މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1096 ވަނަ ޞަފްޙާ

65 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 143 ސިފައިން ދަސްވެނިވެއްޖެ

65 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 143 ސިފައިން ދަސްވެނިވެއްޖެ

ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް  އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 65 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން އަލްއުސްތާޛާ މަރިޔާ އަޙްމަދު ދީ...

އިބްރާހިމް އަސްވާޤް
އަޅުގަނޑަށް އަލުން އަނބުރާ އިސްލާމްދީނަށް ދައުވަތުދޭން ޖެހޭ ސަބަބެއް ނުވިސްނޭ: ރަައީސް ނަޝީދު

އަޅުގަނޑަށް އަލުން އަނބުރާ އިސްލާމްދީނަށް ދައުވަތުދޭން ޖެހޭ ސަބަބެއް ނުވިސްނޭ: ރަައީސް ނަޝީދު

އިސްލާމްދީނަށް އަޅުގަނޑަށް އަލުން އަނބުރާ ދައުވަތުދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭކަމަށާއި އަޅުގަނޑުމެން އިސްލާމް ދީނުގެ މަތީގައި ތިބޭތާ 800 އަހަރަށްވުރެ ގިނަ އަހަރުވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ލ.ގަމުގެ އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމަށް މިއަދު ހަވީރު ބޭއްވި ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި، އަލުން އިސްލާމް ދީނަށް ވަންނަން ދައުވަތު ދޭން ނުޖެހޭކަމަށާއކ އަޅުގަނޑުމެން އެދޭ ތަރައްގީއާއި އަޅުގަނޑުމެން އުއްމ...

ޔުމްނާ ޢަލީ

ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ސްކޫލް ބަންދާއި ދިމާކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ދާ ދިވެހިން، ދަތުރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީވުމަށްފަހު ދަތުރުކުރުމަށް އެމިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިންގ މިނިސްޓްރީގެ ޖޮއެންޓް ސެކެޓްރީ ބަދޫރާ ސައީދު ވިދާޅުވީ ކޮންމެ ދިވެއްސަކުވެސް ދަތުރުފެށުމުގެ ކުރިން އެ މިނިސްޓްރީގެ ވެބްސައިޓުގައި ރަޖިސްޓަރީ ވުމަކީ މުހިންމުކަމެއްކަމަށާއި، މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖައް...

ފާތިމަތު ސިނާޒާ
ލިފްޓު ގޮޅިއަކުން ބިދޭސީއަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ

ލިފްޓު ގޮޅިއަކުން ބިދޭސީއަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ

ލިފްޓު ގޮޅިން ބިދޭސީއަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މާފަންނު ގެއެއްގެ 7 ފަންގިފިލާގެ ލިފްޓް ގޮޅިން ދޮންނަ މެޝިނެއް ބާލަން އުޅެނިކޮށް ބިދޭސީ އަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ހާމަކޮސްފިއެވެ. މިހާދިސާއާއި ގުޅޭ މަޢުލޫމާތު މިއަދު 15:33 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށާއި މި ހާދިސާގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވެސް އެފަރާތުން ބުނެއެވެ.

ޔުމްނާ ޢަލީ
13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ބަލަނީ

13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ބަލަނީ

3 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ ރާއްޖޭގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކުރި ކަމަށެވެ. އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް...

ޔުމްނާ ޢަލީ
ނައިބު ރައީސް ތިލަދުންމަތީގެ ތިން ރަށަކަށް

ނައިބު ރައީސް ތިލަދުންމަތީގެ ތިން ރަށަކަށް

ނައިބު ރައީސް ފައިސަލް ނަސީމް ތިލަދުންމަތީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފައްޓަވައިފިއެވެ. އެމަނިކުފަނުގެ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ހއ. މޮޅަދޫ އަށެވެ. މި ދަތުރުފުޅުގައި ނައިބުރައީސް ވަނީ އެރަށުގެ ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވައި ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން މޮޅަދޫ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅުގައި...

އިބްރާހިމް އަސްވާޤް
ފަސޭހަކަމާއިއެކު އެމްޑީޕީގެ ނައިބްރައީސްގެ މަޤާމު ޝިއްޕެ ދިފާއު ކުރައްވައިފި

ފަސޭހަކަމާއިއެކު އެމްޑީޕީގެ ނައިބްރައީސްގެ މަޤާމު ޝިއްޕެ ދިފާއު ކުރައްވައިފި

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި މިއަދު ނެގިވޯޓު ކާމިޔާބު ކޮށް އެޕާޓީގެ ރައީސްކަމަށް ކުރީގެ ވެސް ރައީސް، ރައީސް ނަޝީދު އިންތިޚާބު ކޮށްފިއެވެ. އަދި ނާއިބު ރައީސަކަށް އިންތިޚާބުވެފައިވަނީ ކުރިންވެސް އެމަގާމުގައި ހުންނެވި މުޙައްމަދު ޝިފާޒެވެ. އެމްޑީޕީގެ ލީޑަރޝިޕުން ހުސްވެފައިވާ ރައީސްކަމުގެ މަގާމާއި ނާއިބުރައީސް ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ރައީސް ކަމަށް ކުރިމަތި ލެއްވި ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. އެހެން ކަމުން މިއަދު ބޭއްވި ވޯޓުލުމުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ގިނަ...

ޔުމްނާ ޢަލީ
2020 ވަނަ އަހަރު، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

2020 ވަނަ އަހަރު، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް މިހާރު ބަޖެޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ފަންނު އެކްސްޕޯ 2019” ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަންނު...

އިބްރާހިމް އަސްވާޤް
ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް ހިފަހައްޓައިފި

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް ހިފަހައްޓައިފި

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް ހިފަހައްޓައިފި އެވެ. ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ހަތް ބޯޓު ފެނިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު “އަސުރުމާ – 3” ނަމަކަށްކިޔާ މަސްދޯންޏަކުން […]

އިބްރާހިމް އަސްވާޤް
ހަނގާކުރުން ހުއްޓުވުމުގެ ސިޔާސަތު ތަންފީޒު ކުރެވުނު، އޭގެ ހެޔޮ ބަދަލު ފެނޭ: ޑރ. ޢާއިޝަތު ޢަލީ

ހަނގާކުރުން ހުއްޓުވުމުގެ ސިޔާސަތު ތަންފީޒު ކުރެވުނު، އޭގެ ހެޔޮ ބަދަލު ފެނޭ: ޑރ. ޢާއިޝަތު ޢަލީ

ތަޢުލީމީ ދާއިރާގައި ހަނގާކުރުން ހުއްޓުވުމަށް އެކުލަވާލެވުނު ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒު ކުރެވުނުކަމަށެވެ. އަދި އޭގެ ހެޔޮ ބަދަލު ސްކޫލު މާޙައުލުތަކުން ވެސް ފެންނަން ފަށައިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިގެން ވިދާޅުވެފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ނިމުމާ ގުޅިގެން ދެއްވި ޚާއްސަ މެސެއްޖެއްގައެވެ. އެ ކަމަނާގެ މެސެޖުގައި ވިދާޅުވެފައިވަނީ ހުރިހާ ކުދިން ޝާމިލުވާހެން ކިޔަވައި ދިނުމުގެ ސިޔާސަތުގެ ދަށުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢިލ...

އިބްރާހިމް އަސްވާޤް
ބޮޑުޗުއްޓީއާ ދިމާކޮށް ކޯސްޓްގާޑުން "އޮޕަރޭޝަން ނިޔާމަ" ފަށައިފި

ބޮޑުޗުއްޓީއާ ދިމާކޮށް ކޯސްޓްގާޑުން "އޮޕަރޭޝަން ނިޔާމަ" ފަށައިފި

ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ގޮތުން “އޮޕަރޭޝަން ނިޔާމަ” މިއަދު ފަށައިފިއެވެ. ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ބޮޑުޗުއްޓީގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރަކަށްވުމާ އެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިގޮތުން، މި އޮޕަރ...

އިބްރާހިމް އަސްވާޤް
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މުހިންމު ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މުހިންމު ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލަކީ 14 ނޮވެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 65 ވަނަ ޖަލްސާއިން ފާސްކުރެއްވި ދެ ބިލެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލުގެ މަޤްޞަދުތަކ...

އިބްރާހިމް އަސްވާޤް
ދިވެހިންގެ ތެރެއިން 68 % މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުން

ދިވެހިންގެ ތެރެއިން 68 % މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރާ މީހުން

ޑިޖިޓަލްކޮށް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭ ހިދުމަތްތައް ބޭނުންކުރާ ނިސްބަތް، ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ މަތީގައި އުޅެނީ ރާއްޖޭގައި ކަަމަށް ވޯލްޑް ބޭންކުން ކޮށްފައިވާ ސާވޭ “ފައިނޭންޝަލް އިންކްލޫޝަން އިން މޯލްޑިވްސް 2018” އިން ދައްކައިފިއެވެ. މި ސާވޭއިން ދެއްކިގޮތުގައި ދިވެހިންގެ ތެރެއިން 68 ޕަސެންޓް މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރާ މީހުންނެވެ. މިއީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ސާވޭއިން ވަނީ ދައްކާފައެވެ. ޑި...

ފާތިމަތު ސިނާޒާ
ތިލަފުށި ބަދަލުވެގެންދާނީ މަސައްކަތްތެރިން ނިދަން ދާ ރަށަކަށް - އެމްޑީ އިބްރާހިމް ރަޝީދު

ތިލަފުށި ބަދަލުވެގެންދާނީ މަސައްކަތްތެރިން ނިދަން ދާ ރަށަކަށް - އެމްޑީ އިބްރާހިމް ރަޝީދު

ކ. ތިލަފުށި ވެގެންދާނީ މުސްތަގުބަލުގައި އިގްތިސާދުގެ އެންމެ ބޮޑު ހިއްސާދާރަށް ކަމަށް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ. އިތުރަށް އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވީ ސިނާއީ ގިނަ މަސައްކަތްތައް ތިލަފުށީގައި މިހާރު ވެސް ކުރަމުން ގެންދާ ކަމަށާއި މިހާރުވެސް  4000 އެއްހާ މީހުން ތިލަފުށީގައި ދިރިއުޅެމުންދާއިރު، ކޮންމެ ދުވަހަކު 1900 އަށްވުރެ ގިނަ މީހުން ގޮސްއައިސްވާ...

ފާތިމަތު ސިނާޒާ
ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ހަތް މަންޒިލަކަށް ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފި!

ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ހަތް މަންޒިލަކަށް ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފި!

ސޫކުލް ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އެކި ރަށްތަކަށް ދަތުރު ކުރާނެތީ، ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފިއެވެ. މޯލްޑިވިއަނުން ބުނީ ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފައިވަނީ ޖުމްލަ ހަތް ސެކްޓަރއަށް ކަމަށާއި ބައެއް ފްލައިޓްތަކުން އެންމެ އަގު ހެޔޮ ފެއަރ ވެސް ތައާރަފުކޮށްފައިވާނެ ކަމަށެވެ. ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފައިވަނީ: މާލެއިން ގަމަށް މާލެއިން ކޫއްޑޫއަށް މާލެއިން ކައްދޫއަށް މާލެއިން ހަނިމާދޫއަށް މާލެއިން އިފުރަށް މާލެއިން ދަރަ...

ފާތިމަތު ސިނާޒާ