މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 284 ވަނަ ޞަފްޙާ

ކޯރާޑިއަކުން ހަމަލަދިން މާރާމާރީ: އެކަކު ޝަރިއަތް ނިމެންދެން ބަންދަށް

ކޯރާޑިއަކުން ހަމަލަދިން މާރާމާރީ: އެކަކު ޝަރިއަތް ނިމެންދެން ބަންދަށް

ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން އެކަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމައިފިއެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ، މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރުސްތުމް އިބްރާހީމް 3 ދުވަހަށް ބަންދުކުރުމަށާއި، ސައިފުﷲ ފައިޞަލް ތަޙްޤީޤު ނިމެންދެން އަދި ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދު...

ޔުމްނާ ޢަލީ
ނުދަންނަ ޓީމެއްގެ އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

ނުދަންނަ ޓީމެއްގެ އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

އިނގިރޭސި ވިލާތުގެ ދެވަނަ ޑިވިޝަން/ޗެމްޕިއަންޝިޕްގެ ފުލުގައި އޮތް ޕްލައިމައުތު އަތުން ބަލިވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފިއެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގެ މި މެޗު ރޭ ކުޅެފައިވަނީ ޕްލައިމައުތުގެ ދަނޑުގައެވެ. ލިވަޕޫލް މި މެޗަށް ނުކުތީ އެންމެ ފަހުން އެ ޓީމް ކަރަބޯ ކަޕްގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރާގައި ހިމެނޭ ދިހަ ކުޅުންތެރިން ނުލައެވެ. އެންމެން ހައިރާން ކޮށްލުމަށް ފަހު ރޭ ލިވަޕޫލް މައްޗަށް ޕްލައިމައުތުން ކުރި […]

އިބްރާހިމް ޚަލީލް
ލާޒިމްނޫން ތަނެއްގައި ހެލްމެޓް އަޅަައިގެން އުޅޭނަމަ ހުއްޓުވަައި ފާސްކުރަނީ

ލާޒިމްނޫން ތަނެއްގައި ހެލްމެޓް އަޅަައިގެން އުޅޭނަމަ ހުއްޓުވަައި ފާސްކުރަނީ

ކުށްކުރުމުގެ ނިޔަތުގައި ލާޒިމްނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭތީ، އެފަދަ މީހުން ހުއްޓުވައި ބަލައި ފާސްކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ފުލުހުން ރޭ ނެރުނު ބަޔާނެއްގައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހެލްމެޓް އެޅުން ލާޒިމްނޫން ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވެއެވެ. އަދި މިފަދަ މީހުން ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިކުރާ ތަންތަނަ...

ޔުމްނާ ޢަލީ
ނަތަންޔާހޫ ދެއްކި ވާހަކަ ރާއްޖެއިން ކުށްވެރިކޮށްފި

ނަތަންޔާހޫ ދެއްކި ވާހަކަ ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ދައުލަތެއް އެމީހުންގެ އަމިއްލަ ވަޠަނުގެ ބަދަލުގައި ސައޫދީ އަރަބިއްޔާގައި ޤާއިމުކުރެވިދާނެކަމަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނިބުނުން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ބުރާސްފަތި ދުވަހު އިސްރާއީލުގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ވަނީ “ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރެވިދާނެކަމަށާއި، އެމީހުންގެ އަތުގައި ވަރަށް ގިނަ ބިން އެބަހުރިކަމަށް” ބުނެ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާލާފައެވ...

ޔުމްނާ ޢަލީ
ފެން ހޮޅިއަކަށް ގެއްލުންވެ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ފެން ހޮޅިއަކަށް ގެއްލުންވެ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މިއަދު މާލޭގެ މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ. މި ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާ ގުޅިގެން، އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ) އިން ވަނީވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. މިކަމާއި ގުޅިގެން އެންޑީއެމްއޭ އިން މިއަދު ބުނެފައިވާ ގޮތުގައި، މި 55 މީހުންގެ ތެރޭގައި 20 ބިދޭސީން ހިމެނެއެވެ. މި ފަރާތްތަކަށް […]

ޔުމްނާ ޢަލީ
ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީފި

ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީފި

ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ރޭ ހަމަލާދީފައިވާ ދީފިއެވެ. މި މައްސަލަ ހިނގާފައިވަނީ ރޭ 23:35 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓަރފް ދަނޑު ކައިރީގައެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މާރާމާރީގައި ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެމީހަކު ކަމަށާއި، އަނިޔާ ލިބުނު މީހާ މަޑުކޮށްގެން ހުއްޓައި ހަމަލާދީފައިވަނީ ކޯރާޑިއަކުންނެވެ. އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފަ...

ޔުމްނާ ޢަލީ
މާލޭގެ އިމާރާތެއްގައި ރޯވެއްޖެ

މާލޭގެ އިމާރާތެއްގައި ރޯވެއްޖެ

މާލޭގެ އިމާރާތެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައި ވަނީ މ. ހައުސް ޕްލާޒާ ގޭގައެވެ. މ.ޝީ ބިލްޑިންގް ކުރިމަތީގައި ހުންނަ ހައުސްޕްލާޒާގެ އަކީ މީހުން ނޫޅޭ ބާ އިމާރާތެކެވެ. އެތަނުގައި މިދިޔަ އަހަރު ވެސް އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު ހިނގި މި ހާދިސާއާއި ގުޅިގެން އެތަނުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ވެސް ކުރިއެވެ.

ޔުމްނާ ޢަލީ
ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް: ރައީސް

ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް: ރައީސް

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި އިންތިޚާބު ކުރުމަށް ހުޅުވާލި 37 ގޮނޑީގެ ތެެެރެއިން 33 ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކާމިޔާބު ހޯދި ޕީއެންސީގެ ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާއި ނުލައި 24 ގޮނޑި އާއި އިންތިޚ...

ޔުމްނާ ޢަލީ
ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް

ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ތަކުގެ ތެރެއިން ގިނަ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިއަދު ޖުމްލަ 12 ރަށެއްގައި ބައި-އިލެކްޝަން ބާއްވާފައިވާއިރު، ޕީއެންސީން ވަނީ 8 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީ އަށް ދެ ގޮނޑި ލިބުނުއިރު، މިނިވަން ކެންޑިޑޭޓުން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފައެވެ. މިއަދު ބައި އިލެކްޝަންގައި ހދ.މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ބާއްވާފައިވާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރ...

ޔުމްނާ ޢަލީ
ފުލުހަކާއި ކުއްޖަކާ ދެމެދު ހަމަނުޖެހުމެއް، މައްސަލަ ބަލަނީ

ފުލުހަކާއި ކުއްޖަކާ ދެމެދު ހަމަނުޖެހުމެއް، މައްސަލަ ބަލަނީ

ރ. މީދޫގައި ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައިގައި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދެ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައެވެ. އެ […]

ޔުމްނާ ޢަލީ
އުމަރުގެ ތުހުމަތެއް، އުޅެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބާއްވަން

އުމަރުގެ ތުހުމަތެއް، އުޅެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބާއްވަން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ތުހުމަތުކުރަށްވައިފިއެވެ. އަންނަ ރިޔާސީ ރޭހުގައި ވެސް ވާދަކުރަށްވާނެކަން މިހާރު ވެސް ޢިއުލާންކުރަށްވާފައިވާ އުމަރު މި ތުހުމަތު ކުރަށްވާފައި ވަނީ މިއަދު އާންމުކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި އުމަރު ވިދާޅުވީ، މި ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ ހަމައެކަނި ޚަރަދު ޚަރަދު ކުޑަކ...

ޔުމްނާ ޢަލީ
މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

ހދ. މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން މިއަދު ކުރިއަށް އެބަދެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށެވެ. މިއަދު ބައި އިލެކްޝަންގައި މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ކުރިއަށްދާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުން ވެސް މީގެ ތެރޭ ހިމެނިގެން ކުރިއަށް އެބަދެއެވެ. މަކުނުދ...

ޔުމްނާ ޢަލީ
އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް

އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް

މާލޭގެ އަމީނީމަގުގައި، ކުރީގެ ހައުސިންގ މިނިސްޓްރީ ކައިރީގައި އިމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.   މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅު 7:35 ހާއިރުއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ނިއްކުރިމަތި ދުޅަވެ އަނިޔާވެފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށް ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައި...

ޔުމްނާ ޢަލީ
ދެމައިން ނިޔާވި މައްސަލަ: އިހުމާލު އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް

ދެމައިން ނިޔާވި މައްސަލަ: އިހުމާލު އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް

ގއ. ވިލިނގިލީގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި މާބަނޑު އަންހެނަކާއި އޭނާގެ ދަރިފުޅު ނިޔާވުމާ ގުޅިގެން، އެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ފަށައިފިއެވެ. ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށާއި، އިހުމާލުވެފައިވާ ފަރާތެއް ވާނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރ...

ޔުމްނާ ޢަލީ
ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް

ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް

“ނަވައިމާ” ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ޔޮޓް އަޑިއަށް ހިނގައްޖެއެވެ. ގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ފެބްރުއަރީ 5 ވަނަ ދުވަހުގެ ފަތިހު 3:43 ހާއިރުއެވެ. މި ޔޮޓްގައި ރޯވީ ރީތިރަށް ރިސޯޓާ ދިމާ 5 މޭލު ބޭރުގައި ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި ވަގުތު ޔޮޓުގައި 5 މީހަކު ތިބިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ […]

ޔުމްނާ ޢަލީ