ދެން ދެ އަހަރު ފުރުމާ ހަމައަށް ދަރިފުޅު ބެލުމަށް ވަގުތު ލިބޭނެ
ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި އިޞްލާޙުގެ ދަށުން ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނިމިގެން ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ކަނޑައެޅުމެވެ. މިއީ މަސައްކަތްކުރާ މައިންބަފަ...