''ޙަޤީޤީ ކުރިއެރުމަކީ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން''
ޙަޤީޤީ ކުރިއެރުމަކީ ކޮންމެ މީހެއްގެ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 1447 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތުގެ މާޒީއަށް އަލިއަޅުއްވާލައްވައި، އުތީމު މަހާރަދުންނާއި، އެހެން އަބް...