ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަން މަޖިލީހަށް
ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަން ހުށަހެޅީ 800 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ކަމަށް އެ ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު ޖަމްޢިއްޔާ އެމްޓީޔޫ އިން ބުނެއެވެ. މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމްއިއްޔާ ނުވަތަ މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން އިސްނަގައިގެން ތައްޔާރުކުރި އެ ޕެޓިޝަން، މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވީ ކުލި ކޮންޓްރޯލް ކުރަން ތާއީދުކުރައްވައި ވާހަކަދައްކަވަމުން ގެން...