ޖާބިރު އެދިލެއްވީ ދެ އިންތިހާބު އެއް ދުވަހެއް ބޭއްވުމުން ގެއްލުންވާ ސަބަބުތައް ކިޔައިދިނުމަށް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ވިދާޅުވަމުން އަންނައިރު، ރައްޔިތުންނަށް މިކަމުން ވާނެ ގެއްލުމުގެ ތަފްސީލުތައް ވިދާޅުވެދެއްވުމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު، އިދިކޮޅު އެމްޑީޕީގެ އިސްވެރިންނަށް ގޮވާލައްވައިފި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތް “ދިވެހިންގެ ރާއްޖެ” ޕްރޮގްރާމުގައި ރ...