މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,859 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 194 ވަނަ ޞަފްޙާ

ޑްރަގާއި ޑްރަގް ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފި

ޑްރަގާއި ޑްރަގް ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފި

މާލެ ސިޓީގެ ގެއަކުން މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް...

ޔުމްނާ ޢަލީ
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށައިފި

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށައިފި

“ބިންވެރިޔާ ސްކީމް”ގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިންވަކިކޮށް، ބިންތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ރަސްމީކޮށް ފަށައިފި އެވެ. ހައުސިން މިނިސްޓްރީން މިރޭ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށެވެ. ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. ގޯތި...

ޔުމްނާ ޢަލީ
ސީއެސްސީގެ ނިންމުން: ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތުގައި ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ޚިދުމަތްވެސް ހިމެނޭނެ

ސީއެސްސީގެ ނިންމުން: ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތުގައި ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ޚިދުމަތްވެސް ހިމެނޭނެ

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ މައި ހިއްސާ ހިމެނޭ ކުންފުނިތަކުގައި ކުރި ޚިދުމަތް ވެސް ގުނަން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނިންމައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ އިރު، ޚިދުމަތުގެ މުއްދަތު ގުނުމުގައި މިހާތަނަށް ބަލަމުންއަންނަ ސަރުކާރުގައި ޚިދުމަތްކޮށްފައިވާ މުއްދަތުގެ އިތުރުން، ސިވިލް ސަރވިސްގައި ނުހިމެނޭ، ދައުލަތުގ...

ޔުމްނާ ޢަލީ
ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ބެއިޖިންގ ގެ ޓިއަނަންމެން ސްކޮއަރ ގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވީ ޗައިނާގެ ރައީސް، ޝީ ޖިންޕިންގ ގެ ދަޢުވަތަކަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަރިހުގައި އެޤައ...

ޔުމްނާ ޢަލީ
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ މިފަހަރު ވެސް 5 ޕާޓީއަކަށް

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ މިފަހަރު ވެސް 5 ޕާޓީއަކަށް

ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ. އީސީން މިއަދު ބުނެފައިވަނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން މިއަހަރުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވަނީ 5 ޕާޓީއެއްގައެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ...

ޔުމްނާ ޢަލީ
ރާއްޖެ-ޗައިނާ: 11 ދާއިރާއަކުން އެއްބާރުލުންދިނުމަށް އެއްބަސްވެއްޖެ

ރާއްޖެ-ޗައިނާ: 11 ދާއިރާއަކުން އެއްބާރުލުންދިނުމަށް އެއްބަސްވެއްޖެ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 11 އެކި ދާއިރާއަކުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކުގައި މިއަދު ސޮއިކޮށްފިއެވެ. ޗައިނާގެ ބެއިޖިންގްގައި ހުންނަ ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތުގައި މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންގަންނަވާފައެވެ. ދެ ޤައުމުގެ މެދުގައި މިއަދު ސޮއިކުރެވުނު 11 ފަހުމުނާމާގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީ ތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބ...

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީ ޝީ އާ ބައްދަލުކުރަށްވައިފި

ރައީސް މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީ ޝީ އާ ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއްކަމުގައިވާ ލީ ޝީ އާ ބައްދަލުކުރައްވައިފިއެވެ. ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ޗައިނާގެ ކޮމިއުނިސ...

ޔުމްނާ ޢަލީ
ރާއްޖެ-އަޒަރުބައިޖާން އިޤުތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރަން މަސްވަރާކޮށްފި

ރާއްޖެ-އަޒަރުބައިޖާން އިޤުތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރަން މަސްވަރާކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ. ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ރައީސް މުޢިއްޒު، އަޒަރުބައިޒާންގެ ރައީސް އަލިޔޭވްއާއެކު ބޭއްވެވި ބައ...

ޔުމްނާ ޢަލީ
ނޫސްވެރިންނަށް އިންޒާރު ދޭތީ މައްސަލަ ބަލަން ފާސްކޮށްފި

ނޫސްވެރިންނަށް އިންޒާރު ދޭތީ މައްސަލަ ބަލަން ފާސްކޮށްފި

ނޫސްވެރިންނަށް މަރުގެ އިންޒާރު ދެމުންދާކަމަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން، ކޮމިޓީއަށް ނޫސްވެރިން ހާޒިރުކޮށް އެފަރާތްތަކުގެ ހިޔާލު މިއަދު ވަނީ އަޑުއަހާފައެވެ. މި ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ އެމީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ވާހަކައާއި، ސޯޝަލް މީޑިއާގައި އެމީހު...

އިބްރާހިމް އަސްވާޤް
ފަލަސްތީނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައި: ރައީސް

ފަލަސްތީނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައި: ރައީސް

ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައި ކަމަށާއި، ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރަށްވައިފިއެވެ. ރައީސް މި އިލްތިމާސް ކުރެއްވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި “އެސް.ސީ.އޯ ޕްލަސް” ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއް...

ޔުމްނާ ޢަލީ
ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ

ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެއެވެ. ކޮލަމާ ބޯޓުގެ ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު (ސައީދުބެ) ނިޔާވެފައިވާ ކަމަށް ގއ. ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މި ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މިއަދު 13:35 ހާއިރުއެވެ. ބޯޓު ފެނުމުން ކެޕްޓަން ވަނީ ފުލުހުންގެ ލޯންޗެއްގައި ފަރުވާދިނުމަށް ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ […]

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ

ކޮލަމާ” ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ލ. އަތޮޅުން ރޭ ފުރި ކޮލަމާ ބޯޓު ގެއްލިގެން އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު ހަވީރުއެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ. ފުލުހުން ބުނީ، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު މެންދުރު 13:25 ހާއިރު ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަަހއްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް […]

ޔުމްނާ ޢަލީ
އުރީދޫ އެޕްގެ ޑިޖިޓަލް މަސް ރޭހުގައި ބައިވެރިވެގެން ހައި ފިޝިން ޓެކްލްސް ގެ ހާއްސަ އިނާމުތަކެއް!

އުރީދޫ އެޕްގެ ޑިޖިޓަލް މަސް ރޭހުގައި ބައިވެރިވެގެން ހައި ފިޝިން ޓެކްލްސް ގެ ހާއްސަ އިނާމުތަކެއް!

އުރީދޫ މޯލްޑިވްސްއިން ބާއްވަމުން އަންނަ ފޯރިގަދަ މަސް ރޭހަށް މުޅިން އައު އުފެއްދުމެއް ތަޢާރަފުކޮށްފިއެވެ. އެއީ އުރީދޫ އެޕްގައި ކުޅެވޭގޮތަށް ތަޢާރަފުކޮށްފައިވާ މަސް ރޭސް ޑިޖިޓަލް ގޭމެވެ. މި ގޭމް މެދުވެރިކޮށް ރާއްޖޭގެ މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތުގައި އިތުރު ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ގޭމް ކުޅެވެން ހުންނާނީ 3 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 އާ ހަމައަށެވެ. ކުޅުންތެރިންނަށް ކޮންމެ ވަގުތެއްގައިވެސް، ކޮންމެ ތަނެއްގައި ހުރެގެންވެސް މި ގޭމް […...

އިބްރާހިމް އަސްވާޤް
ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދު ރާއްޖެ-ނޭޕާލް މަޝްވަރާކޮށްފި

ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދު ރާއްޖެ-ނޭޕާލް މަޝްވަރާކޮށްފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާއި ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ. ޗައިނާގެ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އަދި ތަޢުލީމީ ދާއިރާއާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވ...

ޔުމްނާ ޢަލީ
ޢާއިލާތަކުގައި ލޯބި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް

ޢާއިލާތަކުގައި ލޯބި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް

ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ މާމަ ކާފަ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވިގޮތުގައި، ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެކެވެ. ”މި އުފާވެރި ދުވަހު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ،...

ޔުމްނާ ޢަލީ