2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ކަލަންޑަރުގައި ހިޖުރީ ތާރީޚު ހިމަނަންވީ ގޮތުގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއިން އާންމުކޮށްފިއެވެ. މިކަން ޢާންމުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިއްޔެ ވަނީ ގެޒެޓުގައި އިޢުލާންކޮށްފައެވެ. މި އިއުލާނުގައި 2020 ވަނަ އަހަރު ރާއްޖެއަށް ފެންނާނެ ކޭތަތަށް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ދެން އަންނަ އަހަރު ދެ ހަނދުކޭތައަކާއި އެއް އިރު ކޭތަ ހިފާނެއެވެ. 10 ޖަނަވަރީ 2020 ވާ ހުކުރު ދުވަހުގެ ރޭ ފަނޑުހިޔަނީގެ ހަނދު ކޭތައެއް ހިފާނެއެވެ. […]
އަބްދުﷲ ޝަފީޢު
ޝަރީޢަތް ކުރުމުގެ ހުނަރު ނެތްނަމަ އެޝަރީޢަތުން ފެންނާނެ އުނިކަން ގިނަވާނެކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ފާޑު ވިދާޅުވެއްޖެއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށް ހެކިބަސް […]
އިބްރާހިމް އަސްވާޤް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ފަށާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭ ހުރަވީ ސްކޫލުގައެވެ. މި ކޮންފަރެންސަކީ ކައުންސިލަރުންނަށް ލާ މަރުކަޒީ ނިޒާމަށް ފުރިހަމަ ބާރުތައް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު ދިނުމަށާއި އެ ބަދަލުތަކާއިމެދު އެބޭފުޅުންގެ ޚިޔާލު ހޯދުމަށް ބާއްވާ ކޮންފަރެންސެކެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާ...
އިބްރާހިމް އަސްވާޤް
ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓު ކައުންސިލުތަކަށް ހާއްސަކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށަން ހުޅުމާލޭ ހުރަވީ ސްކޫލްގައި އޮތް ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި، ދައުލަތުގެ އާމްދަނީގެ %5 ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެކަމަށާއި ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ...
އަބްދުﷲ ޝަފީޢު
މި ޖަޒީރާވަންތަ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެންކަމަށާއި، ސަރުކާރުން ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މާލީ ގޮތުން ލާމަރުކަޒުކޮށް އަދި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައަޅައި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. “އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019” ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއް...
އަބްދުﷲ ޝަފީޢު
ޝަރީޢަތަށް ހެކިބަސްދީ ފައިވާ ހެކިވެރިޔާގެ ހެކިބަހަށް އަނެއް ހެކިވެރިޔާ ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ހިނގަމުންދާ ޝަރީޢަތަށް ނުރަނގަޅު ނުފޫޒު ފޯރާނެ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހެކިވެރިއެއްގެ ގޮތުން ދައުލަތުން ހުށަހެޅި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ޝަރީއަތުގައި ހެކި ބަސް ދެއްވަން އުޒުރުވެރިވެވަޑައިގެނ...
އިބްރާހިމް އަސްވާޤް
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އުދައިގެ އަސަރުކޮށްގެން މިއަދުވެސް ދެ ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން އދ. ދިއްދޫއާއި ޅ. ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވާތީ، ރަށު ތެރެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމ...
އިބްރާހިމް އަސްވާޤް
ރާއްޖެއަށް މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރީއިން ހާމަކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީއިން ބުނީ މިދިޔަ ޖުލައި މަހު ރާއްޖެ އަށް 132،144 ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ އަށް ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު މިއީ މިދިޔަ އަހަރަށް ވުރެ 17.2 ޕަސެންޓްގެ ކުރި އެރުމެކެވެ. […]
އިބްރާހިމް އަސްވާޤް
އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. “ރައްޔިތުންގެ ބާރު – ލާމަރުކަޒީ ހިންގުން” މިނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ފެށި މަހާސިންތާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ކައުންސިލްތައް ހިންގުމަށްޓަކައި ލިބެންޖެހޭ މާލީ ބާރުވެރިކަން އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް...
އިބްރާހިމް އަސްވާޤް
ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި ސިޔާސީ ބާރުތައް މާލޭގައި އެކަނި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށްދީ، ރައްޔިތުން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީގެ އެގްޒެކެޓިވް މެނޭޖަރު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ. އެއިގެ އިތުރުން މަރިޔަމް ޝިއުނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމަށް އިހުމާލުވެފައިވާކަމަށެވެ. އެގޮތުން މި ނިޒާމާ ގުޅޭ ޕޮލިސީތަކާ ގުޅޭގޮތުން ކުރ...
އިބްރާހިމް އަސްވާޤް
ބޭރު ގައުމުތަކުން ލިބުނު އެހީތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަޕްލިމެންޓްރީ ބަޖެޓް މަޖްލީހަށް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓަރީ ބަޖެޓް ފޮނުވާފައިވަނީ މިއަދު އެވެ. ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ފޮނުވި ނަމަވެސް އެ ބަޖެޓާ ގުޅޭ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ އަށް ވުރ...
އިބްރާހިމް އަސްވާޤް
ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭ ދެ ވަނަ މަހާސިންތާ ފަށައިފިއެވެ. މި މަހާސިންތާ ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމަހާސިންތާގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ބައިވެރިވެއެވެ. ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި މިނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މި...
އިބްރާހިމް އަސްވާޤް
ނ. ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި އެވެ. ހޮޅުދޫގައި މި ފިޓްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ އެ ރަށަށް ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ މޫސާ އިބްރާހީމް އެވެ. ހޮޅުދޫ ރައްޔިތުންނަށް އެ ރަށުގައި ފިޓްނަސް ސެންޓަރެއް ހުޅުވިއިރު، މިއީ ނ. އަތޮޅުގައިވެސް އަމިއްލަ ފަރާތަކުން އިސްނަގައިގެން ފިޓްނަސް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. ހޮޅުދޫ ރައްޔިތުންނަށް ފިޓްނަސް ސެންޓަރެއް އެ ރަށުގައި ހުޅުވި މޫސަ ބުނީ މި ސެންޓަރަކީ ހޮޅުދޫގެ މުޖުތަމައަށް އެތަށް […...
Thiladhun
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހއ. އުލިގަމުގައި ހަދަން އުޅުނު 100 އެނދުގެ ހޮޓަލާ ގުޅޭ ކަންކަމަށް ކުރި ހަރަދު ދެނެގަތުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ. މި ހޮޓާ ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ހަވާލުކުރީ ފެބްރުއަރީ 27، 2007 ގަ އެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުގެންދެވި އެންމެ ފަހުން ޖުލައި 21، 2015 ގައި ވަނީ އެ އެގްރީމެންޓް އުވާލައިފަ އެވެ. އެމްޓީޑީސީން އުލިގަމުގައި ތަރައްގީ […]
Thiladhun
ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ. އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެޑިއުކޭޝަންގެ ދަށުން ހިންގާ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރަން އެ ސްކޫލަކަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކުރަން ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދ...
Thiladhun