ ގޮތުގައި ސިފަ ކުރައްވައި ވެރިކަން ކުރާ އެމްޑީޕީން އެ މެޗު ކާމިޔާބު ކުރައްވާނީ 5-3 ގެ ނަތީޖާއަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލްގެ ފުރަތަމަ ހާފް ކަމަށެވެ. ފުރަތަމަ ހާފް ނިމުނު އިރު، […]

މުޙައްމަދު
ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނަން: މުއިއްޒު

ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނަން: މުއިއްޒު

ހުރިހާ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މިރޭ ހދ. ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ގައުމުގެ އެންމެ ފަހުރުވެރި ދެ މުއައްސަސާއަކީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ކަމަށެވެ. އެ ދެ މުއައްސަސާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާ ވާހަކަ ދެއްކީމަ، އެކަން ކުރާނެ ގޮތުގެ ސުވާލު އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ...

މުޙައްމަދު
އިދިކޮޅުގެ ވައުދުތަކަށް ރައީސް ފާޑު ވިދާޅުވެއްޖެ

އިދިކޮޅުގެ ވައުދުތަކަށް ރައީސް ފާޑު ވިދާޅުވެއްޖެ

އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ބަނގުރޫޓްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. ރާއްޖެ ބަނގުރޫޓުވެފައި އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެކަމަށް އިޝާތާރްކޮށް ރައީސް ފާޑު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި ކުޑަކުރަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެވެ. “އެއް ފަރާ...

އިސްމާއިލް މޫސާ
އިގްތިސާދީ ގޮންޖެހުންތަކަށް އެއްވެސް ކަންބޮޑުވުމެއް ނެތް: މުއިއްޒު

އިގްތިސާދީ ގޮންޖެހުންތަކަށް އެއްވެސް ކަންބޮޑުވުމެއް ނެތް: މުއިއްޒު

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު ހދ ކުރިނބީއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ހަމައަކަށް އަޅުވާނެ ކަމަށާއި އެކަމާ މެދު އެއްވެސް ކަން ބޮޑުވުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު އިލްމީ ބޭފުޅުން އުފ...

އިސްމާއިލް މޫސާ
ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް އިލްތިމާސެއް

ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް އިލްތިމާސެއް

ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި ސިފައިންގެ ލީޑާޝިޕްގެ އިތުބާރު ގެއްލުވާލުމަށާއި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ. އެކަމަނާ މިގޮތަށް އިލްތިމާސް ކުރެއްވީ ދިފާއީ ވުޒާރާ އިން ނެރުއްވި ބަޔާނެއް މެދުވެރިކުރައްވައެވެ. އެ ބަޔާނުގައި ވިދާޅުވީ ސިފައިންގެ ކުރިމަގުގެ ތަރައްގީ އަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ފަތުރަމުންދާކަން އެ ވުޒާރާ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ވު...

މުޙައްމަދު އަފްރާޙް
ހދ. އަތޮޅުގެ ރަށްރަށުން އެދޭ ކަމަކީ އިގްތިސާދީ ކުރިއެރުން: މުއިއްޒު

ހދ. އަތޮޅުގެ ރަށްރަށުން އެދޭ ކަމަކީ އިގްތިސާދީ ކުރިއެރުން: މުއިއްޒު

ހދ. އަތޮޅުގެ ރަށްރަށުން އެދޭ ކަމަކީ އިގްތިސާދީ ކުރިއެރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ނެއްލައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ނެއްލައިދޫ ރައްޔިތުންނެކޭ އެއްގޮތަށް މި އަތޮޅުގެ ރައްޔިތުން އެދޭ ކަމަކީ އިގްތިސާދީ ކުރިއެރުން ހޯދުން ކަމަށެވެ. މި އަތޮޅުގައި ރިސޯޓުތައް ތަރައްގީ ނުކުރެވި ހުރިކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ރިސޯޓު […]

މުޙައްމަދު
ލޯނުތައް ރީފައިނޭންސް ކޮށްދޭން ބައެއް ދިމާތަކުން ފެހި ސިގްނަލް ލިބިއްޖެ: މުއިއްޒު

ލޯނުތައް ރީފައިނޭންސް ކޮށްދޭން ބައެއް ދިމާތަކުން ފެހި ސިގްނަލް ލިބިއްޖެ: މުއިއްޒު

ދިވެހި ސަރުކާރުން އެކިއެކި ގައުމުތަކާއި ބޭންކްތަކުން ނަގާފައިވާ ލޯނުތައް ރީފައިނޭންސްކުރުމަށް ރަހުމަތްތެރި ބައެއް ދިމާތަކުން މިހާރު ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ކުރިނބި އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށެވެ. ރަށްރަށް ތަރައްގީ...

މުޙައްމަދު
ދެވަނަ ބުރުގައި ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފި

ދެވަނަ ބުރުގައި ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން  އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން މިއަދު ނިންމައިފިއެވެ. މިގޮތައް ނިންމީ މިހާރު ކުރިއަށްދާ އެ ޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. ތިން ގަޑިއިރާއި ބަޔަށް ދެމިގެން މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ދެވަނަ ބުރެއްގައި ޖޭޕީން ކުރިއަށްދާނެ ގޮތަކާމެދު ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާއަށްފަހު ފްލޯ ހުޅުވާލުމުން ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރ  އަބުދުﷲ ނަވާޒު ވަނީ ދެވަނަ ބުރުގައި އެއްވެސް ބަޔަކާއެކު ކޯލިޝ...

ޔުމްނާ ޢަލީ
ދިއްދޫ މީހަކު ހުޅުމާލެއިން ގެއްލިގެން ހޯދަނީ

ދިއްދޫ މީހަކު ހުޅުމާލެއިން ގެއްލިގެން ހޯދަނީ

ހއ. ދިއްދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ . ދިއްދޫ ގުލްފާމްގެ، އިސްމާއީލް މާހިރު ކަމަށާއި އޭނާމިހާރު ދިރިއުޅެނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ސްޓެލްކޯ ޓަވަރު ގައި ކަމަށެވެ. އުމުރުން 50 އަހަރުގެ މާހިރުގެ ޚަބަރެއް އާއިލާއަށް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެމްބަރ 16 ވަނަ ދުވަހު ދަންވަރު 1:08 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ހޯދުމުގެ […]

މުޙައްމަދު އަފްރާޙް
ކެމްޕެއިނަށް މުއިއްޒު ބޮޑު ތިލަދުންމައްޗަށް

ކެމްޕެއިނަށް މުއިއްޒު ބޮޑު ތިލަދުންމައްޗަށް

މި ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަލުރައްވާ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް ފުރާވަޑައިގެންފިއެވެ. މިއީ ހއ، ހދ އަދި ށ އަތޮޅަށް ކުރައްވާ ދަތުރެއް ކަމަށާއި މމި  ދަތުރުގައި އެ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި ދޮރުން ދޮރަށް ހިންގެވުމާއި ކަންމަތީ ބައްދަލުވުންތަކާއި ޖަލްސާތައް ވެސް […]

މުޙައްމަދު އަފްރާޙް
''އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކުރުމަކީ އެންމެ އިސް ވާޖިބު''

''އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކުރުމަކީ އެންމެ އިސް ވާޖިބު''

ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ އެންމެ މަތިވެރި ޒިކުރާއަކީ، ދިވެހި އުންމަތުގެ ޙައްޤުގައި އުތީމު ތ...

ޔުމްނާ ޢަލީ