މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 217 ވަނަ ޞަފްޙާ

މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ނ. މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެންފައިވާއިރު، މާފަރުގައި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ މަނިކުފާނެވެ. މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވ...

ޔުމްނާ ޢަލީ
ރައީސް ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ މާފަރު

ރައީސް ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ މާފަރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނ. އަތޮޅުގެ ރަށްރަށަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް މިދަތުރުފުޅުގައި ނ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ މާފަރަށެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ކަމަށްވާ، ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ ޒިޔާރަތްކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. ރައީސް އެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ […]

ޔުމްނާ ޢަލީ
މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ކުޑަފަރީގަައި އައު ސިއްހީ މަރުކަޒެއް

މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ކުޑަފަރީގަައި އައު ސިއްހީ މަރުކަޒެއް

ނ. ކުޑަފަރީގަައި ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، އެ އަތޮޅު މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދެ ކުންފުންޏަކާ މިރޭ ހަވާލުކޮށްފިއެވެ. މިގޮތުން ހެލްތް މިނިސްޓްރީން މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓ...

ޔުމްނާ ޢަލީ
ޓީއެމްއޭގެ ނިންމުން ބަދަލުކޮށް ޑޮލަރުން މުސާރަ ދޭން ނިންމައިފި

ޓީއެމްއޭގެ ނިންމުން ބަދަލުކޮށް ޑޮލަރުން މުސާރަ ދޭން ނިންމައިފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ދިވެހި ފައިސާއިން ދޭން ނިންމި ނިންމުން ބަދަލުކޮށް، މުޅި މުސާރަ ޑޮލަރުންދޭން ނިންމައިފިއެވެ. ޓީއެމްއޭގެ އެ ނިންމުމާއި ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން އޮތީ ނިންމާފައެވެ. މިކަމާ ގުޅިގެން، އެ ކުންފުނިން ވަނީ މުސާރަ ދިވެހި ފައިސާއިން ދޭން ނިންމި ނިންމުން ބާތިލުކޮށް، ކުރިއެކޭ އެއްގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމައި މިއަދު އެކަން […]

ޔުމްނާ ޢަލީ
އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ނިންމައިފި

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ނިންމައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ  ސަރުކާރުގެ ކުންފުނި، އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، އެސް.ޑީ.އެފް.ސީގެ ޙިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބީއެމްއެލް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ...

ޔުމްނާ ޢަލީ
ހއ.އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ސައިބަރ ކްރައިމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ސެޝަނެއް

ހއ.އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ސައިބަރ ކްރައިމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ސެޝަނެއް

ސައިބަރ ކްރައިމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންއާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ޖުލައި މަހުގެ 19 ދުވަހު އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި ސެޝަން އަކީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް އާއު ގުޅިގެން ބޭއްވި “އަރުތަ ޕްރޮގްރާމުުގެ” ތެރެއިން ކުރިއަށް ގެންދިޔަ ސެޝަންއެއް ކަމަށެވެ. އެގޮތުން 60 […]

އައިޝަތު އައިނީ އާމިރު
ޓީއެމްއޭ ޕައިލެޓުން ދަތުރުތައް ހުއްޓާލަފާނެތީ މަޓާޓޯގެ ކަންބޮޑުވުން

ޓީއެމްއޭ ޕައިލެޓުން ދަތުރުތައް ހުއްޓާލަފާނެތީ މަޓާޓޯގެ ކަންބޮޑުވުން

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންނަށް މުސާރަ ދިނުމަށް ގެނައި ބަދަލާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލަން އުޅޭކަމަށް ވާހަކަ ދެކެވޭ މައްސަލައިގައި ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޓީއެމްއޭގެ ޕައިލެޓުންގެ މުސާރަ ދިނުމުގެ އުސޫލަށް ގެނައިބަދަލާއެކު ޕައިލެޓުންގެ މުސާރައިގެ %20 ދިވެހި ރުފިޔާއިން ދޭގޮތަށް ވަނީ ނިންމާފައެވެ. މި ނިންމުމާއި...

ޔުމްނާ ޢަލީ
ރައީސްގެ ދަރިކަލެއްގެ އަބުރާ ބެހުނުކަން މަންދީގެ މައްޗަށް ސާބިތުވެއްޖެ

ރައީސްގެ ދަރިކަލެއްގެ އަބުރާ ބެހުނުކަން މަންދީގެ މައްޗަށް ސާބިތުވެއްޖެ

އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލާ ބެހޭގޮތުން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގެ ސަބަބުން އެ ދަރިކަލުންގެ އަބުރު ގެއްލިފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން މަންދީ އާއި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެގެ މައްޗަށް ދައުވާކުރީ މިދިޔަ މާޗް މަހު އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކުގައި, ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުން […]

ހުސައިން ހަބީބް
މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ. ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން މީގެ ކުރީން ވަނީ ޖޫން މަހާއި ޖުލައި މަހު ރިޕޯޓްކޮށްފައެވެ. ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ބޮޑުވަޒީރު މި މަހުގެ 25 އިން 26 އަށް...

ޔުމްނާ ޢަލީ
ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެ

ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މިނިސްޓްރީ އޮފް ހެލްތުން ބުނިގޮތުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އެހެންކަމުން ޚިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 7265402 ނަންބަރަށް ގުޅުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ. ހެލްތުން ބުނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. ޚިދުމަތް އިޔާދަކުރެވުނުހާ އަވަ...

ޔުމްނާ ޢަލީ
ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ކަނޑައިގެން އޮޔާދަނީ ރ. އަތޮޅު މާމުނަގައު ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމެއް ކަމަށެވެ. އެމްއެންޑީއެފުން ލަފާކުރާގޮތުގައި މި ޕްލެޓްފޯމް އޮޔާދާނެކަމަށް ބެލެވެނީ ކާށިދޫ ކަނޑުތެރެއަށެވެ. ”އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަން،” އެމްއެންޑީއެފުން ބުންޏެވެ. އެ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ...

ޔުމްނާ ޢަލީ
ޑްރަގް މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފި

ޑްރަގް މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިއަދު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، 31 އަހަރުގެ އައިޝަތު ޝިޔާޒާ އާއި ހއ. ދިއްދޫ / ހަޒާރުމާގެ، 26 އަހަރުގެ ސައިފުﷲ އަޙްމަދެވެ. ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އެ ދެމީހުން ހުއްޓު...

ޔުމްނާ ޢަލީ
ފޭރުނު ބަޔަކު ތިބިތަނަށް ވަންނަން އުޅުނު ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފި

ފޭރުނު ބަޔަކު ތިބިތަނަށް ވަންނަން އުޅުނު ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފި

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި ފައިސާ ފޭރުނު ބަޔަކު ތިބިތަނަށް ވަންނަން އުޅުނު ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފިއެވެ. ފުލުހުން މިއަދު ބުނީ މާލެ، ހ. ލޮނުޒިޔާރަތްމަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި 200 ރުފިޔާ ޓްރާންސްފަރ ކުރުވި މައްސަލައެއް ފުލުހުންނަށް 18 ޖުލައި 2025 ވީ ބުރާސްފަތި ދުވަހުގެ ރޭ 23:57 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި […]

ޔުމްނާ ޢަލީ
ރައީސް އިނގިރޭސިވިލާތު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް އިނގިރޭސިވިލާތު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަސްދޮޅަސް އަހަރު ފުރުން ފާހަގަކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައިގަނޑު މަޤްޞަދުގައި ކުރެއްވި ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ...

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން މަޢުލޫމާތުދިން ގޮތުގައި، މި ބައްދަލުވުމުގައި، ރާއްޖެއަށް ކޮމަންވެލްތުން މުހިންމު ދާއިރާތަކުން އެހީތެރިކަން ދިނުން ކުރިއަށްދާނެކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި ކުދ...

ޔުމްނާ ޢަލީ