މީޑިއާތަކުން ފޯނު ކޯލްތަކާއި އެހެނިހެން މުޢާމަލާތްތައް ވަގުތުން ބްރޯޑްކާސްޓްކުރާނަމަ، އެ މުޢާމަލާތެއްގައި ބައިވެރިވާ ފަރާތަށް އެކަން ސާފުކޮށް އަންގައި، އެ މީހެއްގެ ރުހުން ހޯދަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ބުނެފިއެވެ. އެމްއެމްބީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި، އަދި އެހެނިހެން މުޢާމަލާތްތައް ލައިވް...
ޔުމްނާ ޢަލީ
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ދެނެގަތުމަށްޓަކައި، ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ޚާއްޞަ ބައްދަލުވުމެއް ޞިއްހަތާއި ޢާއިލާއާއި ޢިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބާއްވައިފިއެވެ. އެ ވުޒާރާއިން ބުނިގޮތުގައި މި ބައްދަލުވުމަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކުދިންގެ ރައްކާތެރިކަމާއި ޒިންމާތަކާ ގުޅޭގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ކުދިންގެ އަޑު އަހައި، އެކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 08:54 އެހައިކަންހާއިރުއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. މި ހާދިސާގައި އެ ދެ ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އެހެންވެ، އެ ދެ މީހުންނަށް އަނިޔާވެގެން މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ. މި އެކ...
ޝިއުނާ އާދަމް
ކާރިސާތަކާއި ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 އިން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ. އެ އޮތޯރިޓީން ބުނީ އެ އޮތޯރިޓީ އަށް ބިމެއް ހަމަޖައްސައިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ފޭސް 2 އިން ކަމަށެވެ. އަދި އެއީ […]
ޝިއުނާ އާދަމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެގެން ދިޔައީ ރައްޔިތުންގެ ވިސްނުމާއި އެދުންތަކާ އެއްގޮތަށް އެ ޕާޓީން މަސައްކަތް ކުރަމުންދާތީ ކަމަށް، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ. މެމްބަރު މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ކޮންގްރެސް ޕާޓީގައި 77،...
އަލީ އާދިލް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި ރެއިލިންތައް ގަވާއިދަށް ފައްތައި މަރާމާތުކުރަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ. އެ ކޯޕަރޭޝަނުން މިއަދު އިއުލާނުކުރި ގޮތުގައި، މި އެހީތެރިކަން ފޯރުކޮށްދެނީ އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި...
އަޙްމަދު ވަހީދު
އެގުރޯ މާޓު ފިހާރައިން ބޮލުގައިލާ ސާމާނު ބަހައްޓާފައި ހުރި ހަރަކުން ހަތަރު ފުޅި ތެޔޮ ވަގަށް ނެގި މީހެއްގެ ވީޑިއޯ އެ ފިހާރައިން އާންމުކޮށްފި އެވެ. އާންމުކޮށްފައިވާ ސީސީޓީވީ ވީޑިއޯއިން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ކޮތަޅެއް ހިފައިގެން އެ ފިހާރައަށް ވަން މީހަކު ވަނީ އެކި ވައްތަރުގެ ތެޔޮތައް ބަހައްޓާފައި ހުރި ހަރެއްގެ ކައިރިއަށް ގޮސް، ވަރަށް ސިއްރުން ހަތަރު ފުޅި ތެޔޮ ނަގައި ކޮތަޅަށް ލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ މި […]
އަލީ އާދިލް
ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މަރްޔަމް މާއީ ޖަމީލް މިއަދު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ. ލ. މުންޑޫ، ގުލްޒާރުގެ، މަރްޔަމް މާއީ ޖަމީލް (25އ) ވީނުވީއެއް ނޭނގި ގެއްލިގެން ޢާއިލާ އިން ކުރި ރިޕޯޓަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައި އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާއީ ވަނީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު […]
ޔުމްނާ ޢަލީ
ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކާ ދެކޮޅަށް މާނަހުރި އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ އެއް އަމާޒުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންގެ އަޑުތަކާއި ޚިޔާލުތައް އެއްތަނަކުން އިއްވުމަށް ކުރިއަށްގެންދިޔަ “ޔޫތު ޓްރެކް ޓު ކޮޕް31” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ހަރަކާތަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމީ މުހިންމު ސަމިޓް ކަމަށްވާ ކޮޕް31 އާ ދިމާކޮށް، ޒުވާނުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު އިސްނެގުމެކެވެ. މި ހަރަކާތުގައި...
އަލީ އާދިލް
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މި ދައުރު ނިމިގެންދާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައް ގާއިމްވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ. މީޑިއާތަކާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ނިމިގެނ...
އަލީ އާދިލް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މެނޭޖްމަންޓް ޓީމުން ނ. އަތޮޅު ހޮސްޕިޓަލަށް ރަސްމީ ދަތުރެއް ކޮށްފިއެވެ. މިއީ ދެ ހޮސްޕިޓަލުގެ މެދުގައި ތަޖުރިބާ އާއި މަޢުލޫމާތު ޙިއްސާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ދަތުރެކެވެ. މި ޒިޔާރަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވަފުދުން ވަނީ ނ. އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓާ ބައްދަލުކޮށްފައެވެ. މި ބައްދަލުކުރުމުގައި އިދާރީ އަދި ޚިދުމަތްތަކާ ގުޅޭ މުޙިއްމު ކަންކަމާމެދު މަޝްވަރާކުރެވުނެވެ. މީގެއިތުރުން، ނ. އަތޮޅު ހޮސްޕިޓަލު...
ފާތިމަތު ސަޙާ
ށ. ފޯކައިދޫ ގެއެއްގައި އަލިފާން ރޯވެ އެގޭ އެއްކޮށް އަނދައިފިއެވެ. އެރަށު ކައުންސިލުން ބުނީ އަލިފާން ރޯވީ އެރަށު އިރުދޭމާގޭގައި ކަމަށެވެ. ފޯކައިދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައިގެން ގޮސްފައެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށްޓަކައި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ޔުމްނާ ޢަލީ
މާލޭގައި ދިރިއުޅެމުންދާ 25 އަހަރުގެ އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައި، އެ އަންހެން މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ހޯދަމުންދަނީ ލ. މުންޑޫ، ގުލްޒާރުގެ، މަރްޔަމް މާއީ ޖަމީލް (25އ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަރްޔަމް މާއީ ޖަމީލަކީ މިހާރު މާލޭގައި ދިރިއުޅެމުންދާ މީހެއް ކަމަށެވެ. އޭނާ ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ 2026 […...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުމެއް މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ. މާލެ އޭރިއާގެ ފުލުހުން ބައިވެރިވި މި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާލެ ވަށައިގެންނެވެ. މާލޭގައި ކުރިއަށްދިޔަ މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައ...
ޔުމްނާ ޢަލީ
16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ. ހައްޔަރުކުރެވުނު މީހާއަކީ 42 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާ ހިންގާފައިވަނީ ސައުތު ޕޮލިސްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށެއްގައެވެ. މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާއާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ....
ޔުމްނާ ޢަލީ