މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 204 ވަނަ ޞަފްޙާ

''ދަރިފުޅާ އަލްސަން! މިނިތްތައް ތިރިވަނީ ދަރިފުޅަށްޓަކައި، މި އަތްތައް އުފުލެނީ ދަރިފުޅަށްޓަކައި!''

''ދަރިފުޅާ އަލްސަން! މިނިތްތައް ތިރިވަނީ ދަރިފުޅަށްޓަކައި، މި އަތްތައް އުފުލެނީ ދަރިފުޅަށްޓަކައި!''

13 ޖުލައި 2025 ދުވަހުގެ ރޭ ވެރިރަށް މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު ވަނީ މި ފަނާވަނިވި ދުނިޔެއިން ވަކިވެފައެވެ. އަލްސަން ވަކިވެ ދިޔުމަކީ އަލްސަންގެ މަންމައާއި ބައްޕައާއި ރައްޓެހިންނާއި ޢާއިލާ ހިމެނޭހެން ހެޔޮއެދޭ އެތައް ބަޔެއްގެ ދެލޯ ކަރުނުން ފުރުނު ކަމެކެވެ. އަލްސަން ވަކިވެ ދިޔުމުގެ ހިތްދަތި ހަނދާންތައް އަދިވެސް އެ ހިތްތަކުގައި ވަނީ ބިންވަޅުނެގ...

ޔުމްނާ ޢަލީ
ހިތާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހިތާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބ. ހިތާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިއަހަރު އޭޓީއެމް ޤާއިމްކުރެވުނު 44 ވަނަ ރަށެވެ. ރައީސް ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހަނދާނީ ބޭންކް ކާޑެއް ރަ...

ޔުމްނާ ޢަލީ
އިގްތިސާދީ ނަފާވެރިކަން ލިބިދިނުމަށް ހިތާދޫ އަށް އެ އަތޮޅު ''މާމަޑުއްވަރީ'' ހަވާލުކުރަނީ

އިގްތިސާދީ ނަފާވެރިކަން ލިބިދިނުމަށް ހިތާދޫ އަށް އެ އަތޮޅު ''މާމަޑުއްވަރީ'' ހަވާލުކުރަނީ

ބ. އަތޮޅު ”މާމަޑުއްވަރީ” އެ އަތޮޅު ހިތާދޫ އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ، ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނުވަ ވަނަ މަޒްޒިލްގެ ގޮތުގައި ހިތާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ”މާމަޑުއްވަރީ” އަކީ ތާރީޚީ ގޮތުން ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤ...

ޔުމްނާ ޢަލީ
ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ބ. ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ. ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރ...

ޔުމްނާ ޢަލީ
ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބ. ފުޅަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމުކުރި އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މުޢިއްޒު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ އަށް ވަނަ މަންޒިލުގެ ގޮތުގައި ރޭ ވަޑައިގެންނެވި ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެއްވިއެވ...

ޔުމްނާ ޢަލީ
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ ބަންދުން ދޫކޮށްލުން ގޯސް: ހައިކޯޓް

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ ބަންދުން ދޫކޮށްލުން ގޯސް: ހައިކޯޓް

ވޭޕާއި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ފުލުހަކު ހައްޔަރު ކުރުމުން, ފުލުހުންގެ މަގާމުގެ ހުވާކޮށްފައިނުވާ ކަމަށް ބުނެ ކޯޓުގައި ވަކާލާތުކުރި ފުލުސް މީހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ތިނަދޫއިން މިދިޔަ މަހު ފުލުހަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށްފަހު އެތަނުން އީސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތިވެސް ފެނިފައިވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އެރަށު ކޯޓުން ނިންމީ...

ހުސައިން ހަބީބް
ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ބިދޭސީންތަކެއް ޑީޕޯޓް ކޮށްލަނީ

ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ބިދޭސީންތަކެއް ޑީޕޯޓް ކޮށްލަނީ

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށް އެމީހުން ޑީޕޯޓް ކޮށްލުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުތުމަގޭޝް މުރުގާން، އިންޑިއާ (32އ) އާއި ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ) އާއި ޒެނިތް ފްރެންސިސް، އިންޑިއާ (38އ) އާއި އަބްދުލް މަންނާން، ބަންގްލަދޭޝް (37އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މ...

އިބްރާހިމް ޚަލީލް
ފަތުރުވެރިކަމުން އާމްދަނީ ހޯދައިދިނުމަށް ފުޅަދޫ އަށް އިންނަފުށި ދެނީ

ފަތުރުވެރިކަމުން އާމްދަނީ ހޯދައިދިނުމަށް ފުޅަދޫ އަށް އިންނަފުށި ދެނީ

ފަތުރުވެރިކަމުން އާމްދަނީ ހޯދުއިދިނުމަށް ބ.ފުޅަދޫ ކައުންސިލަށް އެ އަތޮޅު އިންނަފުށި ހަވާލުކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަޒްޒިލްގެ ގޮތުގައި ރޭ ވަނީ ފުޅަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރަށުގެ ތަރައްޤީގައި މިވަގުތު އެންމެ ބޮޑު ޙިއްޞާއެއް އޮތީ ފަތުރުވެރި...

ޔުމްނާ ޢަލީ
ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް އެކަޑެމިކް ކަލަންޑަރު ނެރެފި

ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް އެކަޑެމިކް ކަލަންޑަރު ނެރެފި

ސްކޫލުގެ ބޮޑުޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް 2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ނެރެފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް […]

އިބްރާހިމް ޚަލީލް
ފުޅަދޫގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީ ގެނެސްދޭނަން: ރައީސް

ފުޅަދޫގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީ ގެނެސްދޭނަން: ރައީސް

ސަރުކާރުގެ ހުރިހާ ޝައުގެއް ހުރީ ބ. ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްޤީ ގެންގޮސްދެއްވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަޒްޒިލްގެ ގޮތުގައި ރޭ ވަނީ ފުޅަދޫ އަށް ވަޑައިގެންފައެވެ. ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުޅަދޫގެ ތަރައްގީގެ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމާއެކު […]

ޔުމްނާ ޢަލީ
އިތުރު 269 ޒުވާން ޚަޠީބުން ސަނަދު ހާސިލްކޮށްފި

އިތުރު 269 ޒުވާން ޚަޠީބުން ސަނަދު ހާސިލްކޮށްފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން މިއަދު ސަނަދު ހާސިލްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުންނާއި ދެވަނަ ބުރުގައި 169 ޚަ...

ޔުމްނާ ޢަލީ
''ކުދި ރަށްރަށުގައި ވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ ސިޔާސަތު''

''ކުދި ރަށްރަށުގައި ވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ ސިޔާސަތު''

ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ފެހެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ އިޚްލާޞ...

ޔުމްނާ ޢަލީ
ފެހެންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ފެހެންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ފެހެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށައިފިއެވެ. ފެހެންދޫ އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ހަތް ވަނަ މަންޒިލެވެ. ފުޅަދޫގައި ބީއެމްއެލްއިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ އެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި ރައީސް  މުޢިއްޒެވެ. މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު އެމަ...

ޔުމްނާ ޢަލީ
ގޮއިދޫ އަށް ވެވެފައިވާ ހުރިހާ ވަޢުދެއް ވެސް ފުރިހަމައަށް ފުއްދައިދޭނަން: ރައީސް

ގޮއިދޫ އަށް ވެވެފައިވާ ހުރިހާ ވަޢުދެއް ވެސް ފުރިހަމައަށް ފުއްދައިދޭނަން: ރައީސް

ބ. ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވަނަ މަންޒިލުގެ ގޮތުގައި މިއަދު ގޮއިދޫއަށް ވަޑައިގެން، ގޮއިދޫ ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ރަށާ ގުޅުންހުރި ރިޔާސީ ވަޢުދުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން ރައީސް މުޢިއްޒު ވިދާޅުވި ގޮތ...

ޔުމްނާ ޢަލީ
ގޮއިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ވެސް ފަށައިފި

ގޮއިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ވެސް ފަށައިފި

ބ. ގޮއިދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަ ވަނަ މަންޒިލުގެ ގޮތުގައި މިއަދު ގޮއިދޫއަށް ވަޑައިގެން، އެރަށުގައި އަލަށް ޤާއިމްކުރި އޭޓީއެމްގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވައި، ހަނދާނ...

ޔުމްނާ ޢަލީ