މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި 113 މަސްވެރިއަކަށް 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި ފައިސާއަކީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ދޫކުރެވުނު ފައިނޭންސިންގް އެހީއެކެވެ. އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މަސްވެރިންނަށް މި ފައިސާ ދޫކުރަމުން ދަނީ “މަސްވެރިޔާ ޕޯޓަލް” މެދުވެރިކޮށެވެ. މިއީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަ...
ޔުމްނާ ޢަލީ
ރާއްޖޭގެ ސިއްހީ ދާއިރާއަށް މި އަހަރު އިތުރަށް 2،000 އެއްހާ މުވައްޒަފުން ނެގުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރު ވަނީ އެ ހޮސްޕިޓަލުގައި ހުރި ދަތިތަކުގ...
ޔުމްނާ ޢަލީ
މާލޭގެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތި ވިއްކައި، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ވަނީ ބަލައިފާސްކޮށްފައެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ...
އަލީ އާދިލް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ “ޕޮލިސް ފެމިލީ ނައިޓް” ގައި، މަގުބޫލު ސަގާފީ ނެށުންތެރިޔާ ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް ދައްކުވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ބޮޑުޢީދުގައި ބޮޑު މަގުބޫލްކަމެއް ހޯދި ހއ. ބާރަށަށް އުފަން ޝިޔާމަކީ ގިނަ ބަޔެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ބޭފުޅެކެވެ. ނެށުމަކީ އޭނާ ހޮބީއެއްގެ ގޮތުން ކުރަށްވާކަމަކަށްވާއިރު، ޝިޔާމްގެ އަނބިކަނބަލުންގެ ރަށް ރ. އުނގޫފާރުގައި މިއަހަރު ބޮޑު އީ...
ޔުމްނާ ޢަލީ
ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށް 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އޮޕަރޭޝަން ހިންގާފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނަކީ އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަ...
ޔުމްނާ ޢަލީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގުސަދުގައި މާލޭ ޕޮލިހުން މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ޒިންމާދާރުކަމާއެކު އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހެލްމެޓް ހަދިޔާކޮށްފައެވެ. އަދ...
ޝިއުނާ އާދަމް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި ސެޕްޓެމްބަރު މަހުގ...
އަލީ އާދިލް
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ “ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް” (އޭޕީވީއޭއެކްސް) ގެ ދަށުން އިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން އިންތިޒާމުކުރި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީއެވެ. އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅ...
ޝިއުނާ އާދަމް
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް، ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފިއެވެ. މާލީ ވުޒާރާއިން ބުނިގޮތުގައި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން މި މަޤާމަށް އޭނާ އައްޔަނުކޮށްފައި ވަނީ 23 އޯގަސްޓް 2026 އިން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވީ 21 އޯގަސްޓް 2021 ގައެވެ. އެ މަޤާމަށް އޭރު އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޢާއިޝަތު ޙަސަނެވެ. އޭނާގެ މަގާމުގެ މުއްދަ...
ޔުމްނާ ޢަލީ
ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށްޓަކައި ދެވަނަ ބުރުގެ 10 ރަށުގެ ކައުންސިލާއެކު މިއަދު ސޮއިކޮށްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ އަދި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނާސަރީތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢުގެ ދަށުން މިއަދު ސޮއިކުރެވުނު ދެވަނަ ބުރުގެ ނާސަރީތައް ބ...
ޔުމްނާ ޢަލީ
ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އެ އިދާރާއިން ކައުންސިލުތަކަށް އަންގަން ފަށައިފިއެވެ. މިގޮތަށް އަންގަން ފަށާފައިވަނީ އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވަން ފަށާފައިވާ ސިޓީތަކެއްގައެވެ. އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ، މިއީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ނިކަގަސްމަގު ގޯޅި 2 ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ރޭ 8:11 އެހައިކަންހާއިރުއެވެ. މި އެކްސިޑެންޓާ ގުޅިގެން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މި ހާދިސާގައި އަނިޔާވި މީހާގެ ކަނާތު ފައިތިލަ މަތިން ކަނޑައިގެން ގޮސްފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި […]
ޔުމްނާ ޢަލީ
މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އިޒުމީރު މުހައްމަދު އަހުމަދު ދީދީގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރަން ނިންމައިފި އެވެ. ފެބްރުއަރީ، 2023 ގައި ސ. ހިތަދޫ އިރުމީޒަށް ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުށް […]
ހުސައިން ހަބީބް
މާލޭގެ ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރީގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:10 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަކަށެވެ. ނަމަވެސް، މި އެކްސިޑެންޓުގައި އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލު...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ފޭސް ދޭއެއްގައި ސައިކަލެއްގެ ކުރިމަތިން ކުއްލިއަކަށް މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:03 އެހާކަންހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި ވިނަރެސް 6 ފްލެޓ...
ޔުމްނާ ޢަލީ