ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް” ނަމުގައި ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ. “މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް”ގެ ނަމުގައި އުފެއްދި މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދައްވާފައި ވަނީ، ކުންފުނީގެ ޤާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ކ...
ޔުމްނާ ޢަލީ
ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި މަސައްކަތަށް ވަޑައިގެންނެވި ދިރޭތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އައިޝަތު ރަމީލާ އަށް ހެޔޮ ދުއާ ކޮށްދެވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފިއެވެ. ކެންސަރު ބައްޔަށް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯއްދެވުމަށް ރަމީލާ އިންޑިއާ އަށް ވަޑައިގެންނެވިތާ ދެ މަސް ދުވަސް ފަހުން އެކަމަނާ ވަނީ އަލުން ރާއްޖެ ވަޑައިގެން އޮފީހަށް ނުކުންނަވަން ފައްޓަވައިފައެވެ. ރަމީލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެނބުރި ގެއަށް ވަޑައިގެން އާއިލާގެ ބޭފުޅުނ...
މުޙައްމަދު
މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިއުން ހުއްޓާލި ކަމުގައި ވިޔަސް، ފަލަސްތީނުގެ ހާލަތު ގޯސްވާ ނަމަ، އަލުން ގުނޫތު އިއާދަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. ގުނޫތު...
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ރަމަޟާން މަހުގެ (ރޯދަ މަހުގެ) ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖެއްވިކަން މިއަދު ރަސްމީކޮށް ޢިއުލާންކޮށްފިއެވެ. ރައީސް މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައެވެ. ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް […]
ޔުމްނާ ޢަލީ
މިއަދު މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އަންގައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، 4 ފެބްރުއަރީ (މިއަދު)ގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. ހައްދުފަހަނާއަޅާފައިވާ އިސްރާއީލޭ ކިޔުނު ޖަމާއަތުގެ ލާއިންސާނީ ޢުދުވާން ހައްދުންނެއްޓި، ފަލަސްތީނުގ...
ޔުމްނާ ޢަލީ
ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވަގުތީ ރޭ ޢިއުލާންކޮށްފިއެވެ. މި ޕްރައިމަރީގައި ހަނިމާދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައި ވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރަކަށް ހުންނެވި އަބުދުލް ޣަފޫރު މޫސާ (ގަޕޯ)އެވެ. އިއްޔެގެ ޕްރައިމަރީގައި ގަޕޯއަށް އެ ދާއިރާގެ ވޯޓުލީ މީހުންގެ 75 ވޯޓު (363 ވޯޓު) ލިބުނުއިރު، އޭނާ އާއި ވާދަކުރި އަލީ ސިނާނަށް ލިބުނީ 24 އިންސައްތަ (117 ވޯޓު) އެވެ. ބާރަށު ދާއިރާގެ […]
ޔުމްނާ ޢަލީ
މިއަދު ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ހދ. ނޮޅިވަރަމް ދާއިރާގެ ޓިކެޓް އެ ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަލީ އަބުދުއްރަޙްމާނަށް ލިބިއްޖެއެވެ. މި ދާއިރާގެ ޓިކެޓަށް ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ ޢަލީ އާއެކު އިތުރު ދެ ކެންޑިޑޭޓަކު ވާދަކުރިއެވެ. ”ތިލަދުން” އަށް ލިބިފައިވާ ނުރަސްމީ ނަތީޖާއަށް ބަލާއިރު ޢަލީ އަށް ވަނީ ދާއިރާގެ ދެ ރަށުންނާއި ދާއިރާގެ މާލޭ ފޮށިން ޖުމްލަ 140 ވޯޓު […]
ޔުމްނާ ޢަލީ
ރާއްޖޭގެ ޝަރުއީ އެކިއެކި ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމުގެ ގޮތުން އޮޓޮމެޓިކުން ކޯޓުތަކަށް ސިޓީއެއް ފޮނުވޭނެ ގޮތަށް ހަދާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ. ޕީޖީ އޮފީހުން ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ޕީޖީ އޮފީހުން އިސް ނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. މި އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާޖީ ގޮތެއ...
މުޙައްމަދު
މާހޯރަ3 ދޯންޏަށް އިންޑިއާ ސިފައިން އަރާފައިވާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ބޮޑު ކަންނެލި ތިން އުޅަނދު ކަމަށްވާ އަސުރުމާ3 ދޯންޏާއި، ނިރު7 އަދި މާހޯރަ3 ދޯންޏަށް ވެސް އިންޑިއާ ސިފައިން ވަނީ އަރާފައެވެ. މި ތިން ދޯންޏަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަމަށް ދިވެހި ދިފާޢީ ވުޒާރާއިން […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ. ދެ ޕާޓީގެ ޕްރައިމަރީ ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 40 ދާއިރާއެއްގައި އޮންނަ އިރު، ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ފޮށިތައް 95 ރަށެއްގައި ވަނީ ބަހައްޓައިފައެވެ. ޕްރައިމަރީއަކާ ނުލައ...
މުޙައްމަދު
ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ “ހައި ލެވެލް ކޯ ގްރޫޕް” ގެ ދެވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ވަނީ ބާއްވައިފައެވެ. އެ ބައްދަވުމުގައި ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ވަފްދެއް އިންޑިއާ އަށް ވަނީ ގޮސްފައ...
މުޙައްމަދު
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ބޮޑު ކަންނެލި ތިން އުޅަނދަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ބޯޓިން ޓީމަކުން ކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ދިފާޢީ ވުޒާރާއިން ބުނީ ޖެނުއަރީ 31 ވަނަ ދުވަހު ރާއްޖޭގެ އަސުރުމާ3 ދޯންޏަށް އިންޑިއާގެ ކޯސްޓްގާޑުގެ ބޯޓިން ޓީމުން އަރާފައި ވަނީ ހއ. ދިއްދޫ އާއި 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އޮއްވާ ކަމަށެވެ. އެ ދޯންޏަށް ބޭރު އަސްކަރިއްޔާ […]
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ އައިސް ޕްލާންޓް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށާއި، އިތުރު ކަންތައްތަކަކާއިގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއިއެކު އިހަވަންދޫ ކައުންސިލުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ހިންގާފައި ވަނީ އިހަވަންދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި ހިއްސާކުރުމަށް މިހާރު ވެރިރަށް މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. މިގޮތުން އިހަވަންދޫ ކައުންސިލުން އިއްޔެ ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެ...
ޔުމްނާ ޢަލީ
ބޭރުގެ އަސްކަރީއަކުން ރާއްޖޭގެ ކަންނެލި މަސްވެރިކަން ކުރާ ތިން ދޯންޏަކަށް 31 ޖެނުއަރީ 2024 ދުވަހު އަރާފައިވާއިރު، އެތަނުން ދޯންޏެއްގައި ބޭރު އަސްކަރިއްޔާއެއްގެ ސިފައިންކަމަށް ބެލެވޭބަޔަކު ހަރަކާތްތެރިވާ ވީޑިއޯތަކެއް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އާންމުކޮށްފިއެވެ. އެ ދޯނިތަކަށް ބޭރުގެ އަސްކަރިއްޔާއަކުން އެރުމުން އެކަން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ފުރަތަމަ ގެންނައީ ވެސް އެ ޖަމިއްޔާއިންނެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށ...
ޔުމްނާ ޢަލީ
ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހަޅާފައިވާ އަޙްމަދު ރިޝްވާން / ޢާލަމް ، ހއ. ދިއްދޫ، ނަން އަނބުރާ ގެންދިޔުމުން އެ ދާއިރާގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. ހޮނިހިރު ދުވަހު އޮންނަ މި ޕްރައިމަރީގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރިޝްވާން އޭނާގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އެމްޑީޕީން މިއަދު ބުންޏެވެ. ރިޝްވާން ނަން ނެގީ ވޯޓު ކަރުދާސް ވެސް ޕްރިންޓްކުރި ފަހުން ނެވެ. އެހެންކަމުން މިއިންތިޚާބުގައި ރިޝްވާންގެ ނަމާއި ދިމާލުގައި ފާހަގަޖަހާ ވޯޓުތައް […]
ޔުމްނާ ޢަލީ