ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބާއްވާ “މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446” ޕްރޮގްރާމް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ތިން ދަރިވަރަކާއި، މިޞްރުގެ ޤާރީއެއްގެ ޤުރުއާން ކިޔެވުނ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްވެރިންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ރޯދަވީއްލުން ބޭއްވިފައިވަނީ އިއްޔެ މުލީއާގޭގައެވެ. މި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސްގެ ދެކަނބަލުންނަށް އިޙްތިރާމް އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާ...
ޔުމްނާ ޢަލީ
އދ އަރިޔަދޫ އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުގައި ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުގައި އަރިޔަދޫ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރައިގެ ރަށެއް ކަމަށް ކަނޑައަޅާފައިވަނީ 09 މާރޗް 2025 ވީ އާދިއްތަ ދުވަހު އެވެ. މި ނިންމުން މިންމި ޖަލްސާގައި، ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އެ ރަށުގައި ‘ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ” އެއް ގާއިމުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި...
އައިޝަތު އައިނީ އާމިރު
މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދި ކަމަށް ބެލެވޭ ފައިސާއާއިއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި ތިން މީހަކު ހައްޔަރުކޮށްފައި ވަނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ. މި ހިނގާ މާރިޗު މަހުގެ 9 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް ދިވެހީންނެވެ. އެ މީހުންނަކީ، ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަ...
ޔުމްނާ ޢަލީ
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ. ނަރީޝްވަނީ އިސްތިއުފާދެއްވުމަށްފަހު، އިސްތިއުފާގެ ސިޓީ މީސް މީޑިއާގައި ހިއްސާ ކުރަށްވާފައެވެ. އެ ސިޓީގައި އޭނާ ވަނީ މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. އިސްތިއުފާގެ ސިޓީ ހިއްސާކުރަށްވަމުން ނަރީޝް ވިދާޅުވެފައި ވަނީ، އޭނާ އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީ ހިނގާފައި ވަނީ މިރޭ 10:00 ހާއިރުއެވެ. މި މާރާމާރީގައި އެތަނުން އެއް ކުއްޖަކަށް ޒަޚަމްވެފައިވާއިރު، މި މައްސަލައާ ގުޅިގެން 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރު 4 ކުދިން ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ […]
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ހިމަނާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑިޔާރުންގެ އަދަދު 7 އި...
ޔުމްނާ ޢަލީ
ދިވެހި ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ މީހުން ހޮވުމަށް ގުރުއަތުލައި 50 މީހުން ހޮވައިފިއެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ގުރުއަތު ނަގާފައި ވަނީ ފަގީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައެވެ. ހައްޖަށް ގެންދާ 50 މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއިހުރެ މީހަކަށް ބައިވެރިނުވެވޭނަމަ އެ ޖާގަ ދެން ދިނުމަށް ވެސް އިތުރު 10 ފަރާތެއް ވަނީ […]
އިބްރާހިމް ޚަލީލް
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން […]
ހުސައިން ހަބީބް
ނ.މަނަދޫ މީހަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނ. މަނަދޫ، އަބްދުﷲ ޝިހާދު 37، އެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެކެވެ. އެންމެ ފަހުން އޭނާގެ ހަބަރެއް އާއިލާއަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:50 ހާއިރުކަމަށްވެއެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ. އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ […]
އިބްރާހިމް ޚަލީލް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 6:30 އިން ފެށިގެން ހެނދުނު 11:30 އާއި […]
ޔުމްނާ ޢަލީ
ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން ގުޅިގެން ރޭ ހިންގަން ފެށި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ރޭ އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށް ސަލާމަތީ ބާރުތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފެށިކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަން ފެށިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓް ކުޑައިރުކޮޅެއްތެރޭ ފުލުހުން ވަނީ ނަގާފައެވެ. އަދި ފަހުން މައުލޫމާތު ހާމަކުރާނެކަމަށް ބުނެ މީޑިއާތަކަށް މެސެޖެއް ފޮނުވިއެވެ. އެއަށްފަހު މެންދަމު 2:15 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މިދުވަސްކޮޅު މަދިރީގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވެފައިވާތީ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ރަށުގެ ހުރިހާ ކާނުތަކަށާއި، މަދިރި އުފެދޭގޮތަށް ހުރި ތަންތަނަށް މަދިރި ބޭސް އަޅައިފިއެވެ. ރަށުގެ ހުރިހާ ތާރު މަގެއްގެ ކާނުތަކަށް ބޭސް އަޅާާފައިވާއިރު، ރަށުގެ އޮޑި އެހެލާ ސަރަހައްދާއި ރަށުގެ އިރުމަތި ފަރާތު ބޮނބި އޮޅަށް ވެސް ވަނީ ބޭސް އަޅާފައެވެ. މަދިރި ފަނި އިތުރަށް އާލާވިޔަ ނުދީ، މަދިރި އަށް ބަދަލުވުމުގެ ކުރިން […]
އައިޝަތު އައިނީ އާމިރު
ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރަނގަޅު ކަމަށާއި އަދި އެ އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ހިނގާނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ. މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި, އެ އިސްލާހު 20 ވަނަ މަޖިލީހުގެ […]
ހުސައިން ހަބީބް
ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ 11 އަދި 12 މާރިޗް ގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ”އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލު ވުމަ...
ޔުމްނާ ޢަލީ