މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 205 ވަނަ ޞަފްޙާ

ތުޅާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ތުޅާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ތުޅާދޫގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ތުޅާދޫ އެއާޕޯޓްގެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށް މިއަދު ތުޅާދޫގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރި...

ޔުމްނާ ޢަލީ
ތުޅާދޫއަކީ ބ.އަތޮޅުގެ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށް: ރައީސް

ތުޅާދޫއަކީ ބ.އަތޮޅުގެ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށް: ރައީސް

ތުޅާދޫއަކީ ބ. އަތޮޅުގެ ސަރަހައްދީ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަޒްޒިލްގެ ގޮތުގައި މިއަދު ވަނީ ތުޅާދޫ އަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އައު 100 ހައުސިންގ ޔ...

ޔުމްނާ ޢަލީ
''އީޕީއޭ''ގެ ނަން ''އީއާރުއޭ'' އަށް ބަދަލުކޮށްފި

''އީޕީއޭ''ގެ ނަން ''އީއާރުއޭ'' އަށް ބަދަލުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ” (އީޕީއޭ) ގެ ނަން، “އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ” (އީއާރުއޭ) އަށް މިއަދު ބަދަލުކުރައްވައިފިއެވެ. ރައީސް މި ބަދަލު ގެނެވިފައިވަނީ ޤާނޫނުއަސާސީއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މިކަން އިޢުލާން ކުރައްވާފައިވަނީ ރައީސް އޮފީހުގެ ނަންބަރު 14/2025 ދެންނެވުމުންނެވެ. މި ބަދަލާއެކު، މި އިދާރާގެ ހިންގުމުގެ އޮނިގަނޑަށްވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން މީގެ ކުރިން ގަވަރ...

ޔުމްނާ ޢަލީ
ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ތުޅާދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިތަނުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިކަމަށް ތުޅާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަ...

ޔުމްނާ ޢަލީ
އިތުރު ހަފުތާއަކަށް މަޖިލީހުގެ ދައުރު ދަންމައިލައިފި

އިތުރު ހަފުތާއަކަށް މަޖިލީހުގެ ދައުރު ދަންމައިލައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ފާސްކޮށްފި އެވެ. މި ގޮތުން މަޖިލީހުގެ ދައުރު އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުން ވަނީ ފާސްވެފައެވެ. މަޖިލީހުގެ ދައުރު އިތުރުކުރުމަށް ނެގުނު ވޯޓުގައި ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ. ދައުރުގެ މުއްދަތު އިތުރުކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް […]

އަލީ އާދިލް
އޭދަފުށީ އިމިގްރޭޝަން އޮފީސް ހުޅުވައިފި

އޭދަފުށީ އިމިގްރޭޝަން އޮފީސް ހުޅުވައިފި

ބ. އޭދަފުށީގައި އަލަށް ގާއިމުކުރެވުނު އިމިގްރޭޝަން އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭދަފުށީގައި ފުރަތަމަ ޕާސްޕޯޓު ހެއްދި ފަރާތާ ޕާސްޕޯޓު ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިއީ މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ޚިދުމަތް ފެށުނު 11 ވަނަ އަތޮޅެވ...

ޔުމްނާ ޢަލީ
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފަށައިފި

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފަށައިފި

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މެމޮގްރަފީގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ އުރަމަތީގެ ކެންސަރު ސްކްރީނިންގ ހެދުމަށް ޚާއްޞަކޮށްފައިވާ ކޮޓަރި ބައްލަވާލައްވާފައެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކެންސަރު ބަލި ގިނަ ޤައުމަކަށްވެފައި، މި ޚިދުމަތް ފެށުމަކީ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ މުހި...

ޔުމްނާ ޢަލީ
ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް ފަށަނީ

ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް ފަށަނީ

ރާއްޖޭގެ އެކި ރަށްރަށުގައި ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލްގެ ގޮތުގައި އެ އަތޮޅު ވެރިރަށް އޭދަފުއްޓަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، ހިއްކާފައިވާ ސަރަހައްދުތަކަށް އަސާސީ ޚިދުމަތްތައް ނުލިބި ދިގު މުއްދަތެއް ވެފައިވާ މ...

ޔުމްނާ ޢަލީ
ބ.އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް އަޅަން އާރުޑީސީ އަށް

ބ.އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް އަޅަން އާރުޑީސީ އަށް

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ރޭ ހަވާލުކޮށްފިއެވެ. މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސް މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަތޮޅުގެ ވެރިރަށް އޭދަފުށީގައެވެ. މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑި...

ޔުމްނާ ޢަލީ
ކެންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވައިފި

ކެންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވައިފި

ބ. އަތޮޅު ކެންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކުރެއްވީ ރައީސް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. 56.26 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއ...

ޔުމްނާ ޢަލީ
މަސައްކަތް ކުރަނީ ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަން: ރައީސް

މަސައްކަތް ކުރަނީ ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަން: ރައީސް

ޙަޤީޤީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ ނުގަވާއިދުން ފައިސާ ބޭނުންކުރުމަށް އޮންނަ މަގުތައް ބަންދުކޮށް ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި، މަސައްކަތްޕުޅު ކުރަށްވަމުން ގެންދަވަނީ ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެންދޫ އަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވ...

ޔުމްނާ ޢަލީ
ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް އެބަދޭ: ރައީސް

ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް އެބަދޭ: ރައީސް

ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރާ ފައިސާ ބޭނުންކޮށްގެން ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް ދަތުރުކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަކޮށް ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ލިބ...

ޔުމްނާ ޢަލީ
ޕޮލިސް ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ޕޮލިސް ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމަދު އަލް ކުވައިތީއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އިސް ބޭފުޅުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާ...

އަލީ އާދިލް
ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބ. ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެރަށުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެރަށުގެ އޭޓިއެމް ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިގޮތުން ކުޑަރިކިލުގައި އަލަށް ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ....

ޔުމްނާ ޢަލީ
ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދާނީ ބާރު ދުވެލީގައި: ރައީސް

ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދާނީ ބާރު ދުވެލީގައި: ރައީސް

ބ. ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދަވާނީ ވަރަށް ގާތުން ވިލަރެސްކުރެވިގެން ބާރު ދުވެލީގައި ކަމުގެ ޔަޤީންކަން ކުޑަރިކިލުގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ރައީސް މިއަދު ބ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ފެއްޓެވި ދަތުރުފުޅުގައި މިއަދުގެ ދެވަނަ މަންޒިލެއްގޮތުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރިޔާސީ އިންތިޚާބުގައި އެރަށުގެ ރައްޔިތުންނަށް ވެވ...

ޔުމްނާ ޢަލީ