މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 283 ވަނަ ޞަފްޙާ

ކުޅެން ހުއްޓާ ވެއްޓުނު ގައިދީއަކު މަރުވެއްޖެ

ކުޅެން ހުއްޓާ ވެއްޓުނު ގައިދީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއް މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީ ގައިދީއަކު މިއަދު މަރުވެފައިވާ ކަމަށެވެ. ކަރެކްޝަންސް އިން މައުލޫމާތުދިން ގޮތުގައި މަރުވެފައި ވަނީ ނައިޖީރިއާގެ ރައްޔިތެއްކަމަށްވާ އުމުރުން 35 އަހަރުގެ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ކިޔާ ގައިދީ އެކެވެ. ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަ...

ޔުމްނާ ޢަލީ
މެޒޯ މޯޑު ނިޔާވެއްޖެ

މެޒޯ މޯޑު ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) މިއަދު ނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި މެޒޯ މޯޑު ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މެޒޯ މޯޑު ނިޔާވީ ޓް އެޓޭކެއް ޖެހިގެން ޞިއްޙީ ހާލަތު ގޯސްވެ، އައިޖީއެމްއެޗްގެ އިމަޖެންސީ ޑިޕާޓްމަންޓްގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވި އިރު މެޒޯ މޯޑުގެ އުމުރަކީ 60 އަހަރެވެ. މެޒޯ މޯޑަކީ ރާއްޖޭގެ މިއުޒިކް ދާއިރާއަށް ޚިދުމަތްތަކެއް […]

އަލީ އާދިލް
އަލިދޫ ރިސޯޓާއި ބީނާފުށީގެ ކުލީގެ މައްސަލާގައި ޔޮޓް ޓުއާސަށް ސުޕްރީމް ކޯޓުން ކާމިޔާބު

އަލިދޫ ރިސޯޓާއި ބީނާފުށީގެ ކުލީގެ މައްސަލާގައި ޔޮޓް ޓުއާސަށް ސުޕްރީމް ކޯޓުން ކާމިޔާބު

ހއ. އަލިދޫ ރިސޯޓާއި ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުލި ނުދެއްކި މައްސަލާގައި ޔޮޓް ޓުއާސް ކުންފުނީގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިީޓީ (މީރާ) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްގެ އެކައުންޓްތައް 2017 ވަނަ އަހަރު މީރާގެ އެންގުމަކަށް ފްރީޒްކުރީ އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ އަލިދޫ […]

ހުސައިން ހަބީބް
އަމިއްލަ ކުންފުންޏަކަށް 60 މިލިއަން ދޭން ދައުލަތަށް ޖެހިއްޖެ

އަމިއްލަ ކުންފުންޏަކަށް 60 މިލިއަން ދޭން ދައުލަތަށް ޖެހިއްޖެ

ސަރުކާރުން އެދިގެން އަމިއްލަ ކުންފުންޏަކުން އެތެރެކުރި ބޭސްތަކަކަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ދައުލަތަށް ޖެހިއްޖެ އެވެ. ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީން 2008 ވަނަ އަހަރު އެތެރެކުރި ބޭސްތަކަކަށް 32 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރިއިރު, އެ ކުންފުނިން އެތެރެކުރި އެހެން ބޭސްތަކަކާ ގުޅިގެން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ދައްކަން ކުރި ހުކުމެއް ހައި ކޯޓުން އިއްޔެ ވަނީ ދަމަހައްޓައިފަ އެވެ.  […]

ހުސައިން ހަބީބް
މީހަކު ޖޯއްޔެއްގައި ބަނދެ، ބޯބާލައި އަނިޔާކުރި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

މީހަކު ޖޯއްޔެއްގައި ބަނދެ، ބޯބާލައި އަނިޔާކުރި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

ސ. ހިތަދޫގައި މީހަކު ޖޯއްޔެއްގައި ބަނދެ، ބޯބާލައި އަނިޔާކުރި މައްސަލައެއްގައި 4 ފިރިހެނުންނާއި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 1:35 ހާއިރު ސ. ހިތަދޫ، މިލޯ ދަނޑު ސަރަޙައްދުގައެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި ސަރަޙައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިފައިވެއެވެ. އިތުރަށް ބެލިބެލުމުން […]

ޔުމްނާ ޢަލީ
"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްފި

"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްފި

ޖުޑިޝަރީ ދާއިރާގެ “ޤަޟާޢީ އަހަރު 2025” ރޭ އިފްތިތާހްކޮށްފިއެވެ. މިއީ ޖުޑީޝަރީ ދާއިރާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިހްތިފާލެކެވެ. މީގެ މަގްސަދަކީ އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު...

ޔުމްނާ ޢަލީ
''ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ މީހުންގެ ދައުރު ވަރަށް މުހިންމު''

''ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ މީހުންގެ ދައުރު ވަރަށް މުހިންމު''

މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދު ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ “އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް” ގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞ...

ޔުމްނާ ޢަލީ
ވަގަށް ސިނގިރޭޓު ނެރުނުމުން 67 މިލިއަން ރުފިޔާ ހޯދުމަށް މަސައްކަތް ފަށައިފި

ވަގަށް ސިނގިރޭޓު ނެރުނުމުން 67 މިލިއަން ރުފިޔާ ހޯދުމަށް މަސައްކަތް ފަށައިފި

މާލޭގެ ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ސިނގިރޭޓު ނެރުނު މައްސަލާގައި 67 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މަސައްކަތް ފަށައިފިއެވެ. ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް” އާއި “އެސްޖީއެމް ބޮންޑެޑް ވެއާހައުސް” އިން ގަވައިދާ ޚިލާފަށް ސިނގިރޭޓު ނެރެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން “އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް” އިން ކެމަލް ޔެލޯ، އެމެރިކަން ލެޖެންޑް އަދި މެންޗެސް...

ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ ވިޔަފާރިތަކުން 50 މިލިއަން ޑޮލަރު މާރުކުރުމާއެކު ރިޒާވް މައްޗަށް

ފަތުރުވެރިކަމުގެ ވިޔަފާރިތަކުން 50 މިލިއަން ޑޮލަރު މާރުކުރުމާއެކު ރިޒާވް މައްޗަށް

ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފާސްކުރި ބޭރު ފައިސާއާއި ބެހޭ ޤާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށް، ރިޒާވް އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފިއެވެ. މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ 14 ޑިސެމްބަރު 2024 ގައެވެ. މި އައު ޤާނޫނުގެ ދަށުން، ވަކި ފަރާތްތަކަކަށް ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ […]

ޔުމްނާ ޢަލީ
ޤާސިމްގެ ބަޔޯގްރަފީ ފޮތް ނެރެފި

ޤާސިމްގެ ބަޔޯގްރަފީ ފޮތް ނެރެފި

ދިވެހި ރައްޔިތުންނަށް އެކި ރޮނގުތަކުން ގިނަ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ، ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މިރޭ ނެރެފިއެވެ. ވިލާ ކޮލެޖުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ސާލިހާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ދައުލަތުގެ ބައެއް ޚިދުމަތްތެރިންނާއި...

ޔުމްނާ ޢަލީ
މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާލޭ މާފަންނުގައި ހުންނަ ނިއުޕްލާޒާގައި ކަމަށެވެ. ނިއުޕްލާޒާގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނައިރު މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:11 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ނިއު ޕްލާޒާގައި އަލިފާން ރޯވިއިރު އިއްޔެ ހެނދުނު ވަނީ މާލޭގެ މާލޭގެ މ. ހައުސް ޕްލާޒާގަ...

ޔުމްނާ ޢަލީ
ސްޓެލްކޯގެ ޓަވަރަކުން ވެއްޓި މީހަކު ނިޔާވެއްޖެ

ސްޓެލްކޯގެ ޓަވަރަކުން ވެއްޓި މީހަކު ނިޔާވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ޓަވަރަކުން ވެއްޓި 31 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ޓަވަރުގެ ބިއްދޮށް ފަޅިއަށް ވެއްޓިފައި އޮއްވާ ފެނުނު މީހާއަކީ ހ. ގިނިރާހިއާގެ، އިބްރާހީމް ޝަރަފް (31 އަހަރު) އެވެ. އޭނާ ވެއްޓިފައި ވަނީ ސްޓެލްކޯ މުވައްޒަފުންނަށް ޚާއްޞަކޮށް އަޅާފައިވާ މި ޓަވަރުތަކުންކުރެ، ސީ ޓަވަރުގެ ބާރަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފެނުނު އިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން […]

ޔުމްނާ ޢަލީ
ޑަބްލިޔުޑީސީތަކަށް އުޖޫރަ ކަނޑައެޅުމާއި ރޯދަ އިނާޔަތް ދިނުމާ ގުޅޭ ބިލެއް

ޑަބްލިޔުޑީސީތަކަށް އުޖޫރަ ކަނޑައެޅުމާއި ރޯދަ އިނާޔަތް ދިނުމާ ގުޅޭ ބިލެއް

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުމާއި، ރަމަޟާން އެލަވަންސް ދިނުމާގުޅޭ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިކަންކަން ހިމަނައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު އެވެ. މި ބިލުގައި ބުނެފައިވާ ގޮތުން ބިލު ހުށަހެޅި މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ޑ...

ޔުމްނާ ޢަލީ
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

“ގެދޮރުވެރިޔާ” ސްކީމުގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ “ގެދޮރުވެރިޔާ” ސްކީމްގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގުގެ ތެރެއިން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މި މަހުގެ 18ވަނަ ދުވަހާ ހަމައަށެވެ. އެ މައްސަލަ އިސްތިއުނާފްކުރަން އަކްރަމް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށ...

ހުސައިން ހަބީބް
ރޯދަ އުމުރާއަށް ދާ އުމުރާވެރިންގެ ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ

ރޯދަ އުމުރާއަށް ދާ އުމުރާވެރިންގެ ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ

1446 ވަނަ އަހަރުގެ ރަމަޟާން އުމުރާއަށް ދާ ކޮންމެ ދިވެހި އުމުރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރަށްވައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ބީއެމްއެލް ޑެބިޓް […]

ޔުމްނާ ޢަލީ