ދައުލަތުގެ ބަޖެޓުގެ މަންފާ އިންސާފުވެރިކަމާއެކު ލިބުން މުހިންމު: އާޠިފް
ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓަކީ، ހުރިހާ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިންގާ ބަޖެޓެއް ކަމަށްވާއިރު، އެ ބަޖެޓުން ކުރާ ހަރަދުތަކާއި ހިންގާ މަޝްރޫއުތައް މުޅި އާބާދީއަށް އިންސާފުވެރިކޮށް ބަހަންޖެހޭ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބޮޑު ބަޖެޓެއް ފާސްކުރަމުންދާ ކަމަށާއި، މި އަހަރުވެސް ގާތްގަނޑަކަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ބަޖެޓް ބެހިގެންދާ ގޮތް އ...