ޖޭޕީގެ އާންމު ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
“ދީނާ ޤައުމުގެ ދިފާއުގައި” ނަމުގައި، މި މަހުގެ 13 ވާ ހުކުރު ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ) އިން ބާއްވަން ރާވާފައިވާ އާންމު ޖަލްސާ، ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ. އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ކޮރޯނާ ވައިރަސް (ކޮވިޑް 19) ގެ އަސަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިން އެމީހުންގެ ޤައުމަށް އެނބުރިދިޔަ ފަހުން ފެނިފައިވުމުން، އެވައިރަސްގެ ނުރައްކާތެރިކަން ދިވެހިރާއްޖެއަށާއި ދިވެހީންނަށް ވެސް...