މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1028 ވަނަ ޞަފްޙާ

ލައްކަ ދުވަހު މިލިއަނުން ފައިދާ ހޯދިއްޖެ، "ހިލޭ އިންޓަރނެޓް" ދޭންވީ މިވަގުތު: އަލީ ރަމީޒު

ލައްކަ ދުވަހު މިލިއަނުން ފައިދާ ހޯދިއްޖެ، "ހިލޭ އިންޓަރނެޓް" ދޭންވީ މިވަގުތު: އަލީ ރަމީޒު

ލައްކަ ދުވަހު މިލިއަނުން ފައިދާ ހޯދިއްޖެ ކަމަށާއި ރައްޔިތުންނަށް “ހިލޭ އިންޓަރނެޓް” ދޭންވީ މިވަގުތުކަމަށް އަލީ ރަމީޒު ބުނެފިއެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަރނެޓްގެ ޚިދުމަތް ދެމުން އަންނަ ދިރާގާއި އޫރިދޫ ޓެގު ކުރައްވާ އަލީ ރަމީޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ނުރައްކާތެރި ކޯވިޑް19 ގެ ސަބަބުން މުޅި ގައުމު ފުރަބަންދު ކުރެވިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ މަގުތައް ބަންދުވެފައިވާކަމަށެވެ. މީގެ އިތުރުން އަލީ ރަމީޒު ބުނެފައިވަނީ ވޭދުވެދިޔަ ތަ...

ޔުމްނާ ޢަލީ
މިޙާލަތުގައި އަޅާ ފިޔަވަޅު ތަކަކީ މުޑުދާރު ޢަމަލުތަކަކަށް ވެގެން ނުވާނެ: އޭސީސީ

މިޙާލަތުގައި އަޅާ ފިޔަވަޅު ތަކަކީ މުޑުދާރު ޢަމަލުތަކަކަށް ވެގެން ނުވާނެ: އޭސީސީ

މި ޙާލަތުގައި، އަޅާ ފިޔަވަޅުތަކާއި، ނިންމާ ނިންމުންތައް އަމިއްލަ މަންފާއާއި، މަޞްލަޙަތު ޙިމާޔަތް ކުރުމަށް ކުރެވޭ މުޑުދާރު ޢަމަލުތަކެއް ކަމުގައި ވެގެން ނުވާނެކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ބުނެފިއެވެ. އޭސީސީއިން އެގޮތަށް ބަޔާންކޮށްފައިވަނީ އެ ކޮމިޝަނުން އެކުލަވާލި ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ ކަންކަމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާގައިއެވެ. އެ އިރުޝާދުނާމާގައި އޭސީސީން ބުނެފައިވަނީ ކޯވިޑް-19 ގެ މި ކުއްލި ޞިއްޙީ ކާރިސާގެ ސަބަބުން ލިބެމުންދާ ތަފާތު އެކި ގެއްލުންތައް...

އަލީ އާދިލް
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، ރާއްޖޭގެ ބޮޑު ބަޔަކަށް “ރީނދޫ ސަމާލު” ނެރެފައިވާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފިއެވެ. މިގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕ...

އިބްރާހިމް އަސްވާޤް
މުލަ ރޯދަ ދުވަހަކީ ހުކުރު ދުވަސްކަމަށް ކަނޑައަޅައިފި

މުލަ ރޯދަ ދުވަހަކީ ހުކުރު ދުވަސްކަމަށް ކަނޑައަޅައިފި

މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ، 24 ވާ ހުކުރު ދުވަސް ކަމަށް ފަލަކީ އިލްމުގެ މައްޗަށް ބުރަވެ ހަނދު ކޮމިޓީ އިން ނިންމުމާ ގުޅިގެން، މާދަމާ އަކީ މިއަހަރުގެ ފުރަތަމަ ރޯދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑަައަޅައިފި އެވެ. މިރޭ ވާރޗުއްލްކޮން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އިއްވި ހަނދާ ބެހޭ ބަޔާނުގައި ބުނީ، މާދަމާ އަކީ މި އަހަރުގެ ޝައުބާންމަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ […]

އިބްރާހިމް އަސްވާޤް
މާލެ ސިޓީ ފިޔަވައި އެހެން ރަށްތަކުގެ ވިޔަފާރިތަކުން އަމަލުކުރަންވީ ގޮތް ކަނޑައެޅުން ކައުންސިލްތަކަށް

މާލެ ސިޓީ ފިޔަވައި އެހެން ރަށްތަކުގެ ވިޔަފާރިތަކުން އަމަލުކުރަންވީ ގޮތް ކަނޑައެޅުން ކައުންސިލްތަކަށް

މާލެ ސިޓީ ފިޔަވައި ދެން ހުރި ސިޓީތަކާއި، ރަށްތަކުގައި ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ވިޔަފާރިކުރާ ތަނާއި ވިޔަފާރިކުރަންދާ ފަރާތުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ކަނޑައެޅުމުގެ ބާރު އެ ސިޓީތަކާއި، ރަށްތަކުގެ ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއިން ދީފިއެވެ. އެގޮތަށް ކަނޑައަޅާފައިވާ ކަން އެ މިނިސްޓްރީއިން ހާމަ ކުރެއްވީ މާލެ ސިޓީ ފިޔަވައި، މީހުން ދިރިއުޅޭ ރަށްތަކުގައި، ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީ...

ޝިއުނާ އާދަމް
ކަރަންޓީނުގައިހުރި ދިވެއްސަކު ނިޔާވެއްޖެ، އެކަމަކު އޭނާ ޕޮޒިޓިވެއް ނޫން

ކަރަންޓީނުގައިހުރި ދިވެއްސަކު ނިޔާވެއްޖެ، އެކަމަކު އޭނާ ޕޮޒިޓިވެއް ނޫން

ކަރަންޓިނު ފެސިލިޓީއަކުން އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އިންޑިއާއިން އައި ދިވެހިންގެ ތެރެއިން ކަރަންޓިން ފެސިލިޓީއަށް ގެންދިއުމަށްފަހު އިތުރުފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރި ދިވެއްސެކެވެ. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ ނިޔާވި މީހާއަކީ ކޯވިޑް-19 ޖެހިފައިވާ މީހެއް ނޫންކަމަށެވެ. އޭނާ މަރުވުމާއި ހަމަ...

ޔުމްނާ ޢަލީ
ބަންގްލަދޭޝުން ރާއްޖެއަށް ދިން ހިލޭ އެހީ ހަވާލުކޮށްފި

ބަންގްލަދޭޝުން ރާއްޖެއަށް ދިން ހިލޭ އެހީ ހަވާލުކޮށްފި

ބަންގްލަދޭޝުން ރާއްޖެއަށް ދޭ 100 ޓަނުގެ ހިލޭ އެހީ ރާއްޖެ ގެނެސް، ދިވެހި ސަރުކާރާއި ހަވާލު ކޮށްފިއެވެ. ކޯވިޑް-19 އާ ގުޅިގެން ބަންގްލަދޭޝުން ރާއްޖެއަށް ދިން މި ހިލޭ އެހީގައި ކާޑުގެ ބާވަތްތަކާއި ބޭހާއި މެޑިކަލް އިކުއިޕްމަންޓްސްގެ 100 ޓަނުގެ ސާމާނު ހިމެނެއެވެ. ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ފޯރުކޮށްދިން މިތަކެތި ރާއްޖެ ގެނެސްފައި ވަނީ އެގައުމުގެ އަސްކަރީ މަނަވަރެއްގަ އެވެ. މި މިނަވަރު ރާއްޖެ އައީ ރޭގެ ވަގުތެއްގައިއެވެ. ބަންގަލަދޭޝުން ފޯރުކޮށްދިން އެހީ ރާއްޖެ ބޭލުމުގެ މަސައްކަތް […]

ޝިއުނާ އާދަމް
ސަރުކާރު މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފި

ސަރުކާރު މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފި

ކޯވިޑް-19، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ. ރައީސް އޮފީހުން މިރޭ ނެރުއްވި ދެންނެވުމުގައި ވިދާޅުވީ ކޯވިޑް-19، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށ...

އިބްރާހިމް އަސްވާޤް
މާލޭ ސިޓީއިން ފައްސިވި މީހުންގެ ޢަދަދު 66 އަށް

މާލޭ ސިޓީއިން ފައްސިވި މީހުންގެ ޢަދަދު 66 އަށް

މާލެއިން އިތުރު 2 ދިވެއްސަކު ކޯވިޑް-19އަށް ފައްސިވެ މާލެއިން ފައްސިވި މީހުންގެ ޖުމްލަ ޢަދަދު 66 އަށް އަރައިފިއެވެ. މީގެ އިތުރުކޮޅެއް ކުރިން އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި 2 ދިވެހިންނަކީ ފްލޫކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ ދެމީހުންނެވެ. މިދެމީހުން އައިސޮލޭޝަން ފެސިލިޓީއަސް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ދެމީހުންނާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 66 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 86 މީހެކެވެ. މާ...

ޔުމްނާ ޢަލީ
ކޯވިޑް-19: 193 ތަނެއް މޮނީޓަރިންގައި ހާލަތުގައި

ކޯވިޑް-19: 193 ތަނެއް މޮނީޓަރިންގައި ހާލަތުގައި

މިހާތަނަށް އައި އިރު މޮނީޓަރިން ހާލަތުގައި ވަނީ 193 ތަނެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް އައި އިރު 193 ތަނެއް މޮނިޓަރިން ހާލަތުގައި ވާހަކަމަށެވެ. މިއަދުވެސް 43 ތަނެއް ވަނީ މޮނީޓަރިން އަށް ގެނެވިފައި ކަމަށް މަބްރޫކު ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ހާމަ ކުރެއްވި އިތުރު މަޢުލޫމާތު މިހާތަނަށް 4418 ސ...

ޝިއުނާ އާދަމް
80 އަހަރުގެ މީހަކަށް ބަލި ޖެހުމުން އަންގައި ދެނީ ފުދޭވަރަކަށް ބަލި ފެތުރިފައި ވާކަން: ޑރ. މޫސަ

80 އަހަރުގެ މީހަކަށް ބަލި ޖެހުމުން އަންގައި ދެނީ ފުދޭވަރަކަށް ބަލި ފެތުރިފައި ވާކަން: ޑރ. މޫސަ

ކޯވިޑް-19 ޖެހިފައިވާ އުމުރުން 80 އަހަރުގެ މީހެއް ފެނިފައި ވުމުން، މިކަމުން އަންގައި ދެނީ މާހައުލުގެ ތެރޭގައި ފުދޭ ވަރަކަށް ބަލި ފެތުރިފައިވާ ކަން ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސާ ހުސައިން ވިދާޅުވީ އެ ދިވެހި މީހާއަކީ ގިނަ ބަލިތަކެއް ތަހައްމަލު ކުރަމުންދާ މީހަކަށް ވާތީ އޭނާގެ ހާލު ވަރަށް […]

ޝިއުނާ އާދަމް
ކޯވިޑް-19: 1370 ސީދާ ބައްދަލުވި މީހުން ހޯދިއްޖެ

ކޯވިޑް-19: 1370 ސީދާ ބައްދަލުވި މީހުން ހޯދިއްޖެ

މިހާތަނަށް އައި އިރު ފައްސި ވެފައިވާ މީހުންނާއި ސީދާ ބައްދަލުވި 1370 މީހުން ހޯދިއްޖެކަމަށް ސަރުކާރުން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް އައި އިރު 10370 ސީދާ ބައްދަލުވި މީހުން ހޯދިފައިވާ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ހާމަ ކުރެއްވި އިތުރު މަޢުލޫމާތު މިހާތަނަށް 4383 ސާމްޕަލް ނެގިފައި 4041 ސާމްޕަލް ނައްސި 259 ސާމްޕަލްގެ ނަތީ...

ޝިއުނާ އާދަމް
ނޮޅިވަރަމް މޮނީޓަރިން ހާލަތުން ނަގައިފި

ނޮޅިވަރަމް މޮނީޓަރިން ހާލަތުން ނަގައިފި

ހދ. ނޮޅިރަމް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ. މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިއަދު އަލަށް ސާޅީސް ތަނެއް މޮނިޓަރިން ހާލަތަށް ގެނެވިފައި ވާކަމަށާއި، މިހާރު ޖުމްލަ 190 ތަނެއް މޮނިޓަރިން ހާލަށް ގެނެވިފައިވާ ކަމަށެވެ. ކުރިން މޮނިޓަރިން ހާލަތުގައި ހުރި ބައެއް ތަންތަން މިހާރު އެ ހާލަތުން ނެގިފައިވާ ކަމަށް ވިދާޅުވެ، […]

ޝިއުނާ އާދަމް
މިއަދު މާލެއިން ފައްސިވި 14 މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކު

މިއަދު މާލެއިން ފައްސިވި 14 މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކު

މިއަދު މާލެއިން ފައްސިވި 14 މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކު ހިމެނޭކަމަށާއި އެމީހާ މިހާރު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ އެމީހާއަކީ ހައި ރިސްކް މީހަކަށް ވާތީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި 14މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 6މީހެކެވެ. މިއާއެކު މާލެއިން ފައްސިވި މީހުންގެ ޖުމުލަ ޢަދަދުވަނީ 63 އަށް އިތުރުވެފައެވެ. އަދި މުޅި ރާއްޖެއިން ކޯވިޑް-19އަށް ފައްސިވި މީހުންގެ ޢަދަދު...

ޔުމްނާ ޢަލީ
3 ދުވަހަށް ކުޅުދުއްފުށި ފުރަބަންދު ކުރަނީ

3 ދުވަހަށް ކުޅުދުއްފުށި ފުރަބަންދު ކުރަނީ

މާދަމާ މެންދުރު 12:00 އިން ފެށިގެން 72 ގަޑިއިރު ވަންދެން ހދ. ކުޅުދުއްފުށި ސިޓީ ފުރަބަންދު ކުރަން ނިންމާފައިވާކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ހދ. ކުޅުދުއްފުށި ސިޓީ ކޯވިޑް-19 ޓާސްކްފޯހުން ނިންމި ނިންމުމެއްކަމަށެވެ. އެއީ ސަލާމަތީގޮތުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ލަތީފް ވިދާޅުވިއެވެ. ކުޅުދުއްފުށި ފުރަބަންދު ކުރުމުގައި އަމަލު ކުރަމުން ދާނީ މާލޭގައި އަމަލުކުރަމުންދާ ގޮތަށ...

ޝިއުނާ އާދަމް