ކިނޮޅަހުގައި އާ އިންޖީނުގެ އެއް އިމާރާތްކުރަން ހަވާލުކޮށްފި
ރ. ކިނޮޅަހުގައި ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގެއެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. ޖުމްލަ 5.6 މިލިއަން ރުފިޔާއަށް އެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ޓީ. އޭ ކޮންސްޓުރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ނުވަ މަސް ތެރޭގައެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ޓ...