މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 164 ވަނަ ޞަފްޙާ

މޯލްޑިވްސް 2.0 މަޝްރޫޢު: އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް އިފްތިތާޙުކޮށްފި

މޯލްޑިވްސް 2.0 މަޝްރޫޢު: އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް އިފްތިތާޙުކޮށްފި

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކޮށް، ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ބަރސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެ...

ޔުމްނާ ޢަލީ
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވައިފި

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވައިފި

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެއާޕޯޓް ސަރަހައްދުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމަށްފަހު ހުޅުވައިދެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގަތެވެ. ހ...

ޔުމްނާ ޢަލީ
15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި

15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި

ރާއްޖޭގައި ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ހިނގާ މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލު ފާސްކޮށްފައި ވަނީ 05 ނޮވެންބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ […]

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓު ހުޅުމުގެ ރަސްމިޔާތަށް މޯދީގެ ހާއްސަ މަންދޫބެއް

ހަނިމާދޫ އެއާޕޯޓު ހުޅުމުގެ ރަސްމިޔާތަށް މޯދީގެ ހާއްސަ މަންދޫބެއް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގަންނަވައިފިއެވެ. މިނިސްޓަރު ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޚަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ. ފޮރިން މިނިސްޓްރީީން ބުނިގޮތުގައި މިނިސްޓަރު ކިންޖަރާޕޫ ރާމް މޯހަން ނައިޑޫގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ހަނިމާދ...

ޔުމްނާ ޢަލީ
އެއާޕޯޓު ހުޅުވުމަށް ހަނިމާދޫގައި މިރޭ ހަވާއަރުވަނީ

އެއާޕޯޓު ހުޅުވުމަށް ހަނިމާދޫގައި މިރޭ ހަވާއަރުވަނީ

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ހުޅުވުމާއި ގުޅުވައި ހަވާ އެރުވުން ވެސް އޮންނާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ‏ހަނިމދޫގައު ހަވާ އިރުވާނީ މި ރޭ 20:30 ހާއިރު ގާތްގަނޑަކަށް 3 މިނެޓެއް ހާއިރަށެވެ. މި ރަސްމިއްޔާތު ފަށާނީ މިރޭ 19:30 ގައެވެ. ހަނިމާދޫ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވުން މިރޭ...

ޔުމްނާ ޢަލީ
ހަނިމާދޫ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވުން މިރޭ

ހަނިމާދޫ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވުން މިރޭ

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ހުޅުވަން ނިންމާފައިވާއިރު، އެކަމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހަނިމާދޫ ކައުންސިލުން އެދިއްޖެއެވެ. މި ރަސްމިއްޔާތު ފަށަން ނިންމާފައި ވަނީ މިރޭ 19:30 ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2...

ޔުމްނާ ޢަލީ
އެމްޑީޕީން ނޮވެމްބަރު 17 ގައި ބާއްވަން ނިންމި މުޒާހަރާ ފަސްކޮށްފި

އެމްޑީޕީން ނޮވެމްބަރު 17 ގައި ބާއްވަން ނިންމި މުޒާހަރާ ފަސްކޮށްފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ރޭވި މުޒާހަރާ ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. މިދިޔަ އޮކްޓޫބަރު މަހު ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަރުކާރަށް ވަނީ ކަންތައްތަކެއް ޑިމާންޑުކޮށްފަ އެވެ. އަދި އެ ކަންތައްތައް ނުފުއްދާ ނަމަ، މި މަހުގެ 17 ވަނަ ދުވަހު އިތުރު ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް، […]

ޔުމްނާ ޢަލީ
އެމްއެންޑީއެފުން ޑްރޯން ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް

އެމްއެންޑީއެފުން ޑްރޯން ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދަނިކޮށް އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ. މިގޮތުން ލަންކާގެ ނޫސްތަކުން ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ ސަރަޙައްދުން ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އަދި “އައިސް” (ކްރިސްޓަލް މެތަމްފެޓަމައިން) އާއެކު ސްރީލަންކާ މަސް ބޯޓެއް ދިވެހި ސި...

ޔުމްނާ ޢަލީ
މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިޔާދަކުރައްވައިފި

މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިޔާދަކުރައްވައިފި

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރެއްވި އެއް ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން އިޔާދަކޮށްދެއްވައިފިއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓު 27 އޮކްޓޯބަރުގައި މަޖިލީހުން ފ...

ޔުމްނާ ޢަލީ
އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރި މުޖުތަމައުއެއް އުފެއްދުމަށް ޤައުމީ ކެމްޕޭނެއް

އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރި މުޖުތަމައުއެއް އުފެއްދުމަށް ޤައުމީ ކެމްޕޭނެއް

ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރެވިފައިވާ މުޖުތަމައުއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެއްދުމުގެ މަޤްސަދުގައި ހިންގޭ ޤައުމީ ކެމްޕެއިން “ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން” މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށް ކ. ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ރައިސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދަ މުޙައްމަދެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ އާދ...

ޙުސައިން ޝަހުދީ
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަކަށް އަރައި އަޑިއަށްދަނީ

މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަކަށް އަރައި އަޑިއަށްދަނީ

މާލެއިން ގދ. ފަރެސްމާތޮޑާއަށް މުދާ ބަރުކޮށްގެން ދަތުރުކުރި ‘ފަހިރޯޅި’ ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރި ފަރަކަށް އަރައި، ބޯޓު އަޑިއަށްދާން ފަށައިފިއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 12 މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށް، ފެލިދޫއަށް ގެންގޮސްފައެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ 7 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ފަތިހު 05:01 ހާއިރު ކަމަށެވެ. ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު […]

ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، ‘ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026’ ރަސްމީކޮށް ނެރެފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ގައިޑަކީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރެފައިވާ މުހިންމު ވަސީލަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ދުނިޔޭގެ މާކެޓުތަކުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ގޮތުގައި އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި ގައިޑު ނެރުމުގެ ރަސްމިއ...

ޔުމްނާ ޢަލީ
މަކުނުދޫ "ސުއްކަތުރާ" ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލި ނެގުން މަނާ

މަކުނުދޫ "ސުއްކަތުރާ" ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލި ނެގުން މަނާ

ހދ. މަކުނުދޫ “ސުއްކަތުރާ” ސަރަހައްދު ފިޔަވައި އެހެން ހުރިިހާ ސަރަހައްދަކުން ވެލި ނެގުމަކީ މަނާކަމެއްކަން މަކުނުދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ. މިކަމާ ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަކުނުދޫ ކައުންސިލްގެ 5 އަހަރު ތަރައްޤީ ޕްލޭނުގައި ވެލިނެގުމަށް ކަނޑައެޅިފައިވާ ސަރަހައްދަކީ ހަމައެކަނި “ސުއްކަތުރާ” ކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ވެލި ނެގުމަށް ޚާއްސަކޮށްފައިވާ މި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލިނަގަމުން ދާކަމަށް އެ ކައުނ...

އައިޝަތު އައިނީ އާމިރު
''އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ފުރިހަމަ ނިޒާމެއް''

''އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ފުރިހަމަ ނިޒާމެއް''

އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް ކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި ބުނެފިއެވެ. “ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން” މި މައުޟޫއަށް ގެނެސްދިން ހުތުބާގައި ވަނީ އިސްލާމްދީނުގެ ފުރިހަމަކަން ފާހަގަކޮށް، ބާއްޖަވެރިކަން ހޯދުމުގައި އެ ދީނުގެ މުހިންމުކަން ބަޔާންކޮށްފައެވެ. ހުތުބާގައި ބުނެފައި ވަނީ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށެވެ. އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނި...

ޔުމްނާ ޢަލީ
ރާއްޖެ ސަރަހައްދަށް ވަގަށް ވަތް ތިން ބޯޓެއް އަތުލައިގެންފި

ރާއްޖެ ސަރަހައްދަށް ވަގަށް ވަތް ތިން ބޯޓެއް އަތުލައިގެންފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ތިން ބޯޓެއް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ކޯސްޓްގާޑުން އަތުލައިގެންފިއެވެ. މި ބޯޓުތައް ހިފެހެއްޓީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ހިންގާ ޕެޓްރޯލް މަސައްކަތުގެ ތެރެއިންނެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ބޯޓެއް ފާހަގަކުރެވުމާ ގުޅިގެން، އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެނ...

ޔުމްނާ ޢަލީ