ޖާބިރު، ސީޕްލޭންގެ ކްރޫންނަށް އަވަގުރާނަ ގޮވި މައްސަލަ ޕޮލިހަށް، އަޅާނެ ފިޔަވަޅެއް ބަލަނީ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ހުތުރުބަހުން މުއާމަލާތްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ. މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ދިމާލަށް ޖާބިރު އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖާބިރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާއާމެދު އެ ކުންފުނިން ފިޔަވަޅެއް އަޅާނީ ފުލުހުންގެ ތަހ...