މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1095 ވަނަ ޞަފްޙާ

އަލިފުށީގައި ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފި

އަލިފުށީގައި ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް ނޯރދާން އޭރިޔާގެ ސިފައިން އޯމް އެންޑް ކިޗަން ފަޔަރ ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ރ. އަލިފުށިގައި ހިންގައިފިއެވެ. މި ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތަކުގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ބަލައި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. 53 މީހު ބައިވެރިވި މި ޕްރޮގްރާމުގައި މާޢުލޫމާތު ދީފައިވަނީ  އެމްއެންޑީއެފް ފަޔަރ އެންޑް ރ...

އިބްރާހިމް އަސްވާޤް
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިރޭ 21:30 އިން ދަންވަރު 01:30 އާއި ހަމައަށް ދިގުލައިގެން ދާނެ މި ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށެވެ. މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނޭ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ […]

އިބްރާހިމް އަސްވާޤް
ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް: ފެނަކަ ކޯޕަރޭޝަން

ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް: ފެނަކަ ކޯޕަރޭޝަން

ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ. ފެނަކައިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޮންލައިން ނޫސް، “ދިޔަރެސް” ގައި 26 ނޮވެމްބަރ 2019 ވަނަ ދުވަހު “ފެނަކައިގެ ކޮރަޕްޝަން މައްސަލައެއް އޭ.ސީ.ސީ ގައި ފައިލްކޮށްފި” މި މައުޟޫޢުގެ ދަށުން އެއްވެސް އަސާސެއްނެތި، ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅި، ކުންފުނީގެ އަގުވެއްޓޭގޮތަށް ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ދަންނަވަމެވެ. އިސްވެ ދެންނެވުނު ލިޔުމަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެނ...

ޔުމްނާ ޢަލީ
މަޖިލީހުގެ ފަހު ދައުރު އިތުރުކުރުމަށް ފާސްކޮށްފި

މަޖިލީހުގެ ފަހު ދައުރު އިތުރުކުރުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެފަހު ދައުރު ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މިއަހަރުގެ ތިންވަނަ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގައި އަދިވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ހުރުމާއެކު ޑިސެމްބަރު 5 ވަަނަ ދުވަހާއި ހަމައަށް ދައުރު އިތުރުކުރުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ. މަޖިލީހުގެ މި ދައުރުގައި ނިންމުމަށް ހަމަޖެހި...

ޔުމްނާ ޢަލީ
ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަޅުވަކަރު މިސްކިތް އަލުންރާވާ ސަރައްޙައްދަށް ޒިޔާރަތްކުރެއްވައި މިސްކިތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހަވީރު އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި މިސްކިތް ރޭވުމުގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލެއްވުމުގެ އިތުރުން މި މަޝްރޫޢާބެހޭ މައުލޫމާތު މި މަސައްކަތުގައި އިސްކޮށްހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ހޯއްދެވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެ...

އިބްރާހިމް އަސްވާޤް
ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވައިފި

ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، މަސައްކަތްތެރީންގެ ހުނަރު ދައްކުވައިދޭ “ފަންނު އެކްސްޕޯ 2019″، މައުރަޒު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލެއްވުމަށް މިއަދު ހަވީރު ދަރުބާރުގެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، އެ ސަރަޙައްދުގައި ހުރި މައުރަޒުގެ ގިނަ ސްޓޯލްތައް ބައްލަވާލައްވައި މަސައްކަތްތެރީންނާއި ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން ފަންނު އެކްސްޕޯގައި ދައްކާލަން ބަހައްޓާފައިވާ ސަޤާފަތާއި ދިވެހިވ...

އިބްރާހިމް އަސްވާޤް
ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނެސްފި

ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނެސްފި

ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި ކަމަށް އެފަރާތުން ބުނެފިއެވެ. ޏ.ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ހަތް މީހުންނާއެކު ދަތުރުކުރަމުނ...

އިބްރާހިމް އަސްވާޤް
80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި

80 އިސްލާހާއެކު ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިސްލާހުތައް ހުށަހެޅީ އެމްޑީޕީ، އެލްޖީއޭ، އެޗްއާރުސީއެމް، އޮޑިޓާޖެނެރަލް، އީޕީއޭ، ޓްރާންސް ޕޭރެންސީ، ހޯޕްފޯ ވިމެންގެ ފަރާތުން ކަމަށާއި އެގޮތުން ޖުމުލަ 80 އިސްލާހާއެކު ލާމަރުކަޒީ ބިލު މިއަދު ކޮމިޓީން ފ...

ފާތިމަތު ސިނާޒާ
ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް އައިޖީއެމްއެޗްގައި ތައާރަފްކޮށްފި

ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް އައިޖީއެމްއެޗްގައި ތައާރަފްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގެ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތައާރަފް ކޮށްފިއެވެ. ޕާރސަނަލް ރޭޑިއޭޝަން މޮނިޓަރިންގް ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތަޢާރަފް ކޮށްފައި ވަނީ އައި.ޖީ.އެމް.އެޗްގެ ޑިޕާޓްމަންޓް އޮފް ރޭޑިއޮލޮޖީ އިން އިސްނަންގަވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ. މިއީ މުޅި ރާއްޖޭގައި ޕާރސަނަލް ރޭޑިއޭޝަން ބެޖް ތައާރަފް ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މި ބެޖް އަކީ ރޭޑިއޭޝަން އާއި ގުޅުން ހުރި މަސައްކަތްކުރާ މުވައްޒަފުން ރ...

ފާތިމަތު ސިނާޒާ
މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ

މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީ ކުރި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސް، ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އަންނަމަހު އެއްވަނަ ދުވަހު އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިފައިވާއިރު ހަމަ އެދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މާފަރު އެއަރޕޯޓުން ފަށާނެކަމަށްވެސް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ. މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި...

ފާތިމަތު ސިނާޒާ
އިސްލާމިކް މިނިސްޓަރުގެ ހާއްސަ ހަދިޔާއެއް 6 އަހަރުގެ ހާފިޒް ޔޫސުފަށް

އިސްލާމިކް މިނިސްޓަރުގެ ހާއްސަ ހަދިޔާއެއް 6 އަހަރުގެ ހާފިޒް ޔޫސުފަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުމުރުން އެންމެ ހަ އަހަރުގައި ޤުރްއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ބައްދަލުކުރައްވައި، ޔޫސުފްއަށް ހާއްސަ ހަދިޔާއެއް ދެއްވާ ހިތްވަރާއި ސާބަސް ދެއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 6 އަހަރުގައި ޔޫސުފް ބިން މާޒިން ޤުރްއާން ހިތުދަސްކޮށްފައިވާތީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ، ބައްދަލުކުރައްވާ ހިތްވަރުދެއްވާފައިވާ ކަމަށެވެ. މިނިސްޓަރ ޔޫސުފް އާއިއެކު ބ...

އިބްރާހިމް އަސްވާޤް
13 އަހަރުގެ ކުއްޖާ ކައިވެނިކުރިކަން އެނގޭކަށް ނެތް: ޖެންޑަރ މިނިސްޓްރީ

13 އަހަރުގެ ކުއްޖާ ކައިވެނިކުރިކަން އެނގޭކަށް ނެތް: ޖެންޑަރ މިނިސްޓްރީ

ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި ގުޅިފައިވާކަން ތަހުޤީގަށް އެނގެން ނެތްކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރެއްވައިފިއެވެ. ޤާނޫނީ ހަމަތަކާ ޚިލާފަށް އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ގެންގުޅޭކަމަށް ބުނާ މައްސަލާގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނުގައިވަނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމު ކޮށްފައިވާކަމުގެ މަޢުލޫމާތު 2018 ވަނ...

އިބްރާހިމް އަސްވާޤް
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅުން ޢައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ ފުއާދު ތައުފީޤް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް، ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު މިއަދު ޢައްޔަންކުރައްވައިފިއެވެ. މި ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއ...

އިބްރާހިމް އަސްވާޤް
ހާލަތު ބަދަލުކުރުމުގައި ހުރިހާ ބާރެއް އޮތީ ޒުވާން ލީޑަރުންގެ މައްޗަށް: ޢިމްރާން

ހާލަތު ބަދަލުކުރުމުގައި ހުރިހާ ބާރެއް އޮތީ ޒުވާން ލީޑަރުންގެ މައްޗަށް: ޢިމްރާން

ރާއްޖޭގެ މިއަދު ހާލަތު ބަދަލުކުރުމުގައި ހަޤީޤަތުގައި ހުރިހާ ބާރެއް އޮތީ ޒުވާން ލީޑަރުންގެ މައްޗަށްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ މިއަހަރުގެ އަހިންސާ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ ނަތީޖާ ފާޅުކުރުމަށާއި، ދަރިވަރުންގެ ޔޫނިއަންގެ އިސްވާރުންނަށް އިނާމް ދިނުމަށް ރޭ ޔުނިވަރސިޓީގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން...

އިބްރާހިމް އަސްވާޤް
ވަޒީފާއެއް ހޯދަނީތަ؟ އަވަހަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރޭ!

ވަޒީފާއެއް ހޯދަނީތަ؟ އަވަހަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރޭ!

ވަޒީފާ ބޭނުންވާ ފަރާތްތަކާއި، ލިބެން ހުރި ވަޒީފާތަކުގެ މައުލޫމާތު އެނގޭގޮތަށް ސަރުކާރުން ހެދި “ޖޮބް ސެންޓަރު” ގެ ވެބްސައިޓަކީ މިކަމަށް އޮތް ހައްލެވެ. މިއީ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހަ އެކެވެ. ކުރިއަށް އޮތް ތަނުގައި މި ޕޯޓަލް ވެގެންދާނީ ވަޒީފާ ހޯދާ ފަރާތްތަކުން ވަޒީފާ ބޭނުންވެގެން އެންމެ ފުރަތަމަ ބޭނުންކުރާ ޕޯޓަލް އަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓަރު މި ވެބްސައިޓް ލޯންޗްކުރި ރަސްމިއްޔާތުގައި ވިދާޅުވި އެވެ. […]

ޔުމްނާ ޢަލީ