ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ ދެ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މިތަނުން ތިން ބިދޭސީއަކު ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އެއީ ސަރީލަންކާ އަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އަނެއް މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

Ad
rt

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަން

މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައިފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ތިން މީހުންނަކީ، ސެނިތް ހެޝަން ވިކްރަމަސިންހަ (29އ) އާއި، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. މި ތިން މީހުން ވެސް ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަން

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖަހަންގިރު ހޮސައިން، ބަންގްލަދޭޝް (35އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 9 ފުޅި (500އެމްއެލް) ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި ދެ މައްސަލަވެސް ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.