ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހުން ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާކަން މިއަދު ޢިއުލާންކޮށްފިއެވެ. މޯލްޑިވިއަންގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް މިކަން ޢިއުލާންކޮށްފައިވާއިރު، މި ދަތުރުތައް ފަށަން ނިންމާފައި ވަނީ މި އަހަރުގެ މޭމަހުގެ 15 އިން ފެށިގެންނެވެ. މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. މި ދަތުރުތަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކުގައި ދެއްކި ވާހަކަތަކާ ގުޅިގެން ދަޢުވާކުރަން ރައީސްގެ ޢާއިލާއިން ނިންމަވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު މެންދުރުފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސްގެ ޢާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމް ޝަކޫރު ވަނީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ނެރުއްވި ނޫސްބަޔާން އިއްވާފައެވެ. ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައީސްގެ ދަރ...
ޔުމްނާ ޢަލީ
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާއިން އައު ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގެ މަޤްޞަދަކީ ރަމަޟާން މަހާއި ޔަހޫދީންގެ ޕާސްއޯވަރ ފާހަގަކުރާ މުއްދަތުގެ ފަހުންވެސް ހަމަނުޖެހުން ހުއްޓުވުމެވެ. ހުކުރު ދުވަހު ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި، މި ހުށަހެޅުމަކީ “ބްރިޖް” ހުށަހެޅުމެކެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ބުދަ ދުވަހުގެ ރޭ ޤަޠަރުގެ ވެރިރަށް ދޯހާގައެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސްގެ ޚާއްޞަ ބޭފުޅެއް ކަމުގައިވާ ސްޓީވް ވިޓްކޮފްއާއި ނެޝަނ...
އަޙްމަދު ދާއޫދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރިއަށް އޮތް ފިޠުރު ޢީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ކަނޑައަޅުއްވައިފިއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި ދެންނެވުމުގައި އިޢުލާންކުރައްވާފައިވާއިރު، މި ދެންނެވުމުގައިވާ ގޮތުން، ޢީދު ދުވަހަކީ މާރިޗު 31 ވާ ހޯމަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިނަމަ، ޢީދު ބަންދުގެ ތިން ދުވަހުގެ އިތުރުން އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. މީގެ...
ޔުމްނާ ޢަލީ
ބ. ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާ ޒަޚަމްވެ، ބ. އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ ރޭ މެންދަމު 1:52 ހާއިރުއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހިނގި މައްސަލައެއް އެ އިދާރާއަށް ވަނީ ރޭ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި ފިރިހެނެއް ޒަޚަމްވެގެން ބ. އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވ...
ޔުމްނާ ޢަލީ
މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކުން މީހަކު ވެއްޓިފައި އޮއްވާ ރޭ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކުން މީހަކު ވެއްޓިފައި އޮއްވާ ފެނިގެން ރޭ މެންދަމު 2:55 ހާއިރު ވަނީ އެ އިދާރާއަށް ރިޕޯޓެއް ލިބިފައެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ވެއްޓިފައި އޮތް މީހާ ނަގައިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލް އަދި ނުލިބޭއިރު، […]
ޔުމްނާ ޢަލީ
ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގޭނީ ޤާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރެއިންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދީފިއެވެ. އީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދީފައި ވަނީ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އެހެންވެ، އެކަން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދޭކަމަށް އީސީން ބުނެފަވެއެވެ. މީގެ އިތުރުން، ދިވ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށަށް ބަދަލުކުރައްވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. ރައީސް އޮފީހުން ބުނީ، މި ބަދަލު ގެނެވުނީ ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށްޓަކައި ކުރެވުނު ދިރާސާތަކުގެ އަލީގައި ކަމަށެވެ. މި ދިރާސާތަކުން ދައްކާގޮތުގައި އިންޓަރނޭޝަނަލް ފައ...
ޔުމްނާ ޢަލީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ވާހަކަދައްކާފައިވާކަމަށް ބުނެ، އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ ފަރާތުން މާލޭގައި ކުރަމުންދާ މުޒާހަރާތައް އެ ކޮމިޝަނުން ވަނީ މޮނިޓަރ ކުރަމުންނެވެ. މިގޮތުން މި މަހުގެ 12 ވަނަ ދުވަހު އެ ޕާޓީން ކުރިއަށްގެ...
ޔުމްނާ ޢަލީ
ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ބުނީ، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ކަމަށް މުޙައްމަދު އަނަސް މިއަދު ޢައްޔަނުކުރައްވައިފިއެވެ. މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ. އިބްރާ އެ މައްސަލަ ހުށަހަޅުއްވީ މަޖިލީހަށް އިންތިހާބުވިއިރު ހުރި ސިޔާސީ ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން […]
ހުސައިން ހަބީބް
ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިއަދު އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ހާމަކުރި ގޮތުގައި، ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި މެތަމްފެޓަމިން، ކެޓަމިން އަދި ހެރޮއިން ހިމެނެއެވެ. ކަސްޓަމްސްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފްސީލަކީ: – މެތަމްފެޓަމިން: 2,138 ގްރާމ...
ޔުމްނާ ޢަލީ
އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ސަމާލުކަމަށް އައިސްގެން ބަލަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ އިސްލާމިކް ނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އެހެންވެ އެ މިނިސްޓްރީގެ ކަމާ ބެހޭ ޔުނިޓްގެ ފަރާތުން މައްސަލަ ބަލަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ”އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅ...
ޔުމްނާ ޢަލީ
މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހ. ބްލޫލޫން / މާލެ އަށް ނިސްބަތްވާ 31 އަހަރުގެ ޙައްވާ ޙަސަން އެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި ޙައްވާ ޙަސަން ގެއިން ދިޔަގޮތަށް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ (8 މާރިޗު 2025) އެވެ. […]
ޔުމްނާ ޢަލީ