މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1094 ވަނަ ޞަފްޙާ

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާ: ރައީސް

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާ: ރައީސް

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާކަމާމެދަކު ޝައްކެއްނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު ގައެވެ. މީގެ އިތުރުން ޚިޠާބުގައި ބުނެފައިވަނީ ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭ އެއްޗަކީވެސް އިސްލާމީ ޢަޤީދާއެވެ. އެހެންކަމުން، އިސްލާމް ދީނުގެ އެންމެ މުހިނ...

އިބްރާހިމް އަސްވާޤް
"ލާމަސީލު ޒުވާނާ" ގެ ނަމުގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނީ

"ލާމަސީލު ޒުވާނާ" ގެ ނަމުގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނީ

“ލާމަސީލު ޒުވާނާ” ގެ ނަމުގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ ދެމެދު މިކަމާއިހުޅޭ ފަހުމުނާމާ އެއްގައި ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކުރުމަށް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މިނިސްޓްރ...

އިބްރާހިމް އަސްވާޤް
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި

ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ. ޕްރޮސިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވާ ތާރީޚަކީ، 1 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ޕްރޮސިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު،www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނ...

އިބްރާހިމް އަސްވާޤް
ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި 4 ބޭފުޅަކު ޢައްޔަންކުރައްވައިފި

ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި 4 ބޭފުޅަކު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި ހަތަރު ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ؛ 1- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ނަސީމާ މުޙައްމަދުކަލޭފާނު، ހ. މާގިރި 2- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް 3- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޞާދިޤު، ހ. އާމުލީގ...

އިބްރާހިމް އަސްވާޤް
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖޫރިމަނާ

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖޫރިމަނާ

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން، މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ. އެކޯޓުން މިކަން ނިންމީ މިއަދު ކުރިއަށްދިޔަ މިމައްސަލައިގެ އެންމެފަހު އަޑުއެހުމުގައެވެ. ރައީސް ޔާމީންގެ މައްޗަށް މިދަޢުވާ ދައުލަތުން އުފުލީ، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ.ވޮޑަމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން އެމެރިކާ ޑޮލަރު ޔާމީންގެ އަމ...

ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓަރ އަތޮޅުތަކަށް

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓަރ އަތޮޅުތަކަށް

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ބައްދަލުވުންތަކެއް އަތޮޅުތަކުގައި ބާއްވަން ނިންމާ އެބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުމަށް ނ. ރ. އަދި ޅ. އަތޮޅަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފުރާވަޑައިގެންފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކައުންސިލުތަކުން ކަންބޮޑުވުންތަކެއް ލިބެމުން ގޮސްފައިވާތީ އެ ދަތުރުގައި އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވާނެ...

އިބްރާހިމް އަސްވާޤް
އެސް.ބީ.އައި އިން ފުލުހުންނަށް ވެހިކަލެއް ހަދިޔާކޮށްފި

އެސް.ބީ.އައި އިން ފުލުހުންނަށް ވެހިކަލެއް ހަދިޔާކޮށްފި

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޯރުކޮށްދެމުންދާ ސެކިއުރިޓީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ވެހިކަލެއް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއް މި ވެހިކަލް ފުލުހުންނާ ހަވާލުކޮށްދެއްވީ ސްޓޭޓް ބޭންކު އޮފް އިންޑީއާގެ ކަންޓްރީ ހެޑް އަދި ސީއީއޯ އަމްރިތޭޝް މޯހަން އެވެ. ފުލުހުންގެ ފަރާތުން މި ވެހިކަލްއާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީ...

އިބްރާހިމް އަސްވާޤް
ބޮޑު ޗުއްޓީއާ ދިމާކޮށް ނައިޓް މާކެޓް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

ބޮޑު ޗުއްޓީއާ ދިމާކޮށް ނައިޓް މާކެޓް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

ބޮޑު ޗުއްޓީއާ ދިމާކޮށް ނައިޓް މާކެޓް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. ނައިޓް މާކެޓް ބޭއްވޭނީ އަންނަ ޑިސެންބަރު މަހުގެ 10 އިން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ދެމެދުކަމަށާއި އެގޮތުން، މި މުއްދަތުގައި ނައިޓް މާކެޓް ކުރިއަށް ގެންދެވޭނީ ހަތް ދުވަހަށް ވުރެ އިތުުރު ނުވާނެ ގޮތަކަށް ކަމަށް ސިޓީ […]

އިބްރާހިމް އަސްވާޤް
ސްޓެލްކޯއަކީ އެންމެ ފުރަތަމަ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ފެއްޓެވި ކުންފުނި: މުޢުނީ

ސްޓެލްކޯއަކީ އެންމެ ފުރަތަމަ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ފެއްޓެވި ކުންފުނި: މުޢުނީ

ސްޓެލްކޯއަކީ އެންމެ ފުރަތަމަ ކޮރަޕްޝަނާއި އިދިކޮޅަށް މަސައްކަތް ފެއްޓެވި ކުންފުނި ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒިސް ކޮމީޓީގައި އެ ކޮމިޓިގެ މުގައްރިރުގެ ނައިބު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވަނީ އަދިވެސް ރަށުތެރޭގައި ކުންފުނީގެ ޕްރޮކިއުމެންޓްގައި ކޮރަޕްޝަންގެ އަމަލުތަށް ކުރަމުންދާކަމަށް އަޑު އިވޭކަމަށް ވިދާޅުވެފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުޢުނީ ވިދާޅުވީ...

އިބްރާހިމް އަސްވާޤް
އިސްލާމީ މަރުކަޒުގައި 27 ސީސީޓީވީ ކެމެރާ ހަރުކުރަން ބަޔަކާއި ހަވާލުކޮށްފި

އިސްލާމީ މަރުކަޒުގައި 27 ސީސީޓީވީ ކެމެރާ ހަރުކުރަން ބަޔަކާއި ހަވާލުކޮށްފި

އިސްލާމީ މަރުކަޒުގައި 27 ސީސީޓީވީ ކެމެރާ ހަރުކުރަން ބަޔަކާއި ހަވާލުކޮށްފި އެވެ. އިސްލާމީ މަރުކަޒުގައި ސީސީޓީވީ ކެމެރާ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް ކުރުމަށް އިސްލާމިކް މިިނިސްޓްރީން، ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި އެކު އިއްޔެވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ، އިއްޔެ ހަވީރު އިސްލާމިކް މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީއެވެ. އަދި ސްޕެކްޓްރާގެ ފަ...

ޔުމްނާ ޢަލީ
ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލުހޯދަން އެންމެ ފަހުން ރައީސްގެ އަރިހަށް

ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލުހޯދަން އެންމެ ފަހުން ރައީސްގެ އަރިހަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޓެކްސީ ދުއްވާ ޑްރައިވަރުންވަނީ، އެ ބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާ އާއިއެކު މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނު...

ޔުމްނާ ޢަލީ
ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގައުމުތައް މަދު: އީސީގެ ނައިބް

ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގައުމުތައް މަދު: އީސީގެ ނައިބް

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ގިނަ ގައުމު ތަކަކީ ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގައުމުތަކެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ “ފަލަ ސުރުޚީ” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ފައިސާ ދޭ މަދު ގައުމު ތަކުގައި ވެސް އެ ފައިސާ ދެނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ މިންވަރަށް ބަލާފައި ކަމަށާއި އެގޮތުން ރާއްޖޭގައިވެސް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާގޮތް […]

އިބްރާހިމް އަސްވާޤް
ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފި

ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފި

ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށާއި މީހަކު އެދުނު ކަމުގައިވިޔަސް ގޮތް ނޭނގޭ އެކައުންޓް ތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ރަނގަޅު މުސާރައަކާ އެކު، ރާއްޖެއިން ޕާޓް ޓައިމް ވަޒީފާ ދޭނެކަމަށްބުނެ ވަޓްސްއަޕް މެދުވެރިކޮށް ގުޅައި، ބެންކް އެކައުންޓުން ފައިސާ ފޮނުވަންބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިކަންކަން ކުރަމުންދަނީ 13215762192(+) އަދި 1(940)279-2182(+) ނަމްބަރުން ވަޓްސްއަޕުން ގުޅައިގެ...

އިބްރާހިމް އަސްވާޤް
ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއް: ރައީސް

ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއް: ރައީސް

ނަރުހުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ގޮތުން އެ މަސައްކަތް ކުރައްވާ ބައެއް ނޫން ކަމަށާއި ނަރުހުން އެ ކުރައްވަނީ، އެއަށްވުރެ މާ މާތް، މާ މަތިވެރި މަސައްކަތެއް. އެއީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަރސިން ނައު ކެމްޕޭން އިފްތިތާޙްކުރުމުގެ ގޮތުން މިރޭ ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި،...

އިބްރާހިމް އަސްވާޤް
އައި.ޖީ.އެމް.އެޗްގައި ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސްވިއްކުމަށް ހާއްސަ ފާމަސީ އެއް ހުޅުވައިފި

އައި.ޖީ.އެމް.އެޗްގައި ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސްވިއްކުމަށް ހާއްސަ ފާމަސީ އެއް ހުޅުވައިފި

ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސްވިއްކުމަށް ހާއްސަ ފާމަސީ އެއް އައި.ޖީ.އެމް.އެޗްގައި މިއަދު ހުޅުވައިފިއެވެ. މި ފާމަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ އިބްރާހިމް ސަލީމްއާއި ރާއްޖޭގެ ހަމައެކަނި ހުންނެވި ދިވެހި ކެންސަރުގެ އޮޕަރޭޝަންއާ ބެހޭ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ޝިފާންއެވެ. މި ފާމަސީ ހުޅުވިފައި ހުންނަ ވަގުތުތަކަކީ އޯ.ޕީ.ޑީ ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އުން ހަވީރު 4.00 އަށްކަމަށް އައިޖީއެންއެޗްއިން ބުނެއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވ...

އިބްރާހިމް އަސްވާޤް