ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އިސްލާޙެއް ގެނެސް އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފިއެވެ. މިގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ “ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011″ގެ 129 ވަނަ މާއްދާ އިސްލާޙްކޮށްފައިވާ ކަމަށް ބުނެފައެވެ. މި މާއްދާގައި ކުރިން އޮންނަނީ ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު، ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތް ލިބިގަންނަން އަނ...