ރައީސް އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފު މިއަދު ހެނދުނު ނިންމަވާލައްވައިފިއެވެ. 19 އޯގަސް 2025 (އަންގާރަ) ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި ރައީސް ވަނީ އއ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށަކަށް ކަމަށްވާ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ޒިޔާރަތް ކުރަށްވާފައެވެ. މި ދަތުރުފުޅުގައި އަންގާރަ ދުވަހު ރައީސް އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ […]