ކޮވިޑް19 އާއި ގުޅިގެން ބިރުވެރިކަން އުފައްދާ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އަޅަނީ
ކޮވިޑް19 އާއި ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީން) ނިންމައިފިއެވެ. އެމްއެމްސީން މިގޮތަށް ނިންމާފައިވަނީ ވައިރަހާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ފެތުރުމާ ގުޅޭގޮތުން އެ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައެވެ. އެމްއެމްސީންއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާ ގުޅޭ ޚަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެ...